Noorul-islam.NET :: ކީރިތި ޤުރްއާނުގެ ސަބަބުން ބައެއް މީހުން މަތިވެރި ކުރައްވައެވެ. އަދި ހަމަ އެފޮތުގެ ސަބަބުން ބައެއް މީހުން ނިކަމެތި ކުރައްވައެވެ.

ކީރިތި ޤުރްއާނުގެ ސަބަބުން ބައެއް މީހުން މަތިވެރި ކުރައްވައެވެ. އަދި ހަމަ އެފޮތުގެ ސަބަބުން ބައެއް މީހުން ނިކަމެތި ކުރައްވައެވެ.
Category »  ދީނީ ލިޔުން

ތާރީޚް: 22 ނޮވެމްބަރ 2011

ލިޔުއްވީ : މުޙައްމަދު އަނީލް (ނޫރުލްއިސްލާމްގެ އެޑިޓަރ)

ނާފިޢު ބުނު ޢަބްދުލްޙާރިޘް رضي اللَّـه عنه އަކީ ޢުމަރު ބުނުލް ޚައްޠާބު رضي اللَّـه عنه ގެ ޚަލީފާކަމުގެ ޒަމާނުގައި މައްކާގެ ގަވަރުނަރުކަމުގައި ހުންނެވި ބޭކަލެކެވެ. އެއްފަހަރަކު ޢުސްފާނޭ ކިޔުނު ރަށުގައި ޢުމަރު رضي اللَّـه عنه ހުންނަވަނިކޮށް ނާފިޢު رضي اللَّـه عنه ވަޑައިގެން އެކަލޭގެފާނާ ބައްދަލު ކުރެއްވިއެވެ.

ޢުމަރު رضي اللَّـه عنه އަކީ އެކަލޭގެފާނުގެ ޚިލާފަތުގައި މަސްއޫލުވެރި މަޤާމްތަކުގައި ތިބޭ މީހުންގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބެއްލެވުމުގައި އަރައި ހުންނެވި ބޭކަލެކެވެ. އެކަލޭގެފާނު ޤަބޫލު ކުރެއްވި ގޮތުގައި، އެކަލޭގެފާނުގެ ވެރިކަމުގެ ވެރިރަށް މަދީނާގައި އެކަލޭގެފާނު ހުންނަވަނިކޮށް، ޢިރާޤު ކަރައިގެ ރަށެއްގައި ކުއްތާއެއް، އިހުމާލުވެވުމުގެ ސަބަބުން މަރުވެއްޖެނަމަ އެކަމާމެދު އެކަލޭގެފާނާ ﷲގެ ޙަޟްރަތުގައި ޤިޔާމަތްދުވަހުން ސުވާލުކުރެއްވޭނެއެވެ.

އެހެންކަމުން ޢުމަރު رضي اللَّـه عنه ސުވާލުކުރެއްވިއެވެ. ކަލޭގެފާނު ތިޔަ ވަޑައިގެންނެވި އިރު، މައްކާގެ މައްޗަށް ވެރިކުރެއްވީ ކާކު ހެއްޔެވެ؟

ނާފިޢު رضي اللَّـه عنه ވިދާޅުވިއެވެ. އެމީހަކީ އިބްނު އަބްޒާއެވެ.

ޢުމަރު رضي اللَّـه عنه ވިދާޅުވިއެވެ. އިބްނު އަބްޒާ އަކީ ކާކު ހެއްޔެވެ؟

ނާފިޢު رضي اللَّـه عنه ވިދާޅުވިއެވެ. އެއީ ތިމަންބޭކަލުންގެ އަޅުންގެ ތެރެއިން އަޅެކެވެ.

އެހިނދު އެކަމާ ހިތްޕުޅު ހަމަޖެހިވަޑައިނުގެން، ޢުމަރު رضي اللَّـه عنه ސުވާލު ކުރެއްވިއެވެ. އެބައިމީހުންގެ މައްޗަށް (އެބަހީ؛ މައްކާގެ މީހުންގެ މައްޗަށް) ކަލޭގެފާނު ވެރިކުރެއްވީ އަޅެއް ހެއްޔެވެ؟

ނާފިޢު رضي اللَّـه عنه ވިދާޅުވިއެވެ. އޭނާއަކީ ޤުރުއާން ދަސް، އަދި ތަރިކަ މުދަލުގެ ޢިލްމު ލިބިހުރި މީހެކެވެ.

އެހިނދު ޢުމަރު رضي اللَّـه عنه ވިދާޅުވިއެވެ. ފަހެ ތިޔަބައިމީހުންގެ ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

" إِنَّ اللَّهَ يَرْفَعُ بِهَذَا الْكِتَابِ أَقْوَامًا ، وَيَضَعُ بِهِ آخَرِينَ " (رواه مسلم)

މާނައީ: ހަމަކަށަވަރުން މިފޮތުގެ ސަބަބުން (އެބަހީ: ކީރިތި ޤުރްއާނަށް ޢަމަލުކުރުމުގެ ސަބަބުން) ބައެއް ޤައުމުތައް ﷲ މަތިވެރި ކުރައްވަތެވެ. އަދި ހަމަ އެފޮތުގެ ސަބަބުން (އެބަހީ: ކީރިތި ޤުރްއާނަށް ޢަމަލު ނުކުރުމުގެ ސަބަބުން) އެއިލާހު ބައެއް ޤައުމުތައް ނިކަމެތި ކުރައްވައެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި