Noorul-islam.NET :: ޙާލުގެ ދުލުން...!

ޙާލުގެ ދުލުން...!
Category »  މުޖުތަމަޢު

ތާރީޚް: 17 ޑިސެމްބަރު 2011

ލިޔުއްވީ : ފަޟީލަތުއްޝައިޚް ޙަސަން ލަޠީފް މޫސާ

 

 

ޡާލިމުންނާ ޙާކިމުން އޮޅި، އަންތަރީސް ހަމަ، ވެއްޖެއޭ،

ޢާލިމުންނާ  ޖާހިލުން އޮޅި،  ހިތް މަގޭ  ހުއްޓިއްޖެއޭ!

ދީނުގައިވާ އަޞްލުތަކުގާ، ކޮޅުފައިން  ގަސްތުގަ  ޖަހާ،

ވީނުބައިހާ ކަންކަމަށް  މަގުތައް   އެކީ ފަހި ކޮށްފިއޭ!

ޥާޢިޡުންގެ  ކަރާމަތާ،   އަބުރާއި   ޝަރަފާ ލޫޓުވާ،

ރާހިބުންނަށް ދީބުގައި ޤަދަރާ ޝަރަފް   އެރުވިއްޖެއޭ!

އިޤްތިޞާދީ އަދި ސިޔާސީ،  އިޖްތިމާޢީ ރޮނގުތަކުން،

އިންތިހާއީ ގޮންޖެހުންތައް،  ކުރިމަގަށް   ނެރެލައިފިއޭ!

މާދަރީ ބަހުގައި އެވާ،  ހަމައާއި އަޞްލާ   ކުޅެހަދާ،

އާދަތައް  ދިވެހިންގެ ނައްތަން،  ރޭވުމެއް  ރާވައިފިއޭ!

އަޅުކަމާ އަޚްލާޤަކީވެސް،  ކުޅިވަރެއް  ކަމުގާ   ހަދާ،

އަޅުތަކުންގެ ޚުޝޫޢަތާ، ޠާޢަތު  މުލުން  ލުހެލައިފިއޭ!

ދުނިޔަވީ ދަޅަތަކުގެ ދަލުގައި، ޖީލު އެކުގާ  ޖައްސުވާ،

އުޚްރަވީ ނިޢްމަތްތަކުން،  މަޙްރޫމުވެސް  ކޮށްލައިފިއޭ!

މިތުރުނާ ހަތުރުންނަކީވެސް،   އެއްބައެއްކަމުގާ  ހަދާ،

ހަތުރު ޞުހުޔޫނުންގެ ގުޅުމުން، ދީބު ބަނަކޮށްލައިފިއޭ!

ޡާލިމުން  އަނިޔާކުރާއިރު،  ބާރު   ވާކަމުގައި  ހިތާ،

ޚާލިޤުލްކައުނައިނި ވާކަން، ހަނދުމަވެސް ނައްތައިފިއޭ!


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި