Noorul-islam.NET :: ޒިނޭގެ ޙައްދަކީ ޖަހަން ޖެހޭ އެއްޗެކެވެ.
ޒިނޭގެ ޙައްދަކީ ޖަހަން ޖެހޭ އެއްޗެކެވެ.
Category »  މުޖުތަމަޢު

ތާރީޚް: 24 ނޮވެމްބަރ 2011

ލިޔުއްވީ : ޢަބްދުލްހާދީ ޙުސައިން

ޒިނޭ ގެ ސަބަބުން އަޅުގަނޑުމެންގެ މުޖުތަމަޢުތައް ދަނީ ހަލާކު ވަމުންނެވެ. ޢާއިލާތައް ދަނީ ރޫޅެމުންނެވެ. އެހެންނަމަވެސް އަދިވެސް ބަޔަކު ވަކާލާތު ކުރަމުން ދަނީ މި ނުބައި ފާހިޝްކަންތައް ފަތުރާށެވެ. ޒިނޭގެ ޙައްދަށް އިންކާރުކޮށް އެކަން ނުކުރަން ގޮވާލާ މީހުންނަކީ ޒިނޭގެ ނުބައި ޢަމަލު ފަތުރަން ބޭނުންވާ މީހުންނަށް ނޫނީ ނުވާނެއެވެ. އެހެނީ އިސްލާމްދީނުގައި ކަނޑައަޅާފައިވާ ޙައްދުތަކަކީ އެނުބައި ޢަމަލުތަކުން މުޖުތަމަޢުތައް ސަލާމަތް ކުރުމަށް ކަނޑައަޅުއްވާފައިވާ ޙައްދުތަކެވެ. އަޅުގަނޑުގެމެންގެ ކޮށި ވިސްނުމަށް އެކަންކަން މުފްހޫމު ނުވިޔަސް މެއެވެ.

އާދެ! އިސްލާމް ދީން ވަނީ ޒިނޭ އަދި އެއަށް ކައިރިވެވެން ހުރި ދޮރުތައް ވެސް ބަންދުކޮށްފައެވެ. އެހެނީ ޒިނޭ އަކީ ފާހިޝްކަން ބޮޑު ޢަމަލެކެވެ.  މާތް ﷲ ވަޙީ ކުރައްވަނީ: ( وَلا تَقْرَبُوا الزِّنَى إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلاً) (الإسراء:32). މާނަ: "އަދި ތިޔަބައިމީހުން ޒިނޭއާ ގާތްނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައިވިއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދަހާ ނުބައިވެގެންވެއެވެ."  އަދިވެސް މާތް ﷲ ވަހީ ކުރައްވައެވެ. (وَالَّذِينَ لا يَدْعُونَ مَعَ اللَّهِ إِلَهاً آخَرَ وَلا يَقْتُلُونَ النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ وَلا يَزْنُونَ وَمَنْ يَفْعَلْ ذَلِكَ يَلْقَ أَثَاماً) (الفرقان:68). މާނަ: "އެއުރެންނީ اللَّه އާއެކު އެހެން إله އަކަށް ގޮވައި ނަހަދާމީހުންނެވެ. އަދި اللَّه، حرمة ތެރި ކުރައްވާފައިވާ نفس އެއް، حق ގޮތުންނޫނީ، ނުމަރާ މީހުންނެވެ. އަދި ޒިނޭނުކުރާ މީހުންނެވެ. އެއިން ކަމެއްކޮށްފިމީހާ (އެކަމުގެ) عقوبات އާ ބައްދަލުކުރާނެތެވެ." އަދި ޒިނޭކުރާ މީހުންނަށް ދޭ އޮންނަ އަދަބާ ބެހޭގޮތުން މާތްﷲ ވަޙީ ކުރައްވަނީ:  (الزَّانِيَةُ وَالزَّانِي فَاجْلِدُوا كُلَّ وَاحِدٍ مِنْهُمَا مِائَةَ جَلْدَةٍ وَلا تَأْخُذْكُمْ بِهِمَا رَأْفَةٌ فِي دِينِ اللَّهِ إِنْ كُنْتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ وَلْيَشْهَدْ عَذَابَهُمَا طَائِفَةٌ مِنَ الْمُؤْمِنِينَ) (النور:2) މާނަ: "ޒިނޭކުރާ އަންހެނާއާއި، ޒިނޭކުރާ ފިރިހެނާއާއި ދެމީހުންކުރެ ކޮންމެ މީހަކުގެ ގައިގައި، ސަތޭކަ އެތިފަހަރުން (حد) ޖަހާށެވެ! އަދި اللَّه އަށާއި آخرة ދުވަހަށް ތިޔަބައިމީހުން إيمان ވާކަމުގައިވަނީނަމަ، اللَّه ގެ دين ގައި އެ ދެމީހުންނާމެދު އޯގާވެރިކަމެއް ތިޔަބައިމީހުން ނުބަހައްޓާހުށިކަމެވެ! އަދި އެ ދެމީހުންނަށް ދެވޭ عقوبات، مؤمن ންގެ ބަޔަކު ދެކޭހުށިކަމެވެ!"

މީހަކާ ނުއިނދެ ތިބެ ޒިނޭ ކޮށްފިނަމަ އަދަބަކީ 100 އެތިފަހަރުން ޙައްދު ޖެހުމާއި 1 އަހަރު ދުވަހަށް އަރުވާލުމެވެ. އަދި މީހަކާ އިނދެފައިވަ މީހަކު ޒިނޭ ކޮށްފިނަމަ އޭނާގެ އަދަބަކީ ރަޖަމް ކުރުމެވެ. މިގޮތުން ޒިނޭގެ ޙައްދު ޖެހޭނީ 4 މީހުންގެ ހެކި ބަހުން ސާބިތުވުން ނުވަތަ ޒިނޭ ކުރިކަމަށް އިޢުތިރާފް ވުމުންނެވެ.

އަންހެނާގެ ކަރާމާތާއި ޝަރަފު ގެއްލެނީ ޙައްދުގެ ސަބަބުންނޭ ބުނާ މީހާއަށް ވުރެ ވަކިން ބޮޑަށް ފުރެދިފައިވާ މީހަކުވާނެހެއްޔެވެ؟ ވަކިން ބޮޑަށް އިންސާނީ ޙައްޤުތައް ނިގުޅައިގަންނަ މީހަކަށް އޭނާ ނޫނީ ނުވާނެއެވެ؟ އެހެނީ މި ސުންޕާކަންބޮޑު ޒިނޭގެ ސަބަބުން ކިތައް ކުދިންގެ އިންސާނީ ޙައްޤުތައްތޯ ގެއްލިގެން ގޮސްފައިވަނީ ބަލާށެވެ. މި ކުޑަކުޑަ ދިވެހިރާއްޖެގައިވެސް ޒިނޭ ކޮށްފަ ހޯދާ ދަރިންތައް މަގުތަކާއި ކުނިގޮނޑުތަކަށް ދިރި ތިއްބައާއި މަރާލާފައި އެއްލައިލާފައިވަނީ ވެސް ވަކި މަދެއްކޮށްނެއްނޫނެވެ. އެކުދިންގެ ޙައްޤުތައް ކޮބައިތޯއެވެ؟ އެކުދިންގެ ޝަރަފުތައް ކޮބައިތޯއެވެ؟

މިހާރު ރާއްޖެ އައިސްގެން އުޅޭ އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ހައިކޮމިޝަނަރު އަންހެނުންގެ ގައިގާ ޒިނޭގެ ޙައްދު ޖެހުމާ ބެހޭ ގޮތުން ބުނަނީ: "މިއީ އަންހެނުންގެ ޝަރަފަށް އުނިކަން ލިބި، އެބައި މީހުންނަށް ކުރެވޭ އެންމެ ލާއިންސާނީ އަނިޔާކަމަށް ދެކެން. މިއީ ޑިމޮކްރެޓިކް ގައުމެއްގައި އޮވެގެންވާނެ ކަމެއް ނޫން. އަޅުގަނޑު ގަބޫލުކުރަނީ ކަންބޮޑުވާން ޖެހޭ މިކަމާ ބެހޭ ގޮތުން އާންމު ބަހުސެއް ރާއްޖޭގައި ބާއްވަންވެއްޖެ ކަމަށް،"

ބުނަންހެއްޔެވެ! ތިޔަ ބުނާ ޑިމޮކްރެޓިކް ކަމެއް އަޅުގަނޑުމެން ބޭނުމެއް ނޫނެވެ. ދުނިޔެމަތީގައި ލެއްވި އެންމެ ފާޙިޝްކަން ބޮޑު ޢަމަލު ކުރާ މީހެއްގެ އޮންނާނީ ކޮން ޝަރަފަކާއި ޢިއްޒަތެއް ހެއްޔެވެ؟ ޚުދު ޖަންގަލީގެ ޙުކުމް އޮންނަ ތާކުވެސް އެފަދަ ބަޔަކަށް ޝަރަފެއް ނުއޮންނާނެއެވެ.

ވީމާ ބުނަން އޮތީ ބަޔަކު ރުހުނަށް އަދި ނުރުހުނަސް ޒިނޭގެ ޙައްދާއި އަދި އިސްލާމްދީނުގައިވާ އެހެނިހެން ޙައްދުތަކަކީ ޖަހަން ޖެހޭ ޙައްދު ތަކެކެވެ. ދުނިޔޭގެ ލާއިންސާނީ ޙައްޤުތަކަށް ނުފެތުނު ކަމުގައިވިޔަސް އަދި ޣައިރު ދީންތަކުގެ ވެރިންގެ އަވާގައިޖެހިފައިވާ އިސްލާހީ އެޖެންޑާތަކަށް ނުފެތުނު ކަމުގައިވިޔަސް މެއެވެ. މިއީ ދިވެހިރާއްޖެއެވެ. މި ޤައުމުގައި ކަންކަން ހިންގާނީ މި ޤައުމުގެ މުޥާޠިނުންނެއެވެ. މުސްލިމުންގެ ޙައްޤުތައް ނުދަންނަ ކޮމިޝަނަރުންނެއް މި ޤައުމަކަށް ބޭނުމެއް ނުވެއެވެ. އިންސާނީ ޙައްޤުތައް އެންމެ މަތީ ދަރަޖައަށް ހިމާޔަތްކޮށް ރައްކާތެރި ކޮށްފައިވަނީ މި މާތްވެގެންވާ އިސްލާމް ދީނުގައެވެ.

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި