Noorul-islam.NET :: ތިބާ އަހަރެންނަށް ބަލާލައިފިނަމަ...

ތިބާ އަހަރެންނަށް ބަލާލައިފިނަމަ...
Category »  މުޖުތަމަޢު

ތާރީޚް: 24 ސެޕްޓެމްބަރ 2011

ތަރުޖަމާ ކުރެއްވީ : މުޙައްމަދު އަނީލް (ނޫރުލްއިސްލާމްގެ އެޑިޓަރ)

 

ތިބާ އަހަރެންނަށް ބަލާލައިފިނަމަ، ތިބާއަށް ފެންނަނީ ކޮން މަންޒަރެއް ހެއްޔެވެ؟

އެމީހެއްގެ ޢަޤީދާއާހެދި، ހިފެހެއްޓިފައިވާ މީހެއް ހެއްޔެވެ؟ އެހެންމީހުންނާ އެއްގޮތަށް މިނިވަންކަން ލިބިގަންނަން މަސައްކަތް ނުކުރާ، ފަހަށް ޖެހިފައިވާ މީހަކު ހެއްޔެވެ؟

ތިބާ އަހަރެންނަށް ބަލާލައިފިނަމަ، ތިބާއަށް ފެންނަނީ ކޮން މަންޒަރެއް ހެއްޔެވެ؟

ފޫހި އަދި، ތިބާގެ ނަޒަރުގައި ކުރިނާރާ ހުރި މީހެއް ހެއްޔެވެ؟

އާއެކެވެ. އަހަރެން ބޭނުންވަނީ ތަފާތުވާށެވެ. އެހެންނަމަވެސް އަހަރެން ދެކޭ ގޮތުގައި އަހަރެންނަކީ ތިޔަފަދަ މީހެއް ނޫނެވެ. އަހަރެންގެ ޢަޤީދާގައި އަހަރެން ހިފަހައްޓަނީ ފުރިހަމަ ފަޚުރުވެރިކަމާއެކުގައެވެ. އަހަރެންގެ އިލާހަށް އަހަރެން އަޅުކަން ކުރަނީ ފުރިހަމަ ޔަޤީންކަމާއެކުގައެވެ. އަހަރެންގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ބަސްފުޅު ޤަބޫލުކުރަނީ ފުރިހަމަ އިތުބާރާއެކުގައެވެ.

ޙަޤީޤަތުގައި އަހަރެންނަކީ އަހަރެންގެ އިއްޒަތާއި އަބުރު ރައްކާތެރި ކުރާ މީހަކީމެވެ. ދުނިޔޭގެ ވަގުތީ އުފަލަށްޓަކައި އަހަރެންގެ ނަފްސު ވިއްކާލާ މީހަކަށް އަހަރެން ނުވަމެވެ.

އަހަރެންނަކީ ޢަމަލު ކުރުމަށްޓަކައި، އަހަރެންނަށް ލިބިފައިވާ ޢިލްމާމެދު ބޮޑާވެ އުޅޭ މީހަކަށް ނުވަމެވެ.

އަހަރެންނަކީ ތިބާގެ ނަޒަރުގައި ފަހަށް ޖެހިފައިވާ ކުރިނާރާ، ތަރައްޤީ ނުވާ މީހެކެވެ.

އެހެންނަމަވެސް އަހަރެން މި އަދާކުރަނީ އަހަރެންގެ އިސްލާމީ ވާޖިބުތަކެވެ.

 

 

[*]


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި