Noorul-islam.NET :: ޔަހޫދީން - 1




ޔަހޫދީން - 1
Category »  ދީނީ ލިޔުން

ތާރީޚް: 18 ޑިސެމްބަރު 2011

ލިޔުއްވީ : ޢަބްދުﷲ ޞިއްދީޤް (ނޫރުލްއިސްލާމްގެ ޑިޕިޔުޓީ އެޑިޓަރ)

މިހާރުގެ ޔަހޫދީންނަކީ މޫސާ ޢަލައިހި السلام، ﷲގެ ހަޒުރަތުން ގެންނެވި ދީން، އެމީހުން ހިތުހުރި ގޮތަކަށް ބަދަލުކޮށްގެންއުޅޭ ބައެކެވެ. މިބައި މީހުންގެ މަކަރުވެރި ރޭވުމަކީ މިބިންމަތީން އިސްލާމްދީނުގެ ވަސްވެސް ނެތިކޮށްލުމެވެ. މިއަދު މުސްލިމުންގެ މިލްކު އަދި މުޤައްދަސް ބިމެއްކަމުގައިވާ ފަލަސްތީނުގެ ބިމަށް ދުނިޔޭގެ އެކި ދިމަދިމާލުން އައިސްތިބެ ހިންގަމުން އެގެންދާ ޖަރީމާތަކަކީ މީގެ ފުރިހަމަ ހެކިތަކެއް ކަމުގައި ނޫނީ ނުވާނެއެވެ. އަދި މީގެ ކުރީއްސުރެން ފެށިގެން އެތައް ރަސޫލުބޭކަލުންނަކާއި ނަބިއްޔުންތަކެއް ގަތުލުކުރުން، މީ މިކަމުގެ މާފުރިހަމަ ހެއްކަކަށް ފުދެއެވެ. އީމާންކަމުގެ ނޫރުން އަލިވެފައިވާ ކޮންމެ ހިތަކުންވެސް މިކަން ގަބޫލުކުރާނެކަމީ ޝައްކެއް ހުރިކަމެއްނޫނެވެ.

ނަމަވެސް ބަޔަކު ކަމެއް ބޭނުންވެގެން ވަކިގޮތަކަށް އުޅުނު ކަމުގައިވިޔަސް، މުޅިޢާލަމްތަކުގެވެރި ރައްބުލް ކާއިނާތުގެ ނިންމެވުން، މިސާލުކުރެވޭވަރަށް ވުރެ މާފުރިހަމަވެގެންވެއެވެ. ވީމާ ބަޔަކު ބޭނުންހާ ގޮތަކަށް މިބިންމަތީގައި އުޅެން ގަސްދުކުރި ނަމަވެސް އެކަމެއް އެހެނަކުން ނުހިނގާނެކަން މާޒީވެދިޔަ އުއްމަތްތަކުގެ ތާރީޚްތަކަށް ފިކުރު ހިންގާމީހުންނަށް އެނގި ހާމަވެގެންދާނެކަމީ ޝައްކެއްހުރިކަމެއްނޫނެވެ.

ފަހެ އެންމެ ފުރިހަމަ އީމާންކަމުގެ އަހުލުވެރިން، އެބައިމީހުން ބަޔަކުދެކެ ލޯބިވާ ހިނދުގައި، ﷲތަޢާލާ އަށާއި، އެކަލާނގެ އާޔަތްތަކަށާއި، އެކަލާނގެ ނަބިއްޔާއަށާއި، އެނަބިއްޔާގެ ޞަޙާބީންނަށް، ލޯބިކުރާމީހުން ޚިޔާރު ކުރެތެވެ. އަދި ބަޔާންވެމިދިޔަ ފަރާތްތަކަށް ނަފްރަތްތެރިވާ، އަދި ނަފްރަތްތެރިކަން އުފައްދާ މީހުންދެކެ ރުޅިވެރި ވުމަކީ، ސާފު އީމާންކަމުގެ ތެރެއިންވާ ކަމެކެވެ. މުސްލިމުން، މުސްލިމުން ދެކެ ލޯބިވާންޖެހޭނެއެވެ. މިއާ ޚިލާފަށް ކާފަރުން ދެކެ ރުޅިއައުން އެއީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުކަމެކެވެ. އަދި ވަކިން ކުށެއްނެތް އެތައް ތުއްތު ކުދިންތަކަކާއި މީސްތަކުންނެއް، ފަލަސްތީނުގެ ބިމުގައި ކަތިލަމުންދާ ޒަޔަނިސްޓް ޔަހޫދީން ދެކެ ނަފްރަތްތެރިވުން މާ އައުލާވެގެންވޭ ނޫންތޯއެވެ؟ މިކަމުގައި މުސްލިމަކު ޚިޔާރު ކުރާނެ ދެވަނަ ގޮތެއްނެތެވެ. ކުށެއްނެތި މިދުނިޔެއާ އަލްވަދާޢު ކިޔަމުން އެދާ ފަލަސްތީނުގެ ލޮބުވެތި މުސްލިމް ރައްޔިތުންނަށްޓަކައި އެންމެ ކުޑަމިނުން ދުޢާއެއް ކޮށްދިނުމަކީ މިއަދު އަހަރުމެންގެ ކޮނޑުގައި އެޅިފައިވާ ފަރުދީ މަސްއޫލިއްޔަތެއްކަމުގައި މެނުވީ ނުވާނެއެވެ.

شيخ الإسلام ابن تيمية ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "މުސްލިމުންގެ މަޢްޗަށް ވާޖިބުވެގެންވަނީ ﷲއަށާއި އެކަލާނގެއަށް އީމާންވާ އެއްމެހައި މީސްތަކުންނަށް ލޯބި ކުރުމެވެ. އަދި ކާފަރުންނާއި މުނާފިގުންނާއި  މިބައި މީހުންގެ ތެރެއިންވާ ކޮންމެ ބަޔަކު ދެކެވެސް ރުޅިވެރިވާން ޖެހެއެވެ."

އެހެން ނަމަވެސް މުސްލިމުންނާއި ހަނގުރާމަ އިޢްލާންކޮށްފައި ނުވާނަމަ ކާފަރުން (ޙަރްބިއްޔަ ކާފަރުން) ފިޔަވައި އެހެން ކާފަރުންނަށް، އިސްވެ އުނދަގޫ ކުރުމާއި އަނިޔާ ވެރިވުމެއްނުވެއެވެ. ދައުލަތުގެ ހުއްދަ ލިބިގެން ގައުމުތަކަށް އަންނަމީހުންނަކީ ކާފަރުން ކަމުގައި ވިޔަސް، ޙަރުބީންނަށް ނުވާކަމުގައި ވަނީނަމަ އަމާންކަން ލިބިދޭންޖެހޭނެވެ.

މާތްﷲ އަށް އީމާންވާ އަޅުތަކުންގެ މައްޗަށް އެންމެ ޢަދާވާތްތެރިކަން ބޮޑުބަޔަކީ ޔަހޫދީންނެވެ. ވީމާ މިފަދަ ބަޔަކުދެކެ ލޯބިވެ އަދި އެފަދަ ބަޔަކާ ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރުމަކީ އީމާންކަމުގެ އަހުލުވެރިންގެ ސިފަޔަކަށްވާނެ ހަމަ އެއްގޮތެއްވެސް ނުމެނޯންނާނެއެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި