Noorul-islam.NET :: މުއުތަބަރު ފަރާތް ....!!!




މުއުތަބަރު ފަރާތް ....!!!
Category »  މުޖުތަމަޢު

ތާރީޚް: 14 އޮކްޓޯބަރ 2011

ލިޔުއްވީ : ޢަބްދުﷲ ޞިއްދީޤް (ނޫރުލް އިސްލާމްގެ ޑެޕިއުޓީ އެޑިޓަރ)

މަދުންނަމަވެސް ލިޔުންތެރީންނާއި ނޫސްވެރިންފަދަ ބޭބޭފުޅުންގެ ލިޔުންތަކުގައި "މުއުތަބަރު" މިޔަށް ނިސްބަތްކޮށް އެއްވެސް ހަގީގަތެއްނުވާ ވާހަކަތަކާއި ޚަބަރުތައް ހިތުހުރި ގޮތަކަށް ލިޔެ ފަތުރަމުން ދާކަމީ ހިތާމަހުރި ދެރަކަމެކެވެ. މިހުރިހާ ކަމެއްގެ އަސްލު ސަބަބކީ އެލިޔުންތެރިންގެ ހިތްތަކުގައި ﷲތަޢާލާޔަށް ބިރުވެތިކަން ހިނގަންޖެހޭ ވަރަށް، ހައްގު ގޮތުގައި ބިރުވެތިކަން ނުހިނގުންކަން ކަށަވަރެވެ. އެއްވެސް އަސްލެއްގެ މައްޗަށް ބިނާވެފައިނުވާ، އަތެއްފަޔެއް ނެތް ޚަބަރުތަށް މީސްތަކުންގެ މެދުގައި ފެތުރުމަކީ ބޮޑެތިފާފަތަކުގެ ތެރެއިންވާކަމެކެވެ. އެފަދަ ލިޔުންތަކާއި ޚަބަރުތަކުގެ ސަބަބުން މުޖުތަމަޢުގައި ފިތުނަ ފަސާދައުފެދިގެން ދެއެވެ. ކުށެއްނުވާ އެތައްބައެއްގެ ހައްގުތައް ނިގުޅައިގަނެވެއެވެ. އަދި އެލިޔުންތެރީން ދޮގުވެރިންގެ ތެރެއިން ﷲތަޢާލާގެ ޙަޟްރަތުގައި ލިޔުއްވެއެވެ.

މުސްލިމަކު ކޮންމެ ވާހަކައެއް ދެއްކި ކަމުގައިވިޔަސް ތެދުބުނުން އެއީ އޭނާގެ މައްޗަށް ލާޒިމުކަމެކެވެ. ﷲތަޢާލާ ވަޙީކުރަށްވާފައިވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَكُونُوا مَعَ الصَّادِقِينَ ﴿١١٩މާނައަކީ؛ " އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށް تقوى ވެރި ވާށެވެ! އަދި ތެދުވެރިންނާ އެކުގައި، ތިޔަބައިމީހުން ވާށެވެ." ވީމާ ނޫހެއްގައި ލިޔުނު ކަމުގައި ވިޔަސް އަދި އިންޓަރނެޓް ސައިޓެއްގައި ނުވަތަ ފޭސްބުކް ގައި އެއްޗެއް ލިޔުނުކަމުގައި ވިޔަސް ތެދުބުނުމަކީ އެބަޔަކަށް ދެދުނިޔޭގައިވެސް ކާމިޔާބު ހުރިކަމެކެވެ. މިޔާ ޚިލާފަށް ގަސްތުގައި ދޮގުހަދައި ދޮގުފަތުރައިފިނަމަ އޭގެ ސަބަބުން އުފެދިގެންދާ ނުބައިކަންތަކުގެ އަސަރު މުޖުތަމަޢުން ފިލައި ދަންދެން އެ ފެތުރިމީހާ ފާފަވެރިވަމުން، ނުބައިކަމުގެ ތިލަފަތް ބަރުވަމުން ދާނެއެވެ. އޭނާ މަރުވި ކަމުގައިވިޔަސް އެ ނޭދެވޭ އަސަރު އުއްމަތުން ފޮހެވިގެން ދަންދެން ކަށްވަޅުގައި އޮތަސް އޭނާއަށް ފާފަ އިތުރުވަމުންދާނެއެވެ.

ވާހަކަ ދައްކާއިރު ދޮގު ބުނުމަކީ މުނާފިޤުންގެ ސިފައެކެވެ. ފަހެ މުނާފިޤުން ވާހުށީ ޖަހައްނަމައިގެ އެންމެ އަޑިގައެވެ. ވީމާ މިފަދަކަންކަމުގައި ﷲތަޢާލާ އަށް ބިރުވެތި ވުމަށް ގޮވާލަމެވެ. "އިބުނު" ނުވަތަ "ބިންތު" ނުވަތަ "އަބޫފުލާން" ނުވަތަ "އުއްމުފުލާން" މިފަދަ ނަންނަމުގައި ލިޔުމުން އެކަން ސިއްރުވަނީ ކިޔުން ތެރީންނަށެވެ. އެހެންނަމަވެސް ތިމާގެ ހުރިހާ ކަމެއް ބައްލަވައި ވޮޑިގެންވާ އަދި އައްސަވައި ވޮޑިގެންވާ ކަށަކުޅަދުންވަންތަ ﷲތަޢާލާއަށް އެއްވެސް ކަމެއް ސިއްރުވެގެން ނުވާކަން ހަނދާން ބެހެއްޓުމަކީ ރައްކާތެރިކަން ހުރި މާތްކަންބޮޑު ރީތި ގޮތެކެވެ. އަދި ފަހަރެއްގައި ވެސް އެހެންމީހެއްގެ ނަމުގައި ނުވަތަ "މުޢުތަބަރު" ގެ ނަމުގައި ލިޔުމަކީ އެޢަމަލުން، ޤިޔާމަތްދުވަހު ތިމާޔަށް ބަރީއަވެވޭނޭ ޙުއްޖަތެއް ނޫނެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި