Noorul-islam.NET :: ޔަހޫދީން - 2

ޔަހޫދީން - 2
Category »  ދީނީ ލިޔުން

ތާރީޚް: 21 ޑިސެމްބަރު 2011

ލިޔުއްވީ : ޢަބްދުﷲ ޞިއްދީޤް (ނޫރުލްއިސްލާމްގެ ޑިޕިޔުޓީ އެޑިޓަރ)

ޔަހޫދީންނަށް މިނަމުން ނަންދެވުނު ސަބަބުތަކުގެ ތެރޭގައި އެއްސަބަބކީ، ޔަހޫޛާ އިބްން ޔަޢްޤޫބު އިބްން އިސްޙާޤް އަށް ނިސްބަތްކޮށެވެ. އަދި އަރަބިބަހުން "الهَوَدَ" (ތައުބާވުން، އެނބުރި ރުޖޫޢަވުން) މިބަހަށް ނިސްބަތްކޮށް ކަމަށްވެސް ބުނެވެއެވެ. އެއީ މޫސާ ޢަލައިހި السلام ވިދާޅުވި ބަސްފުޅަކަށް ނިސްބަތްކޮށެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. " إِناَّ هُدْناَ إِلَيْكَ" މާނައަކީ؛ ". ހަމަކަށަވަރުން، އިބަރަސްކަލާނގެ حضرة އަށް އަޅަމެން رجوع ވެއްޖައީމުއެވެ. " " الهَوَادَة " (ލޯބިވުން) އެއްބަޔަކު އަނެއްބަޔަކަށް ލޯބިވާ ބައެއްކަމުގެ ދަޢްވާގައިވެސް މިމީހުންނަށް މިނަމުން ނަން ދެވިފައިވާ ކަމަށް ޢިލްމުވެރިން ބަޔާންކުރައްވާފައިވެއެވެ.

ޔަހޫދީންނަކީ ނުބައި ބައެކެވެ. އެއީ މުސްލިމުންގެ ދުޝްމިނުންނެވެ. ﷲސުބުޙާނަހޫ ވަތަޢާލާ ވަހީ ކުރެއްވިއެވެ. ((لَتَجِدَنَّ أَشَدَّ النَّاسِ عَدَاوَةً لِّلَّذِينَ آمَنُوا الْيَهُودَ وَالَّذِينَ أَشْرَكُوا ۖ وَلَتَجِدَنَّ أَقْرَبَهُم مَّوَدَّةً لِّلَّذِينَ آمَنُوا الَّذِينَ قَالُوا إِنَّا نَصَارَىٰ ۚ ذَٰلِكَ بِأَنَّ مِنْهُمْ قِسِّيسِينَ وَرُهْبَانًا وَأَنَّهُمْ لَا يَسْتَكْبِرُونَ )) މާނައަކީ؛ " إيمان ވި މީހުންނަށް މީސްތަކުންކުރެ، عداوة ތެރިކަން އެންމެބޮޑު ބަޔަކީ، يهودى ންނާއި، އަދި شريك ކުޅަ މީހުން ކަމުގައި ހަމަކަށަވަރުން، ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އަދި إيمان ވި މީހުންނަށް، މީސްތަކުންކުރެ ރަޙްމަތްތެރި ކަމުގެ ގޮތުން އެންމެ ގާތްބަޔަކީ، ތިމަންމެންނީ ނަޞާރާއިންނޭ ބުނި މީހުން ކަމުގައި ހަމަކަށަވަރުން، ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އެއީ ހަމަކަށަވަރުން، އެއުރެންގެ ތެރެއިން ފާދިރީންނާއި، އަޅުވެރި ރާހިބުން ވާކަމަށްޓަކައެވެ. އަދި ހަމަކަށަވަރުން، އެއުރެންނީ ބޮޑާވެނުގަންނަ ބަޔަކު ކަމުގައިވެސް ވާކަމަށްޓަކައެވެ."

ވީމާ ފަހަރެއްގައިވެސް ޔަހޫދީން ފަލަސްތީނު ބިމުގައި ތިބެ، ހިފައިހައްޔަރުކުރި ތުރުކީގެ ރައްޔިތުން އޮރިޔާންކޮށް އެހާލުގައި ކީރިތި ޤުރުއާން ހިފައިގެންތިބެ ކިޔެވުމަށް މަޖުބޫރުކުރުވީއަކީ، ތުރުކީގެ ރައީސަށް ޔަހޫދީން އަންނަރުޅިއަކުން ނޫނެވެ. އަދި ކިއެއް ހެއްޔެވެ! އެއީ މުޅި މުސްލިމު އުއްމަތުގެ ކަންކަށިމަތީގައި އަޅާލި އެތިފަހަރެކެވެ. މިއީ މުސްލިމުން ނިކަމެތި ކުރުމުގެ ބޭނުމުގައި ޔަހޫދީން ހިންގާ ޖަރީމާތަކުގެ ޒައްރެއްގެ މިނަވަރުގެ މިސާލެކެވެ.

ﷲ ވަހީ ކުރެއްވިއެވެ. ((لَّا تَجِدُ قَوْمًا يُؤْمِنُونَ بِاللَّـهِ وَالْيَوْمِ الْآخِرِ يُوَادُّونَ مَنْ حَادَّ اللَّـهَ وَرَسُولَهُ وَلَوْ كَانُوا آبَاءَهُمْ أَوْ أَبْنَاءَهُمْ أَوْ إِخْوَانَهُمْ أَوْ عَشِيرَتَهُمْ ۚ أُولَـٰئِكَ كَتَبَ فِي قُلُوبِهِمُ الْإِيمَانَ وَأَيَّدَهُم بِرُوحٍ مِّنْهُ ۖ وَيُدْخِلُهُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا ۚ رَضِيَ اللَّـهُ عَنْهُمْ وَرَضُوا عَنْهُ ۚ أُولَـٰئِكَ حِزْبُ اللَّـهِ ۚ أَلَا إِنَّ حِزْبَ اللَّـهِ هُمُ الْمُفْلِحُونَ(( މާނައަކީ؛ "اللَّه އަށާއި، آخرة ދުވަހަށް إيمان ވާ މީހުންނީ، اللَّه އާއި، އެކަލާނގެ رسول އާއަށް ދެކޮޅުވެރިވާ މީހުންނަށް ލޯބިކުރާ ބަޔަކުކަމުގައިވާތީ ތިބާ ނުދެކޭނޫއެވެ. އެއުރެންނީ، އެއުރެންގެ މައިންބަފައިން ކަމުގައިވިޔަސް، ނުވަތަ ދަރިން ކަމުގައި، ނުވަތަ أخ ން ކަމުގައި، ނުވަތަ ގާތްތިމާގެ މީހުންކަމުގައި ވިޔަސްމެއެވެ. އެއުރެންނީ، އެއުރެންގެ ހިތްތަކުގައި އެކަލާނގެ إيمان ކަން ލިޔުއްވި މީހުންނެވެ. އަދި އެކަލާނގެ ހަޟުރަތުން ލިބިފައިވާ روح އަކުން، އެއުރެންނަށް ގަދަކަންދެއްވި މީހުންނެވެ. އަދި އެތާނގެދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަކަށް އެކަލާނގެ އެއުރެން ވައްދަވާނެތެވެ. އެތާނގައި އެއުރެން ދެމިތިބެނިވި ގޮތުގައެވެ. اللَّه އެއުރެންނަށް ރުއްސެވިއެވެ. އަދި އެއުރެން އެކަލާނގެއާމެދު ރުހިގެންވެއެވެ. އެއުރެންނީ اللَّه ގެ جماعة އެވެ. ދަންނާށެވެ! ހަމަކަށަވަރުން، اللَّه ގެ جماعة ގެ މީހުންނީ ހަމަ، ދިންނަވާނޭ މީހުންނެވެ." އީމާންކަމުގެ ނޫރުން އުޖާލާވެފައިވާ ހިތެއްގައި އިޚްލާޞްތެރި އީމާންކަމަކާއި ﷲ އާއި އެކަލާގެ ރަސޫލާގެ ޢަދުއްވުންނަށްޓަކައި ލޯބި، މި ދެކަން އެކެއްނުވާނެކަން މިއާޔަތުން ވަރަށް ސާފުކޮށް ޔަގީންވެއެވެ.

ވީމާ މުސްލިމުން ލޯބިކޮށް ގުޅުންބަދަހިކުރުމުގައި އަބަދުވެސް ތަބާވާންޖެހޭނީ، އެކަންކަމުގައި ﷲތަޢާލާގެ ރުހިވޮޑިގަތުން ލިބޭކަންކަމަށެވެ. އަދި ﷲތަޢާލާގެ ކޯފާ ޙައްގުވާ ކަންކަމުން މުސްލިމުން ދުރުވެތިބުން އެއީ ސަލާމަތްކަންހުރި ރަނގަޅު މަގެވެ. ﷲއާއި އެކަލާނގެ ރަސޫލާއަށާއި އަދި ﷲއަށް އީމާންވާ މީހުންނަށް ފުރައްސާރަކުރާ ކޮންމެ މީހަކީ، ކޮންމެ މުސްލިމެއްގެ ޢަދާވާތްތެރި ދުޝްމިނެއްކަމުގައި ޔަގީންކުރާށެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި