Noorul-islam.NET :: އޭ ފުރައްސާރަ ކުރާމީހުންނޭވެ. ތިޔަބައިމީހުން އީމާން ވުމަށްފަހު، ތިޔަތިބީ ކާފަރު ވެފައިކަން ކަށަވަރެވެ.

އޭ ފުރައްސާރަ ކުރާމީހުންނޭވެ. ތިޔަބައިމީހުން އީމާން ވުމަށްފަހު، ތިޔަތިބީ ކާފަރު ވެފައިކަން ކަށަވަރެވެ.
Category »  މުޖުތަމަޢު

ތާރީޚް: 30 ޑިސެމްބަރު 2011

ލިޔުއްވީ : މުޙައްމަދު އަނީލް (ނޫރުލްއިސްލާމްގެ އެޑިޓަރ)

 

މިއަދު އަޅުގަނޑުމެންގެ ތެރޭގައި އިސްލާމްދީނަށް ފުރައްސާރަކުރުމާއި، އިސްލާމްދީނުގެ ޙުކުމްތަކާއި ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުއްނަތަށް މަލާމާތްކުރުންވަނީ އިތުރުވެގެން ގޮސްފައެވެ. އިސްލާމްދީނާއި ފުށުނާރާހާ ހިނދެއްގައި ޚިޔާލު ފާޅުކުރެވޭނެކަމަށް ޤާނޫނުގައި އަމިއްލައަށް ލިޔެ، އެލިޔުނު ޤާނޫނު ނިވާފަތަކަށް ހަދައިގެން، ތިމާމެން ހިތުހުރި ވާހަކައެއް ދައްކަމުން ގެންދަނީއެވެ.

މިފަދަ މީހުންނަށް އަޅުގަނޑުމެންގެ ޖަވާބަކީ މިއީއެވެ. ކީރިތި ޤުރްއާނުގެ މި އާޔަތްތަކެވެ.

ﷲ ވަޙީ ކުރައްވާފައިވެއެވެ.

﴿وَلَئِن سَأَلْتَهُمْ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلْعَبُ ۚ قُلْ أَبِاللَّـهِ وَآيَاتِهِ وَرَسُولِهِ كُنتُمْ تَسْتَهْزِئُونَ﴾ التوبة : ٦٥

މާނައީ: ހަމަކަވަރުން، ކަލޭގެފާނު، އެއުރެންނާ سؤال ކުރައްވައިފިނަމަ، އެއުރެން ދަންނަވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، ތިމަންމެން ހަމައެކަނި ވާހަކަދައްކާލައި، ކުޅިވަރު ކުޅޭކަމުގައި ވީމުއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތިޔަ މަލާމާތްކޮށް އުޅުނީ، اللَّه އާއި، އެކަލާނގެ آية ތަކާއި، އެކަލާނގެ رسول އާއަށް ހެއްޔެވެ؟

﴿لَا تَعْتَذِرُوا قَدْ كَفَرْتُم بَعْدَ إِيمَانِكُمْ ۚ إِن نَّعْفُ عَن طَائِفَةٍ مِّنكُمْ نُعَذِّبْ طَائِفَةً بِأَنَّهُمْ كَانُوا مُجْرِمِينَ ﴾ التوبة : ٦٦

މާނައީ: ތިޔަބައިމީހުން عذر ނުދައްކާށެވެ! ތިޔަބައިމީހުން إيمان ވުމަށްފަހު، ތިޔަބައިމީހުން ތިޔަތިބީ كافر ވެފައިކަން ކަށަވަރެވެ. ތިޔަބައިމީހުންގެ ތެރެއިން ބަޔަކަށް ތިމަންރަސްކަލާނގެ عفو ކުރެއްވިޔަސް، އަނެއްބަޔަކަށް ތިމަންރަސްކަލާނގެ عذاب ދެއްވަމެވެ. އެއީ ހަމަކަށަވަރުން، އެއުރެން ކުށްވެރި ބަޔަކު ކަމުގައި ވީކަމަށްޓަކައެވެ.

މިއާޔަތް ބާވައިލެއްވުނު ހާދިޘާއާމެދު އަޅުގަނޑުމެން ވިސްނާލަމާ ހިނގާށެވެ.

ابن عمر رضي الله عنهما ، محمد بن كعب، زيد بن أسلم އަދި قتادة -رحمهم الله-  ގެ ކިބައިން ރިވާވެގެންވެއެވެ. މިބޭކަލުންގެ ރިވާޔަތްތައް ލަފްޡީ ގޮތުން ތަފާތުވިޔަސް މާނައިގެ ގޮތުން އެއްގޮތެވެ.

 

ތަބޫކު ހަނގުރާމައިގެ ދުވަހު މުނާފިޤަކު ބުންޏެވެ.

މިޤާރީން ފަދަ އަމިއްލަ އެދުން ބޮޑު ދޮގުވެރި ހަނގުރާމައިގެ ވަގުތު ފިނޑިބަޔަކު އަހުރެން ނުދެކެމެވެ. އޭނާގެ މުރާދަކީ رسول الله صلى الله عليه وسلم އާއި އެކަލޭގެފާނުގެ ޞަޙާބީންނެވެ.

ފަހެ عوف بن مالك رضي الله عنه އޭނާއަށް ވިދާޅުވިއެވެ. ކަލޭ ދޮގު ހަދައިފީމުއެވެ. އަދި ކިއެއް ހެއްޔެވެ! ކަލެއަކީ މުނާފިޤެކެވެ. ހަމަކަށަވަރުން އަހުރެން رسول الله صلى الله عليه وسلم އަށް ކަލޭގެ ޚަބަރު ދޭހުށީމެވެ.

ދެންފަހެ عوف رضي الله عنه، رسول الله صلى الله عليه وسلم ގެ އަރިހަށް އެކަލޭގެފާނަށް ޚަބަރު ދެއްވުމަށްޓަކައި ވަޑައިގެންނެވި ހިނދު، އެކަލޭގެފާނަށް ފެނިވަޑައިގަތީ، އެކަލޭގެފާނު ޚަބަރު ދެއްވުމުގެ ކުރިން (އެމުނާފިގު ކަލޭގެއާ ބެހޭގޮތުން) ޤުރުއާން ބާވައިލެއްވިފައިވާތަނެވެ.

ދެން އެމުނާފިގު ކަލޭގެ رسول الله صلى الله عليه وسلم ގެ އަރިހަށް އަތުވެއްޖެއެވެ. އެއިރު އެކަލޭގެފާނު (ލަޝްކަރާއިގެން އެނބުރި ވަޑައިގަތުމަށްޓަކައި) ދަތުރު ފައްޓަވައިފިއެވެ. އަދި رسول الله صلى الله عليه وسلم އިންނެވީ އެކަލޭގެފާނުގެ ޖަމަލުކޮޅުގެ މައްޗަށް ސަވާރު ވެވަޑައިގެންނެވެ.

ދެންފަހެ، އެމުނާފިގު ކަލޭގެ ދެންނެވިއެވެ. އޭ ގެ ރަސޫލާއެވެ. އަހުރެމެން ހަމައެކަނި ދަތުރު ކުރުކޮށްލުމަށްޓަކައި ޤާފިލާގެ ވާހަކަ ދައްކައި މަޖާކުރީއެވެ.

عبد الله بن عمر رضي الله عنهما  ވިދާޅުވިއެވެ. رسول الله صلى الله عليه وسلم ގެ ޖަމަލުކޮޅުގެ ވާފަށުގައި އެމުނާފިގު ކަލޭގެ އެލިގަނެގެން ވަނިކޮށް މިހާރުވެސް އަހުރެންނަށް ފެންނަ ފަދައެވެ. އަދި ހިލަތައް އޭނާގެ ފައިގައި ޖެހި އޭނާގެ ފައި ފުރޮޅާ ހަދައެވެ.

އަދި އެހާލުގައި އޭނާ، (رسول الله صلى الله عليه وسلم އަށް) ދަންނަވަމުން ގެންދިޔައެވެ. އަހުރެމެން ހަމައެކަނި މުނިފޫހިފިލުވައި މަޖާކުރީއެވެ. ފަހެ، رسول الله صلى الله عليه وسلم އޭނާ އަށް ޙަދީޘްފުޅު ކުރައްވަމުން ގެންދެވިއެވެ.

﴿أَبِاللَّـهِ وَآيَاتِهِ وَرَسُولِهِ كُنتُمْ تَسْتَهْزِئُونَ * لَا تَعْتَذِرُوا قَدْ كَفَرْتُم بَعْدَ إِيمَانِكُمْ ۚ  

ތިޔަބައިމީހުން ތިޔަ މަލާމާތްކޮށް އުޅުނީ، اللَّه އާއި، އެކަލާނގެ آية ތަކާއި، އެކަލާނގެ رسول އާއަށް ހެއްޔެވެ؟ ތިޔަބައިމީހުން عذر ނުދައްކާށެވެ! ތިޔަބައިމީހުން إيمان ވުމަށްފަހު، ތިޔަބައިމީހުން ތިޔަތިބީ كافر ވެފައިކަން ކަށަވަރެވެ.

އެކަލޭގެފާނު އޭނާއާ ދިމާލަށް އެނބުރި ބައްލަވައިވެސް ނުލައްވައެވެ. އަދި އިތުރު އެއްޗެއް އޭނާއަށް ވިދާޅުވެސް ނުވެއެވެ.

 

އެހެންކަމުން އިސްލާމްދީނާއިމެދު، ނުވަތަ ދީނުގެ ޝަރީޢަތުގެ ޙުކުމްތަކާމެދު، ނުވަތަ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުއްނަތާމެދު ނުވަތަ މުސްލިމުންނާމެދު އެއްވެސް ގޮތަކަށް ޖޯކެއް ޖަހައި، ހަޖޫ ކިޔައިފިމީހާ މިބަސްފުޅުތައް ހަނދުމަކުރުން ހުއްޓެވެ.

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި