Noorul-islam.NET :: ރުޅި ގަދަވުމުގެ ސުންޕާކަން

ރުޅި ގަދަވުމުގެ ސުންޕާކަން
Category »  މުޖުތަމަޢު

ތާރީޚް: 22 ސެޕްޓެމްބަރ 2011

ލިޔުއްވީ : ފަޟީލަތުއްޝައިޚް ރަޒީން ޙުސްނީ

ރުޅި ހިފައްޓާމީހުންނަށް ސުވަރުގޭގެ އުފާވެރިކަން ވޭ:

 

وَسَارِعُوا إِلَى مَغْفِرَةٍ مِنْ رَبِّكُمْ وَجَنَّةٍ عَرْضُهَا السَّمَوَاتُ وَالْأَرْضُ أُعِدَّتْ لِلْمُتَّقِينَ -الَّذِينَ يُنْفِقُونَ فِي السَّرَّاءِ وَالضَّرَّاءِ وَالْكَاظِمِينَ الْغَيْظَ وَالْعَافِينَ عَنِ النَّاسِ وَاللَّهُ يُحِبُّ الْمُحْسِنِينَ (آل عمران133 - 134)

އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، تقوى ވެރިންނަށެވެ. އެއުރެންނަކީ، ތަނަވަސްކަމުގައްޔާއި، ދަތި حال ގައި، (މުދާ) ހޭދަކޮށް އުޅޭމީހުންނެވެ. އަދި، ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި، މީސްތަކުންނަށް މާފުކުރާ މީހުންނެވެ. އަދި إحسان ތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެއެވެ.

 

ރުޅިއަކީ ޝައިޠާނީ ކަމެއް:

 

قَالَ رَسُولُ اللَّهِ (صلى الله عليه و سلم) إِنَّ الْغَضَبَ مِنَ الشَّيْطَانِ، وَإِنَّ الشَّيْطَانَ خُلِقَ مِنَ النَّارِ، وَإِنَّمَا تُطْفَأُ النَّارُ بِالْمَاءِ، فَإِذَا غَضِبَ أَحَدُكُمْ فَلْيَتَوَضَّأ (رواه ابو داؤد)

ރަސޫލުﷲ (صلى الله عليه و سلم) ޙަދީޘު ކުރެއްވިއެވެ. ރުޅި ވަނީ ޝައިޠާނާގެ ފަރާތުންކަން ކަށަވަރެވެ. އަދި ޝައިޠާނާ ހެއްދެވިގެންވަނީ އަލިފާނުންނެވެ. އަދި އަލިފާން ނިއްވާލެވެނީ ފެނުންކަން ކަށަވަރެވެ. ތިޔަބައިމީހުންކުރެ މީހަކަށް ރުޅި އަތުވެއްޖެނަމަ ފަހެ ވުޟޫ ކުރާހުށިކަމެވެ.

 

މުއުމިން އަޅާގެ ރުޅި:

عمر بن الخطاب ( رضى الله عنه)ގެ ބަސްފުޅެއްގައި ވެއެވެ. މާތްﷲއަށް ބިރުވެތިވާ އަޅަކު އޭނާގެ މައްޗަށް ރުޅި އަކަށް ގަދަވިޔަ ނުދޭށެއެވެ. އަދި ތިމާގެ ހުރިހާ އެދުމެއްވެސް ފުރިހަމަކުރަން ނުމެއުޅޭނެއެވެ. ހަދާންކުރާށެވެ! ހަމަކަށަވަރުން މީސްތަކުންގެ ހިތްތަކުގައި ﷲގެ ބިރުވެތިކަން ވާނަމަ މީސްތަކުންގެފަރާތުން ތިޔަބައިމީހުންނަށް މިފެންނަ މަންޒަރުތައް ނުފެންނާނެތެވެ.

 

ابوذر الغفارى ( رضى الله عنه)ގެ އަރިހަށް އެކަލޭގެފާނުގެ އަޅު އެއްފައި ބިންދާލެވިފައިވާ ބަކަރިއެއް ގެނައެވެ. أبو ذر ގެފާނު ވިދާޅުވިއެވެ. "މިސޮރުގެ ފައި ބިންދާލީ ކާކުހޭ؟" އަޅުކަލޭގެ ދެންނެވިއެވެ. ތީގެ ފައި ބިންދާލީ އަޅުގަޑެވެ. އެއީ ކަލޭގެފާނު ކޯފާ އިސްކުރައްވާ މިންވަރު ބެލުމަށެވެ. أبو ذر ގެފާނު ވިދާޅުވިއެވެ. "އެންމެ ރަގަޅެވެ. ތިމަންކަލޭގެފާނު ރަޙުމާނުވަންތަ އިލާހުގެ ނުރުއްސެވުން ބޭނުމެ ނުވަމުއެވެ. ބޭނުންވަނީ ކަލެއަށް ތިކަމަށް ވަސްވާސްދިން ޝައިޠާނާ ރުޅިއަރުވާލުމަށެވެ." އަދި ވިދާލުވިއެވެ. "ދާށޭ! ﷲއަށްޓަކައި ކަލޭ މިނިވަންކުރައްވާފީމެވެ." (مختصر منهاج القاصدين)

 

 

ނޯޓް: މިއީ ފަޟީލަތުއްޝައިޚް ރަޒީން ޙުސްނީގެ ވެބްސައިޓުން ނަގާފައިވާ ލިޔުމެކެވެ.

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި