Noorul-islam.NET :: އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟

އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟
Category »  ސުވާލާއި ޖަވާބު

ތާރީޚް: 18 އޮކްޓޯބަރ 2008

ޖަވާބު ދެއްވީ : އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

ސުވާލު: އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟

 

ޖަވާބު: އަމިއްލައަށް އެދުން ފުއްދުމާ މެދު ދަންނަބޭކަލުންގެ މެދުގައި ޚިލާފުތަކެއް އުފެދިފައިވެއެވެ. ސުންނަތުގެ ގިނަ ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި މިކަމަކީ ކުރުން ހަރާމްވެގެންވާ ކަމެކެވެ. އެބޭކަލުންގެ ދަލީލަކީ: [ وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ * إِلاَّعَلَى أَزْوَاجِهِمْ أوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ * فَمَنِ ابْتَغَى وَرَاء ذَلِكَ فَأُوْلَئِكَ هُمُ الْعَادُونَ * ] المؤمنون : 5-7   މާނައީ :[ މުއުމިނުންނަކީ އެބައިމީހުންގެ ލަދުވެތި ގުނަން، ޒިނޭއާއި، އެއްޖިންސުގެ ގުޅުން ހިންގުމާއި، އަދި ވެސް ﷲ ޙަރާމްކުރައްވާފައިވާ އެހެނިހެން ފާޙިޝް ޢަމަލުތަކުން ދުރުކޮށް ރައްކާތެރިކުރާމީހުންނެވެ. އެބައިމީހުންނަށް ﷲ ހުއްދަކުރައްވާފައިވާ، އަނބީންނާއި، އަދި އަޅުއަންހެނުންނާ އެކު ޖިންސީގޮތުން ގުޅުން ހިންގުމުން މެނުވީއެވެ. މިނޫން ގޮތަކުން ޖިންސީ އުފާ ޙާޞިލުކުރާ މީހުންވަނީ ﷲ ކަނޑައަޅުއްވާފައިވާ ޙުދޫދުން ބޭރުވެފައިވާ ބަޔަކު ކަމުގައެވެ. ]  އަމިއްލައަށް އެދުން ފުއްދުމަކީ ޙަރާމްކަމެއް ކަމުގައި ވިދާޅުވާ ބޭކަލުންގެ ދަލީލަކީ މިއީއެވެ. މިއީ މިބާބުގައި އޮތް އެންމެ ވަރުގަދަ ޙުއްޖަތެވެ.

ބައެއް ފިޤުވެރި ބޭކަލުން ވިދާޅުވާ ގޮތުގައި އެއީ ކުރުން މަކްރޫހަކަމެވެ. އަނެއްބައި ބޭކަލުން  ވިދާޅުވަނީ އެއީ ހުއްދަ ކަމެއް ކަމެވެ. ނަމަވެސް  އެއީ ބޭއަދަބީ ކަމެއްކަމުގައެވެ. މުރޫވަތްތެރި މީހުން މިކަން ނުކުރާނޭ ކަމުގައެވެ.

ޒިނޭއަކަށް އަރައިގަނެވިދާނޭ ކަމުގެ ބިރު ހީވާ ކަމުގައި ވަނީ ނަމަ، ޒިނޭ އިން ސަލާމަތް ވުމުގެ ގޮތުން މިކަން ކުރެވިދާނޭ ކަމުގައި ޢިލްމުވެރިން ދެކިލައްވައެވެ.

އެންމެ މާތް ގޮތަކީ ރޯދަ ހިފައި، ޝަހުވަތްތެރިކަން މަތަ ކުރުމެވެ. ނުވަތަ ކައިވެނި ކުރުމެވެ.

ޑޮކްޓަރުން ވިދާޅުވާ ގޮތުގައި މިކަމަކީ ޞިއްޙީ ގޮތުން އިންސާނާގެ ވިސްނުމަށާއި، އަދި ހަށިގަނޑަށް ނޭދެވޭ އަސަރުތަކެއް ކުރުވާ ކަމެކެވެ. އަދި އާދަޔާ ޚިލާފަށް މިކަންކުރާ ކަމުގައިވަނީ ނަމަ، ނަފްސާނީގޮތުން އަސަރުތަކެއް ކުރުވައި، ޖިންސީ ނިޒާމަށް ގެއްލުންތަކެއް ކުރިމަތި ކުރުވާ ކަމެއް ކަމުގައިވެސް ބައެއް ޑޮކްޓަރުން ވިދާޅުވެއެވެ.

މިކަމުގައި ދަންނަބޭކަލުން ޚިލާފުވެވަޑައިގެންފައިވަނީ ޞައްޙަ ޞަރީޙަ ނައްޞެއް މިބާބުގައި އައިސްފައި ނެތުމުންކަމުގައި ބެލެވެއެވެ. والله أعلم

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި