Noorul-islam.NET :: ފާފަ ފުއްސެވުން އެދި ދެންނެވުން ގިނަ ކުރުމުގެ ސަބަބުން...

ފާފަ ފުއްސެވުން އެދި ދެންނެވުން ގިނަ ކުރުމުގެ ސަބަބުން...
Category »  ވާހަކަ

ތާރީޚް: 30 ޑިސެމްބަރު 2011

ލިޔުއްވީ : މުޙައްމަދު އަނީލް (ނޫރުލްއިސްލާމްގެ އެޑިޓަރ)

 

މީހަކު ކިޔައިދިނެވެ. "

އަހަރެންނަށް ކުރެވުނު ކުށެއްގެ ސަބަބުން އެއް އަހަރަށްވުރެ ގިނަދުވަހަށް ޖަލަށް ލުމަށް ޙުކުމްކުރެވުނެވެ.

ޖަލުގެ އެކަނިވެރިކަމާ ކުރިމަތިލާން ޖެހުނު ހިނދު އަހަރެން ހަނދާން ވީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މި ޙަދީޘްފުޅެވެ. ( مَنْ أَكْثَرَ مِنَ الِاسْتِغْفَارِ ، جَعَلَ اللَّهُ لَهُ مِنْ كُلِّ هَمٍّ فَرَجًا ، وَمِنْ كُلِّ ضِيقٍ مَخْرَجًا ، وَرَزَقَهُ مِنْ حَيْثُ لَا يَحْتَسِبُ ) رواه أحمد މާނައީ: އިސްތިޣުފާރު ކުރުން ގިނަ ކޮށްފި މީހާ (ދަންނާށެވެ!)، ﷲ ތަޢާލާ އެމީހަކަށް ދިމާވާ ކޮންމެ ހިތްދަތިކަމަކުން ސަލާމަތްވާނޭ މަގުފަހިކޮށްދެއްވާނެއެވެ. އަދި ކޮންމެ ދަތިއުނދަގޫ ކަމަކުން ނިކުންނާނޭ ގޮތް ފަހިކޮށްދެއްވާނެއެވެ. އަދި އޭނާ ހީވެސް ނުކުރާ ގޮތްގޮތުން އޭނާއަށް ރިޒްޤު ދެއްވާނެއެވެ.

އަހަރެން އިސްތިޣުފާރު ކުރަމުން ގެންދިޔައީމެވެ. ދުވާލަކު އެތައްހާސް ފަހަރަކު އިސްތިޣުފާރު ކުރީމެވެ. ފޫހިކަމެއް ނެތިއެވެ.

މިގޮތުގައި އަހަރެން ޖަލުގައި 2 މަސްވީތަނާ އަހަރެން ގެންގޮސް އަހަރެންގެ ޖަލުގެ މުއްދަތު ހަމަވެއްޖެކަމަށާއި އަދި އަހަރެންނަށް މާފު ލިބިއްޖެކަމަށް އަންގައި މިނިވަންކޮށްފިއެވެ. ހުރިހާ ޙަމްދާއި ޘަނާ ހުރީ ﷲ އަށެވެ.

ޖަލުން މިނިވަންވެގެން އުޅެނިކޮށް ހެޔޮއެދޭ ފަރާތެއް އަހަރެންނަށް ބުންޏެވެ. ކަލޭތިޔަ އައީ ޖަލުންކަން އެނގެއެވެ. އަދި ކަލޭގެ އަތުގައި މުދާ ނެތްކަންވެސް އެނގެއެވެ. މި 31 ހާސް ރިޔާލަ ކަލޭގެ އަތުގައި ބަހައްޓާށެވެ! އަދި އެއިން ކަލޭގެ ބޭނުންތައް ފުއްދާށެވެ! އޭގެ ދުވަސްކޮޅެއް ފަހުން އަހަރެންނަށް ގޮވާލައި އަހަރެންނަށް ކުރިން ދިން ޢަދަދަށް ފައިސާ ދިނެވެ.

އަހަރެންގެ އިސްތިޣުފާރުގެ ސަބަބުން އަހަރެން ޖަލުން ނެރުއްވައި އަހަރެންނަށް މުދާދޭނެ މީހަކުވެސް މެދުވެރިކޮށްދެއްވެވީއެވެ. "

 

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. މިއީ ޙަޤީޤީ ޙާދިޘާއެކެވެ. އިސްތިޣުފާރު ކުރުމަކީ ވަރަށްގިނަ ބަލިތަކުގެ ޝިފާއެކެވެ.

މުދާ ބޭނުން ހެއްޔެވެ؟ ފާފަ ފުއްސެވުން އެދި ދަންނަވާށެވެ.

ދަރިން ބޭނުން ހެއްޔެވެ؟ ފާފަ ފުއްސެވުން އެދި ދަންނަވާށެވެ.

ދިރިއުޅުމުގައި ދިމާވާ ދަތިތަކުން ސަލާމަތްކަމަށް އެދެން ހެއްޔެވެ؟ ފާފަ ފުއްސެވުން އެދި ދަންނަވާށެވެ.

 

ފާފަ ފުއްސެވުން އެދި ދެންނެވުމުގައި އެންމެ އެދެވިގެން ވަނީ ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުން ވާރިދުވެފައިވާ ލަފްޒުތަކުން ދެންނެވުމެވެ. އެހެން ލަފްޒުތަކުން ދެންނެވުމަކީ މައްސަލައެއް ނޫނެވެ. މިގޮތުން أَسْتَغْفِرُ اللَّـهَ  ނުވަތަ اللَّـهُمَّ اغْفِرْلِيْ  މިފަދަ ޢިބާރާތެއް ބޭނުން ކުރެވިދާނެއެވެ.

ނުވަތަ މި ދުޢާވެސް ކުރެވިދާނެއެވެ.

((اللَّهُمَّ أَنْتَ رَبِّي لَا إلَهَ إلاَّ أَنْتَ، خَلَقْتَنِي وأَنَا عَبْدُكَ، وأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوْذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوْءُ لَكَ بِنِعْمَتِكَ عَلَيَّ، وأَبُوْءُ بِذَنْبِي فَاغْفِر لِي فَإِنَّه لَا يَغْفِرُ الذُّنُوبَ إِلاَّ أَنْتَ))

މިއީ އެންމެ މާތް އިސްތިޣުފާރެވެ. މިއީ ސައްޔިދުލް އިސްތިޣްފާރުގެ ނަމުން ނަންދެވިފައިވާ ދުޢާއެވެ. މިދުޢާ ޔަޤީންކަމާއެކު، ހަވީރުވާ ހިނދު ކިޔުމަށްފަހު، އެރޭ މަރުވެއްޖެ މީހާއަށް ސުވަރުގެ ވަދެވޭނެއެވެ. އަދި ހެނދުނުވާހިނދު މިދުޢާކިޔުމަށްފަހު ހަވީރުވުމުގެ ކުރިން މަރުވެއްޖެމީހާއަށް ސުވަރުގެ ވަދެވޭނެއެވެ. މިއީ ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޞައްޙަ ޙަދީޘުން އަޅުގަނޑުމެންނަށް ދަސްކޮށްދެއްވާފައިވާ މަތިވެރި ދުޢާއެކެވެ.    أخرجه البخاري

 

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
ވަގުތު ފާއިތުވުމުގެ ކުރިން...
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި