Noorul-islam.NET :: ފަތިސްނަމާދުގެ މުހިއްމުކަން

ފަތިސްނަމާދުގެ މުހިއްމުކަން
Category »  ދީނީ ލިޔުން

ތާރީޚް: 24 ސެޕްޓެމްބަރ 2011

ލިޔުއްވީ : ޢަބްދުލްހާދީ ޙުސައިން

އެންމެހައި ލޮބުވެތި އަޚުންނާއި އުޚުންތުންނޭވެ! މާތް ﷲ އަޅުގަނޑުމެން މުސްލިމުންގެ މައްޗަށް ރެއަކާއިދުވާލު ކުރުމަށް ފަރުޟު ކުރައްވާފައިވާ ފަސްނަމާދު ވާކަން އަޅުގަނޑުމެން އެންމެން ދަންނަމުއެވެ. އެހެންނަމަވެސް މި ނަމާދު ތަކުގެ ތެރެއިން ފަތިސްނަމާދަށް ފަރުވާކުޑަ ކުރެވުމަކީ އަޅުގަނޑުމެންގެތެރެއިން ވަރަށް ގިނަ މީހުންނަށް ދިމާވެފައިވާ ކަމެކެވެ. ފަތިސްނަމާދަކީ އެނަމާދުގެ މަތިވެރިކަން ބަޔާން ވެގެންވާ ނަމާދެކެވެ. އެ ނަމާދުގެ ނަމުން މާތް ﷲ ވަނީ ހުވައިގަންދެއްވާ ބަސް ވަޙީކުރައްވާފައެވެ. މާތްﷲ ވަޙީ ކުރައްވަނީ: وَالْفَجْرِ ﴿١وَلَيَالٍ عَشْرٍ ﴿٢ سورة الفجر މާނައީ: " ފަތިސް ގަންދެއްވަމެވެ. އަދި ދިހަ ރޭ ގަންދެއްވަމެވެ."

 

އަޅުގަނޑުމެން ފަތިސްނަމާދު ނުކޮށް ނިދުމުގެ ސަބަބުން ހެޔޮކަމުގެ ކިތައް ޘަވާބުތޯ ނަގާލެވެނީ؟ ނުވަތަ ކަންނެތްކަމާއި ކުޅިވަރުގެ މަޖަލުގައިތިބެ ފަތިސްނަމާދު އަޅައި ކިތައް އަޖުރުންތޯ މަޙުރޫމުވަނީ؟ ނިކަން ވިސްނަވާބައްލަވާ! އަޅުގަނޑުމެންގެ ނިދި ދޫކޮށްލުމަށްފަހު ފަތިސްނަމާދުގެ ބަންގިއަށް ހޭލައި މުއުމިނުތަކުންނާއެކު ފަތިސްނަމާދުގެ ޖަމާޢަތުގައި ބައިވެރި ވުމުގެ މަތިވެރިކަމާއެވެ. ރަސޫލާ ޞައްލަﷲ ޢަލަހި ވަސައްލަމަ ޙަދީސްކުރައްވަނީ: (مَنْ صَلَّى الْعِشَاءَ فِي جَمَاعَةٍ فَكَأَنَّمَا قَامَ نِصْفَ اللَّيْلِ وَمَنْ صَلَّى الصُّبْحَ فِي جَمَاعَةٍ فَكَأَنَّمَا صَلَّى اللَّيْلَ كُلَّهُ ) أخرجه مسلم. މާނައީ: " ޢިޝާނަމާދު ޖަމާޢަތުގައި ކޮށްފި މީހަކު ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައި އަޅުކަންކުރި ފަދައެވެ. އަދި ފަތިސްނަމާދު ޖަމާޢަތުގައި ކޮށްފި މީހަކު މުޅި ރޭގަނޑުގެ އަޅުކަންކުރިފަދައެވެ." މިފަދަ ނަޞީބަކުން އަޅުގަނޑުމެން އެއްކިބާ ވާނަމުހެއްޔެވެ؟ އަދިވެސް ވިސްނަވާލައްވާށެވެ. އަޅުގަނޑުމެން އުޅޭއުޅުމުގައި ރައްކާތެރިކަން ބޭނުންވެއެވެ. މިގޮތުން ޖައްބާރުވަންތަ ހުރިހާ ކަމަކަށް ކުޅަދުންވަންތަ އިލާހުގެ ރައްކާތެރިކަން ފިޔަވައި ދެން އިތުރު ރައްކާތެރިކަމަކުން މެނުވީ އަޅަމެން ސަލާމަތް ވާނެތޯއެވެ! އަޅުގަނޑުމެން ފަތިސްނަމާދު ކުރުމުން މާތްﷲގެ ރައްކާތެރިކަން އެބަލިބެއެވެ. ރަސޫލާ ޞައްލަﷲ ޢަލަހި ވަސައްލަމަ ޙަދީސްކުރެއްވިކަމަށް އަބޫ ޛައްރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ: (مَنْ صَلَّى الصُّبْحَ فَهُوَ فِي ذِمَّةِ اللَّهِ) رواه مسلم މާނައީ: " ފަތިސްނަމާދު ކޮށްފިމީހަކު އެވަނީ މާތްﷲ ގެ ރައްކާތެރިކަމުގެދަށުގައެވެ."

 

ލޮބުވެތި މުސްލިމު އަޚުންނާއި އުޚުތުންނޭވެ!

 

އަޅުގަނޑުމެންނީ ފަތިސް ނަމާދުގެ ބަންގި އިވުމާއެކު އިޖާބަދިނުމުގެ ގޮތުން އަމިއްލަ ގެއިން ނިކުމެ މާތްﷲ ގެ ގެކޮޅަށް ދާބަޔަކު ކަމުގައި ވާށެއެވެ. އަދި އެ ހަމަހިމޭން ވަގުތުގައި ދެއަތް އުފުލާ މާތްﷲ އަށް ދަންނަވާ މުއުމިނުންގެ ތެރޭގައިވާށެވެ. ތިމާގެ މުޅި ދުވަހުގެ ޕުލޭން ރާވާލާށެވެ. ފަތިސްނަމާދާއެކު ތިމާގެ ދުވަހުގެ އެޖެންޑާ ފަށާށެއެވެ. އަޅުގަނޑުމެންގެ މުޅި ހަޔާތް ވޭތުކުރަމުން މިދަނީ ވަކި މަންޒިލަކަށް ވާޞިލުވުމަށެވެ. އާދެ ސުވަރުގޭގެ މަތިވެރި ނިޢުމަތް މާތް ﷲ މިންވަރުކޮށްދޭވާތޯއެވެ! ފަތިސްނަމާދު ކުރާ މީހާ މި މަތިވެރިވެގެންވާ ސުވަރުގެއަށް ވަންނާނެ ޚަބަރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްވާފަވެއެވެ. އެކަލޭގެފާނު ޙަދީޘްކުރައްވަނީ: (مَنْ صَلَّى الْبَرْدَيْنِ دَخَلَ الْجَنَّةَ) متفق عليه މާނައީ: " އަލްބަރުދައިނި އަދާކޮށްފި މީހާ ސުވަރުގެ ވަދެއްޖެއެވެ." އާދެ! "އަލްބަރުދައިނި" އަކީ ފަތިސްނަމާދާއި ޢަޞްރު ނަމާދެވެ. މިވަރުގެ އުފާވެރި ކަމުގެ ޚަބަރު ދެއްވާފައި ވާއިރު އަޅުގަނޑުމެން ފަތިސްނަމާދާ މެދު ފަރުވާކުޑަ ކުރަނީ ކީއްވެތޯއެވެ؟ ދަންނައެވެ. ނަމާދުގެ މުހިއްމުކަން ހިތަށް އޭގެ ޙަޤީޤަތުގައި ނުވަންނަނީ އެވެ. އަޅުގަނޑުމެންނީ ފަތިސްނަމާދު އަޅައި މުނާފިޤުންގެ ސިފަ ލިބޭ ބަޔަކުކަމުގައި ނުވާށެވެ! ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވަނީ: (إنَّ أَثْقَلَ الصَّلَاةِ عَلَى الْمُنَافِقِينَ صَلَاةُ الْعِشَاءِ وَصَلَاةُ الْفَجْرِ وَلَوْ يَعْلَمُونَ مَا فِيهِمَا لَأَتَوْهُمَا وَلَوْ حَبْوًا) متفق عليه. މާނައި: "ހަމަކަށަވަރުން މުނާފިޤުންނަށް އެންމެ ބުރަ ނަމާދަކަށްވަނީ ޢިޝާނަމާދާއި ފަތިސްނަމާދެވެ. އެމީހުންނަށް މި ދެނަމާދުގައިވާ ހެޔޮކަށް އެނގިއްޖެނަމަ ފިރުކެމުންނަމަވެސް އެ ދެނަމާދަށް އައީހެވެ."

 

ފަތިސްނަމާދުގެ މަތިވެރިކަމާއި މުހިއްމުކަމަކީ މިފަދަ ލިޔުމަކުން އަމުނާލެވޭ ޖުމްލަތަކަކުން ފުއްދާލެވޭނެ ވާހަކައެއް ނޫނެވެ. އެއަށްވުރެ މާ މަތިވެރި މުހިއްމު ނަމާދެކެވެ. އަދި ކިއެއްތަ މާތްﷲ ފަރުޟު ކުރައްވާފައިވާ ހުރިހާ އަޅުކަންތަކަކީވެސް އޭގެ ޒާތުގައި މަތިވެރި އަދި އެ އަޅުކަންތައް ކުރާ ބަޔަކަށް މަތިވެރިކަން ލިއްބައިދޭ ކަންތައްތަކެކެވެ. މާތްﷲ އަޅުގަނޑުމެންނީ ފަރުޟު ފަސްނަމާދަށް ރައްކާތެރިވާ އަދި އެކަލާނގެއަށް ފުރިހަމައަށް ކިޔަމަން ގަންނަ ބަޔަކު ކަމުގައި ލައްވާށިއެވެ! އަދި އަޅުގަނޑުމެންނީ ފަތިސްނަމާދު ކުރުމުގެ ސަބަބުން ސުވަރުގެ ވަންނަ ބަޔަކު ކަމުގައި ލައްވާށިއެވެ! އާމިން.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި