Noorul-islam.NET :: ސުވަރުގޭގެ އެންމެ މަތިވެރި ނިޢުމަތް

ސުވަރުގޭގެ އެންމެ މަތިވެރި ނިޢުމަތް
Category »  ދީނީ ލިޔުން

ތާރީޚް: 28 ސެޕްޓެމްބަރ 2011

ލިޔުއްވީ : މުޙައްމަދު އަނީލް (ނޫރުލްއިސްލާމްގެ އެޑިޓަރ)

ސުވަރުގޭގެ އެންމެ މަތިވެރި ނިޢުމަތް

 

ސުވަރުގޭގެ ނިޢުމަތްތަކުގެ ވާހަކަ އަޅުގަނޑުމެންގެތެރެއިން ގިނަ ބަޔަކު ވާނީ އަޑުއަހާފައެވެ. ނުވަތަ ކިޔާފައެވެ. އެސުވަރުގޭގައިވާ ކޯރު ތަކުގެ ވާހަކައެވެ. އޭގައި މަސްތުވުމެއް ނެތް ރަލާއި، ކިރާއި މާމުއިގެ ކޯރުތަކުގެ ވާހަކައެވެ. އެއީ މިދުނިޔޭގައި އަޅުގަނޑުމެން މިދެކޭ ބާވަތްތަކެއް ނޫނެވެ. އެއްގޮތްވެގެންވަނީ ހަމައެކަނި ނަމުންނެވެ. އެއީ މުޅިން ތަފާތު އެއްޗެކެވެ.

ސުވަރުގޭގެ ނިޢުމަތްތަކުގެ ތެރޭގައި ޙޫރުލްޢީނުންގެ ވާހަކަ ބަޔާންވެގެންވެއެވެ. އެކަނބަލުންގެ ރީތި ކަމުގެ ވާހަކައާއި ފުރިހަމަ ކަމުގެ ވާހަކައެވެ. އެއީ އޭގެ ކުރިން އިންސިއަކުވެސް ޖިންނިއަކުވެސް އެއިން ބޭކަނބަލެއްގެ ހަށިކޮޅުގައި ބީހިފައިނުވާ ބޭކަނބަލުންތަކެކެވެ. އަދި ﷲ އަށް އީމާންވާ ޙާލު، ﷲއާ ބައްދަލުކުރާ މުއުމިނު އަންހެނާ އޭނާ ރުހޭނެ ފަދަ ނިޢުމަތްތަކެއް އެސުވަރުގެއިން އޭނާއަށް ލިބޭނެ ކަމެވެ.

ކޮންމެއަކަސް ހިތަށް އެރި އެއްޗެއް ހިތަށް އެރި ގޮތަކަށް ލިބޭނެ ތަނެކެވެ. ކެއުމަށްފަހު ބަނޑަށް އުނދަގޫވުމެއް ނުވަތަ ފާޚާނާކުރަން ޖެހުމެއް ނުވާނެ ތަނެކެވެ.

ލޮބުވެތި މުސްލިމު އަޚުންނާއި އުޚްތުންނޭވެ! މިއީ ހަމަ އެކަނި ސުވަރުގޭގެ އަހުލުވެރިންނަށް ލިބޭނެ ނިޢުމަތުގެ ތެރެއިން ކުޑަ މިންވަރެކެވެ. އަދި ސުވަރުގޭގެ ޙަޤީޤީ ބޮޑު ނިޢުމަތާއި އަޅާ ބަލާއިރު މިނިޢުމަތްތަކަކީ ވަރަށްވެސް ކުޑަ މިންވަރެކެވެ.

ސުވަރުގެ ވަންނަ މީހުންނަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތް ބަޔާންކުރައްވައި ލޮބުވެތި ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. [" إِذَا دَخَلَ أَهْلُ الْجَنَّةِ الْجَنَّةَ ، قَالَ : يَقُولُ اللَّهُ تَبَارَكَ وَتَعَالَى : تُرِيدُونَ شَيْئًا أَزِيدُكُمْ ؟ فَيَقُولُونَ : أَلَمْ تُبَيِّضْ وُجُوهَنَا ، أَلَمْ تُدْخِلْنَا الْجَنَّةَ ، وَتُنَجِّنَا مِنَ النَّارِ ؟ قَالَ : فَيَكْشِفُ الْحِجَابَ ، فَمَا أُعْطُوا شَيْئًا أَحَبَّ إِلَيْهِمْ مِنَ النَّظَرِ إِلَى رَبِّهِمْ عَزَّ وَجَلَّ " ، حَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ ، حَدَّثَنَا يَزِيدُ بْنُ هَارُونَ ، عَنْ حَمَّادِ بْنِ سَلَمَةَ بِهَذَا الإِسْنَادِ ، وَزَادَ ثُمَّ تَلَا هَذِهِ الآيَةَ [لِلَّذِينَ أَحْسَنُوا الْحُسْنَى وَزِيَادَةٌ] سورة يونس آية 26 .] رواه مسلم މާނައީ؛ ސުވަރުގޭގެ އަހުލުވެރިން ސުވަރުގެއަށް ވަދެއްޖެ ހިނދު، ﷲ ތަޢާލާ ވަޙީކުރައްވާނެއެވެ. ތިޔަބައިމީހުންނަށް ތިމަން އިލާހު ކަމެއް އިތުރަށް ދެއްވަން ތިޔަބައިމީހުން އެދެން ހެއްޔެވެ؟ އެބައިމީހުން ދަންނަވާނެއެވެ. އިބައިލާހު އަޅަމެންގެ މޫނުތައް އަލި ނުކުރައްވަވަމުތޯއެވެ؟ އިބައިލާހު އަޅަމެން ސުވަރުގެ ނުވައްދަވަމުތޯއެވެ؟ އިބައިލާހު އަޅަމެން ނަރަކައިން މުއްތި ނުކުރައްވަވަމުތޯއެވެ؟ [ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް] ހަދީޘްކުރެއްވިއެވެ. ފަހެ ހިޖާބު ކަޝްފު ކުރެއްވޭ ހުއްޓެވެ. ފަހެ (ސުވަރުގޭގެ އަހުލުވެރިންނަށް) އެބައިމީހުން ހައްދަވައި ގެންގުޅުއްވާ އިލާހުގެ ވަޖުހުފުޅަށް ބެލުމަށްވުރެ ލޮބުވެތިކަން ބޮޑުވެގެންވާ ކަމެއް ސުވަރުގޭގައި އެބައިމީހުންނަށް ދެއްވިގެން ނުވެއެވެ. [އެހެން ރިވާޔަތެއްގައި ވެއެވެ.] އެއަށްފަހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް މި އާޔަތް ކިޔަވާ ވިދާޅުވިއެވެ. [لِلَّذِينَ أَحْسَنُوا الْحُسْنَى وَزِيَادَةٌ]މާނައީ: ހެޔޮ عمل ކުޅަމީހުންނަށް، އެންމެހެޔޮ ޖަޒާ ހުށްޓެވެ. (އެއީ ސުވަރުގެއެވެ.) އަދި އޭގެއިތުރަށްވެސް ހުށްޓެވެ. (އެއީ اللَّه ގެ ދީދާރުފުޅު ދެއްކެވުމެވެ.)

އަބޫހުރައިރާ رَضِيَ اللَّهُ عَنْهُ ވިދާޅުވިއެވެ. ބަޔަކުމީހުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުގައި ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. ތިމަން ބޭކަލުންނަށް ޤިޔާމަތްދުވަހު ތިމަންބޭކަލުން ހައްދަވާ ގެންގުޅުއްވާ އިލާހު ފެންނާނެ ހެއްޔެވެ؟ ފަހެ ރަސޫލުﷲ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. " هَلْ تُمَارُونَ فِي الْقَمَرِ لَيْلَةَ الْبَدْرِ لَيْسَ دُونَهُ سَحَابٌ ؟ ތިޔަބައިމީހުން 14 ވިލޭރޭގެ ހަނދު ނުފެނިގެން އެރޭ އުޅެން ޖެހޭ ހެއްޔެވެ؟ އެބޭކަލުން ދެންނެވިއެވެ. ނޫނެކެވެ. އޭ ﷲގެ ރަސޫލާއެވެ. ޙަދީޘްކުރެއްވިއެވެ. فَهَلْ تُمَارُونَ فِي الشَّمْسِ لَيْسَ دُونَهَا سَحَابٌ ؟ ފަހެ ތިޔަބައިމީހުން (ދުވާލުގެއިރު) އެއިރާއި ތިޔަބައިމީހުންނާ ދެމެދުގައި ވިލާގަނޑުތައް ނެތި ސާފުކޮށް އޮންނައިރު ނުފެނިގެން އުޅެން ޖެހޭ ހެއްޔެވެ؟ އެބޭކަލުން ދެންނެވިއެވެ. ނޫނެކެވެ. އޭ ﷲގެ ރަސޫލާއެވެ. ޙަދީޘްކުރެއްވިއެވެ. ފަހެ ހަމަކަށަވަރުން އެގޮތަށް ތިޔަބައިމީހުން އެއިލާހު ދެކޭނެއެވެ. رواه البيهقي

ލޮބުވެތި އަޚުންނޭވެ. ލޮބުވެތި އުޚްތުންނޭވެ. މިއީ ސުވަރުގޭގެ އެންމެ ބޮޑު ނިޢުމަތެވެ. ސުވަރުގޭގައި ﷲ ގެ ޛާތުފުޅު ދުށުމަށް އެދޭ ބަޔަކު ކަމުގައި ވާށެވެ. އަދި އެކަމަށްޓަކައި ސުވަރުގެ ޙާޞިލު ކުރުމަށްޓަކައި މަސައްކަތް ކުރާށެވެ.

ޞަޙީޙުލް ޖާމިޢުގައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ.

ﷲގެ ޙަޟްރަތުން ސުވަރުގެ ދެއްވުން އެދި މީހަކު 3 ފަހަރު ދަންނަވައިފިނަމަ، ސުވަރުގެ ދަންނަވާނެއެވެ.  اللَّهُمَّ أَدْخِلْهُ الجَنَّة  އޭ ހައްދަވައި ގެންގުޅުއްވާ އިލާހެވެ. އޭނާ ސުވަރުގެ ވައްދަވާނދޭވެ.

ﷲތަޢާލާ އެކަމުގެ ހެޔޮ ތައުފީޤް އަޅުގަނޑަށާއި ތިޔަ އެންމެ ބޭފުޅުންނަށް ދެއްވާށިއެވެ. އަދި އަޅުގަނޑުމެންނަށް ކުރެވޭ ކުދި ކުށްތަކުގެ ސަބަބުން، އަޅަމެންނަށް އެއިލާހުގެ ޛާތުފުޅު ފެނުމުން މަޙުރޫމް ނުކުރައްވަޥާށިއެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި