Noorul-islam.NET :: ހިޖްރީ އާއަހަރަށް މަރުޙަބާ ކިޔަން ތިބާ ކިހާވަރަކަށް ތައްޔާރު ހެއްޔެވެ؟




ހިޖްރީ އާއަހަރަށް މަރުޙަބާ ކިޔަން ތިބާ ކިހާވަރަކަށް ތައްޔާރު ހެއްޔެވެ؟
Category »  މުޖުތަމަޢު

ތާރީޚް: 26 ނޮވެމްބަރ 2011

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ

 

ފާއިތުވެގެންދާ ކޮންމެ ދުވަހަކާއި ކޮންމެ މަހަކާއި ކޮންމެ އަހަރަކީ އަޅުގަނޑުމެންގެ ޙަޔާތުން ފާއިތުވެގެންދާ ދުވަހެއް ނުވަތަ މަހެއް ނުވަތަ އަހަރެކެވެ. އަދި އެއީ އަޅުގަނޑުމެންގެ އަޖަލާއި ގާތްކުރާ ދުވަހެކެވެ. މާދަމާ އަޅުގަނޑުމެން ކުރިމަތި މިލަނީ ހިޖްރީ އާހަރަކާއެވެ. ތިމާގެ ޙަޔާތުން ފުރިހަމަ އެއް އަހަރު ދުވަސް ފާއިތުވެދާހިނދު، މިކަމުން ޢިބްރަތްތަކެއް ލިބިގަންނަން އެބަޖެހެއެވެ. ތިމާގެ ޙަޔާތުން ފާއިތުވެދާ އެންމެ ހިނދުކޮޅަކީވެސް އަނބުރާ ލިބޭނޭ އެއްޗެއްނޫންކަން ހަނދާނުގައި ބަހައްޓަން ޖެހެއެވެ. މާޟީވެދިޔަ އަހަރުގައި ހިނގާފައިވާ ޙާދިޘާތަކުން ޢިބްރަތް ޙާޞިލުކުރަން އެބަޖެހެއެވެ. ވޭތުވެދިޔަ އަހަރު އަޅުގަނޑުމެންނާ އެކީ ހިނގާބިނގާ އުޅުނު މީހުންގެ ތެރެއިން، ކިތައްމީހުން މަރުވެގެން ވަޅުލެވިފައި ވޭތޯއެވެ. އޭގެތެރެއިން ކިތައް މީހުންގެ ޖަނާޒާގައި އަޅުގަނޑުމެންނަށް ބައިވެރިވެވިފައިވޭތޯއެވެ.

ވުމާއެކު، ބުއްދިވެރިންގެ ގޮތަކީ ފާއިތުވެދާ ކޮންމެ ދުވަހަކުމެ ތިމާ ކުޅަ ޢަމަލުތަކުގެ ހިސާބު އެދުވަހެއްގައި ބަލައި، ތިމާއަށް ކުރެވިފައިވާ ކަންކަމާމެދު ވިސްނައި ފިކުރުކޮށް، ފާއިތުވެ ދިޔަތަނަށްވުރެ އަންނަން އޮތްތަން ރަނގަޅުކުރެވޭތޯ ވަރުގަދަ ޢަޒުމަކާއެކު މަސައްކަތްކުރުމެވެ. ﷲ ރުއްސަވާ ވޮޑިގެންނުވާ ގޮތެއްގައި، ތިމާގެ ޙަޔާތުން އެންމެ ހިނދުކޮޅެއްވެސް ހޭދަކުރެވިފައިވާނަމަ، އެކަމާމެދު ހިތާމަކޮށް، ކުރިއަށްއޮތް ތާނގައި އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް ޢަޒުމް ކަނޑައެޅުމެވެ. އެކަލާނގެ ރުއްސަވާ ވޮޑިގެންވާ ކަންކަމުގައި، ޙަޔާތުގެ ވަގުތުތައް ހޭދަކުރެވިފައިވާނަމަ އެކަމަށް ޝުކުރުކޮށް، އިތުރު ހިތްވަކަރާއެކު، ކުރިއަށް ދިއުމަށް މަސައްކަތް ކުރުމެވެ. މިކަމާމެދު ޢުމަރު رضي الله عنه ވިދާޅުވެފައިވާ ބަސްފުޅެއްގެ މާނާއިގާވެއެވެ. "ހިސާބުތައް ބެލެވޭ ދުވަސް އައުމުގެ ކުރިން، ތިޔަބައިމީހުން އަމިއްލައަށް ތިޔަބައިމީހުންގެ ހިސާބުތައް ބަލާށެވެ! އަދި ތިޔަބައިމީހުންގެ ޢަމަލުތައް ވަޒަން ކުރެވުމުގެ ކުރިން، ތިޔަބައިމީހުން އަމިއްލައަށް ތިޔަބައިމީހުންގެ ޢަމަލުތައް ވަޒަން ކުރާށެވެ! އެހެނީ،ދުނިޔެއަކީ ޢާމަލު ކުރުމުގެ މައިދާނެއެވެ.  ޙިސާބު ބެއްލުމެއް ދުނިޔެމަތީގައި ނޯންނާނެއެވެ. ނަމަވެސް މާދަމާ އޮންނާނީ ހިސާބު ބެއްލެވުމެވެ. އެދުވަހަކު ޢަމަލު ކުރުމެއް ނޯންނާނެއެވެ".

އާނއެވެ. ކޮންމެ މީހަކީވެސް މިދުނިޔެ ދޫކޮށްފައިދާން ޖެހޭނޭ މީހެއްކަން އެންމެ ހިނދުކޮޅަކަށް ވެސް ހަނދާނުން ފޮހެލައިގެން ނުވާނެއެވެ. ދުނިޔޭގެ ދަންފަޅި ހަމަކުރުމަށްފަހު ތިމާ އެނބުރި ދިޔުން ވަނީ ކޮންތާކަށް ކަމާމެދު ވިސްނަން ޖެހެއެވެ. އެތާނގައި ބާއްޖަވެރި ދިރިއުޅުމެއް ލިބޭނޭ ގޮތަކީ ކޮބައިކަމާމެދު ވިސްނަން ޖެހެއެވެ. އަދި އެކަމަށްޓަކައި މަސައްކަތް ކުރަންވެސް ޖެހެއެވެ. އެހެނީ، ފަނާވުމެއްނުވާ ދިރިއުޅުމަކީ އެއީ ކަމުގައިވާތީއެވެ. 

ފުރުޞަތުގެ ބޭނުން ރަނގަޅުގޮތުގައި ހިފުމަށް ނަޞޭޙަތްތެރިވެ ވަޑައިގަންނަވަމުން ރަސޫލާ صلى الله عليه وسلم ޙަދީޘު ކުރައްވާފައިވެއެވެ. "اِغْتَنِمْ خَمْسًا قَبْلَ خَمْسٍ، شَبَابَكَ قَبْلَ هَرَمِكَ، وَصِحَّتَكَ قَبْلَ سَقَمِكَ ، وَغِنَاكَ قَبْلَ فَقْرِكَ، وَفَرَاغَكَ قَبْلَ شُغْلِكَ ، وَحَيَاتَكَ قَبْلَ مَوْتِكَ" [أخرجه الحاكم في المستدرك وصححه الألباني في صحيح الجامع] މާނައީ"ފަސްކަމެއް އައިސް ކުރިމަތިވުމުގެ ކުރިން، ފަސްކަމެއްގެ ފައިދާ ރަނގަޅުގޮތުގައި ލިބިގަންނާށެވެ! މުސްކުޅިވުމުގެ ކުރިން ޒުވާންކަމުގެ ފައިދާ ރަނގަޅުގޮތުގައި ލިބިގަންނާށެވެ! އަދި ބަލިވުމުގެ ކުރިން ޞިއްޙަތުގެ ފައިދާ ގަނގަޅު ގޮތުގައި ލިބިގަންނާށެވެ! އަދި ފަޤީރުވުމުގެ ކުރިން ތަނަވަސްކަމުގެ ފައިދާ ރަނގަޅުގޮތުގައި ލިބިގަންނާށެވެ! އަދި އަވަދިނެތި އުޅެންޖެހުމުގެ ކުރިން ލިބިފައިވާ ހުސްވަގުތުގެ ފައިދާ ރަނގަޅުގޮތުގައި ލިބިގަންނާށެވެ! އަދި މަރުވުމުގެ ކުރިން ޙަޔާތުގެ ފައިދާ ރަނގަޅުގޮތުގައި ލިބިގަންނާށެވެ!

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި