Noorul-islam.NET :: ސުވަރުގެ ދިޔުމަށް މަގެއް...
ސުވަރުގެ ދިޔުމަށް މަގެއް...
Category »  ދީނީ ލިޔުން

ތާރީޚް: 26 ޑިސެމްބަރު 2011

ލިޔުއްވީ : އައިމަން ޞާލިޙް (ނޫރުލްއިސްލާމްގެ އެޑިޓޯރިއަލްބޯޑުގެ މެންބަރު)

ޝައްކެތްނެތްގޮތުގައި އިސްލާމްދީނަކީ ޢަދުލު އިންސާފަށް ލޯބިކުރާ ހަމަހަމަކަމަށް ގޮވާލާ ދީނެކެވެ. އިސްލާމްދީނުގައި ދަރިން މައިންބަފައިންނަށް އަދާކުރަންޖެހޭ  ހައްޤުތަކާއި، މައިންބަފައިން ދަރިންނަށް އަދާކުރަންޖެހޭ ޙައްޤުތަކާއި،  ފިރިމީހާ އަނބިމީޔަށް، އަދި އަނބިމީހާ ފިރިމީހާޔަށް އަދާކުރަންޖެހޭ ހައްޤުތަށްވަނީ ވަރަށް ފުރިހަމަޔަށް ބަޔާންކުރައްވާފައެވެ. މިހެނީ ޔަގީންކުރަންޖެހޭ ހަޤީޤަތަކީ އިސްލާމްދީނުގައިވާ އެއްވެސް ޙުކުމެއްގައި އަނެއް ހުކުމާ ފުށުއެރުމެއް ނުވާނެކަމެވެ.

ހަމަކަށަވަރުން މައިންބަފައިންނަށް ވަރަށް ގިނަގުނަ ޙައްޤުތަކެއް ދަރިންގެ މައްޗަށްވެއެވެ. އަދި ވަކިން ޙާއްޞަކޮށް މަންމައަށެވެ. ބައްޕައަށްވުރެ މަންމަގެ މަޤާމް އިސްލާމްދީނުގައި ތިންގުނަ އިތުރުވެގެންވެއެވެ. ފަހަރެއްގައިވެސް މީގެ މާނައަކީ ދީނުގައި ބައްޕަޔަށް އެއްވެސް ޙާލެއްގައި އެއްވެސް ނިކަމެތިކަމެއްވާ ވާހަކައެއް ނޫނެވެ.

إبن عباس ރަޟިޔަﷲ ޢަންހުގެ އަރިހުން إبن عديَ  އަދި العقيلي އައްޟުޢަފާޢުގައި ރިވާކުރައްވާފައިވެއެވެ. (( الجنة تحت اقدام الامهات)). މާނައީ: "ސުވަރުގެ ވަނީ މަންމަމެންގެ ފައިތިލަދަށުގައެވެ". العقيلي ވިދާޅުފައިވެއެވެ. "މިޙަދީޘަކީ މުންކަރު ޙަދީޘެކެވެ." ނަމަވެސް މިޙަދީޘާއި އެއްފަދަ މާނަދެހަވާ އެހެން ޙަދީޘެއް إمام النسائي رحمه އަރިހުން ރިވާވެގެން އައިސްފައިވެއެވެ. معاوية بن جاهمة ރަޟިޔަﷲ ޢަންހު ރަސޫލާ ޞައްލަﷲ ޢަލަހިވަސައްލަމްގެ އަރިހަށްވަޑައިގެން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާ އެވެ. "ތިމަން ޖިހާދުކުރުމަށް ނިޔަތްގަނެފީމެވެ. ތިމަން މިއައީ ކަލޭގެފާނުގެ އަރިހުން މަޝްވަރާއަކަށް އެދިއެވެ." އެހިނދެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ފަހެ ތިބާގެ މަންމަވޭހެއްޔެވެ؟" އެހިނދު ތިމަންދެންނެވީމެވެ. "އާދޭހެވެ." ރަސޫލާ ޙަދީޘްކުރެއްވިއެވެ. "ފަހެ ތިބާގެ މަންމަގެ އަރިހުގައި (ޚިދުމަތްކުރުމުގައި) ދެމިހުންނާށެވެ. ހަމަކަށަވަރުން ސުވަރުގެ ވަނީ ތިބާގެ މަންމަގެ ފައިތިލަދަށުގައެވެ." = وصححه الحاكم ووافقه الذَهبي وأقره المنذري =  

އިސްވެބަޔާންވެދިޔަ ޙަދީޘުގައި "ސުވަރުގެވަނީ މަންމަމެންގެ ފައިތިލަދަށުގައި" މިފަދައިން އައިސްފައިވަނީ މަޖާޒެއްގެ ގޮތުގައެވެ.  المناوي އަދި إبن علان މިޙަދީޘާއި ބެހޭގޮތުން ވިދާޅުވެފައިވެއެވެ. "މަންމަމެންނަށް ހެޔޮކޮށް ހިތުމާއި އަދި ކިޔަމަންތެރިވުމުގައި ދެމިހުރުމީ ސުވަރުގެއަށް ދިއުން ގާތްކޮށްދޭ ސަބަބެކެވެ." އަދި الطيَبي ވިދާޅުވަފައިވެއެވެ. "މަންމަމެންގެ ފައިތިލަ" އެފަދައިން އައިސްފައިވަނީ އެކަނބަލުންނަށް މަޑުމޮޅިވުމާއި ކިޔަމަންގަތުމުގެ އިންތިހާ ދަރަޖަ ބަޔާންކުރުމުގެ ގޮތުންނެވެ."

އަދި ހަމައެފަދައިން ފިރިމީހާއަށް ކިޔަމަންތެރިވުން ﷲ ތަޢާލާ ވަނީ އަންހެން ކަނބަލުންގެ މައްޗަށް ވާޖިބުކުރައްވާފައެވެ. أبو داود، الترمذي އަދި  إبن ماجه ( رحمهم الله) ރަސޫލާ ޞައްލަﷲ ޢަލަހިވަސައްލަމްގެ އަރިހުން ރިވާކުރައްވާފައިވާ ޞައްޙަ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. "ތިމަންކަލޭގެފާނު ﷲފިޔަވައި އެހެން ފަރާތަކަށް ސަޖިދަކުރުމަށް މީހަކަށް އަމުރު ކުރައްވާނެނަމަ އަނބިމީހާޔަށް، ފިރިމީހާގެ މައްޗަށް ސަޖިދަކުރުމަށް އަމުރުކުރެއްވީމުހެވެ. އެއީ އެކަނބުލޭގެ މައްޗަށް އޭނަގެ ފިރިމީހާޔަށްޓަކައިވާ ޙައްޤުގެ ބޮޑުކަމުންނެވެ".  އެގޮތުން އުރެދުމަކަށް ނުވަތަ ފާފައަކަށް އަރައިގަތުމަށް އަމުރުނުކުރާހާ ހިނދަކު އަނބިމީހާގެ މައްޗަށް ފިރިމީހާއަށް ކިޔަމަންވުމަކީ ވާޖިބުވެގެންވެއެވެ.

އެއްވެސް ޙާލެއްގައި މަންމަޔަށް ހެޔޮކޮށްހިތައި، ފިރިމީހާއަށް ހެޔޮކޮށް ނުހިތާ، އަދި ފިރިމީހާއަށް ހެޔޮކޮށްހިތައި، މަންމަޔަށް ހެޔޮކޮށް  ނުހިތުމަކީ އިސްލާމްދީން ހުއްދަކުރާކަމެއްނޫނެވެ. އަދި ކޮންމެ މުސްލިމަކުވެސް ދީނުގައި ފިރިމީހާގެ މައްޗަށް ޙައްޤުތަކެއް ވާކަމާއި އަދި މަންމަގެ މައްޗަށް ޙައްޤުތަކެއްވާކަން ދަނެގަންނަންޖެހެއެވެ. ނަމަވެސް އިސްލާމްދީނުގައި އުރެދުމަކަށް ނުވަތަ ފާފައަޔަށް އަރައިގަތުމުގައި އެއްވެސް މަޚްލޫޤަކަށް ކިޔަމެންތެރިވުން ހުއްދަވެގެނެއް ނުވެއެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި