Noorul-islam.NET :: ތަނަވަސްވެގެންވާ ރަޙުމަތްފުޅު ހަނިކުރުމަށް ހެއްޔެވެ؟

ތަނަވަސްވެގެންވާ ރަޙުމަތްފުޅު ހަނިކުރުމަށް ހެއްޔެވެ؟
Category »  މުޖުތަމަޢު

ތާރީޚް: 21 ސެޕްޓެމްބަރ 2011

ލިޔުއްވީ : ނޫރުއްސަލާމް އަބޫބަކުރު (ނޫރުލްއިސްލާމްގެ އެޑިޓޯރިއަލް ބޯޑުގެ މެންބަރު)

ކާފަރުން ކުރެ މާތް ﷲގެ ރިސާލަތު އެބަޔަކާއި ހަމައަށް ނުފޯރާ މީހުންނަށް އެކަލާނގެ ޢަޒާބުނުދެއްވާނެކަން ވަނީ އަންގަވާފައެވެ. އަދި އެބަޔަކަށް ބުއްދިދެއްވާފައި ނުވާ މީހުންނާއި އޮޅިގެން ކަންތައްކުރެވޭ މީހުންނާއި ނިދާފައި ތިބޭ މީހުންނާއި މަޖުބޫރުވެފައިވާ މީހާއާއި ބުއްދިފުރިހަމަ ނުވާ ޅަކުދިންގެ ކިބައިން ދީނުގެ ތަކްލީފުވަނީ އުފުއްލަވާފައެވެ.

މީގެ އިތުރަށް ނަރަކައަށް ދާ މީހުން ކުރެ އެތައް ބަޔަކު ޝަފާޢަތުގެ ޒަރީޢާއިން ނަރަކައިން ސަލާމަތްކުރެވި ސުވަރުގެއަށް ވައްދަވާނެ ކަމާއި ނަރަކައިގައި ޢަޒާބު ލިބެން ވާވަރަށް ލިބިގެން ވެސް ބަޔަކު ސުވަރުގެ ވައްދަވާނެކަން ޙަދީޘް ބަސްފުޅުތަކުން އެނގެއެވެ. އަދި ތިލަފަތް ހަމަވެގެން ދެތަނުންކުރެ ތަނަކަށް ނުވަދެވޭ އަޢުރާފުގެ އަހުލުވެރިންވެސް ފަހުވަގުތުގައި ވައްދަވަނީ ސުވަރުގެއަށް ކަމަށް ވާރިދުވެފައިވެއެވެ. ނަމަވެސް ހެޔޮ ކަމަށް ޖަޒާ ލިބި ހަމަވެގެން ބަޔަކު ސުވަރުގެއިން ނެރެވި ނަރަކަށް އަށް ލެއްވޭ ވާހަކައެއް އައިސްފައެއް ނުވެއެވެ. އެހެން އެކަންވާނީ ސުވަރުގެ ވަދެވެނީ ތިމާގެ ޢަމަލުގެ ގިނަކަމުން ކަމަށްވެގެން ނަމަތާއެވެ. ﷲ މި ދުނިޔޭގައި ދެއްވި އެންމެ ނިޢުމަތެއްގެ ޝުކުރުވެސް އަދާވާވަރުގެ އަޅުކަމެއް ކުރެވުނީ ކޮން ޒަމާނަކު އުޅުއްވި ކޮން އަޅުވެރިއަކަށް ބާވައެވެ!

ހަމަ އެހެން މާތް ﷲ ގެ ތަނަވަސްވެގެންވާ ރަޙުމަތުގައި ފާފަވެރި މުސްލިމުން ނުހިމެނޭނެ ނަމަ، އަހަރެމެން އެކަކު ވެސް އެ ރަޙުމަތުގައި ހިމެނޭނެ ގޮތެއް އޮންނާނެބާވައެވެ؟ ފާފަ ނުކުރަނީ ކާކުހެއްޔެވެ؟

ޤުދުސިއްޔަ ޙަދީޘެއްގައި ވަނީ އެކަލާނގެ ކޯފާގެ މައްޗަށް އެކަލާނގެ ރަޙުމަތް އިސްވެގެންވާ ކަމުގައެވެ.

ކީރިތި ޤުރުއާނުގައި ވެސް ﷲ ގެ ކޯފާއާއި ޢަޒާބު އެއީ ﷲ ގެ ސިފަފުޅެއް ކަމަށް ނިސްބަތްކުރައްވާފައެއް ނުވެއެވެ. އޭގެ ބަދަލުގައި ހުރީ އެކަލާނގެ ޢަޒާބު ގަދަފަދަވާނެ ކަމުގައި އެންގެވުމާއެކު، ފުއްސެވުމާއި ރަޙުމަތް ސީދާ ޒާތުފުޅަށް ނިސްބަތްކުރައްވާ ތިމަން ރަސްކަލާނގެ އީ ޣަފޫރާއި ރަޙީމުކަމުގައި އަންގަވާފައެވެ.

އަދި އެތައް ޢިބާރާތަކުން ޙަދީޘް ފޮތްފޮތުގައި ރިވާކުރެވިފައިވާ ޙަދީޘްބަސްފުޅެއްގައި އޮވެއެވެ. ރަށްފުށު ހިސާބުން އައި މީހަކު "ތިމަންނާއަށާއި މުޙައްމަދުގެފާނަށް މެނުވީ އިބަރަސްކަލާނގެ ރަޙުމަތް ނުލައްވާފާނދޭވެ!" މިފަދައިން ދުޢާކުރި ހިނދު މާތް ނަބިއްޔާ އޭނާއާ މުޚާތަބުކުރައްވާ ޙަދީޘްކުރެއްވިއެވެ. "ފަހެ ތިބާ ތަނަވަސްވެގެންވާ އެއްޗެއް ހަނިކޮށްފީމުއެވެ."

އިންސާނާގެ ހުންނަ ދަހިކަމާއި އަމިއްލަ އެދުން އޭނާގެ ޠަބީޢަތުގައި ނެތް ނަމަވެސް، މާތް ﷲ  ރަޙުމަތް ތަނަވަސްވެގެންވާނެ މިންވަރު ޙަޤީޤަތުގައި ތަސައްވަރު ނުކުރެވޭނެއެވެ. ވުމާއެކު ދަހިކަމާއި އަމިއްލަ އެދުން ބޮޑު އިންސާނާ ގެ ހާލަތު އޮންނާނީ ހަމަ ހިތަށް އަރުވާލުމެވެ.

ކޮންމެއަކަސް ތަނަވަސްވެގެންވާ ރަޙުމަތުގެ ވެރިރަސްކަލާނގެ ބާވާލެއްވި ޝަރީޢަތަކީ ވެސް ރަޙުމަތެކެވެ. ނަމަވެސް އެދީން އުގެނުމުގައި ކަމެއްގެ ޙުކުމް ބަލާއިރު، އެމައުޟޫގައި އައިސްފައިވާ އެންމެހާ އާޔަތްތަކާއި ޙަދީޘްބަސްފުޅުތައް ދިރާސާކުރުމުގެ ފިޤުހީ ހަމަ ދޫކޮށްލެވޭ ނަމަ ޝަރީޢަތުގައި އެކުލެވިފައި ހުރި މާތް ﷲ ގެ ތަނަވަސްވެގެންވާ ރަޙުމަތް ވިސްނައެއް ނުގަނެވޭނެއެވެ. ޢާލަމްތަކަށް ރަޙުމަތެއް ކަމުގައި ފޮނުއްވި މާތް ނަބިއްޔާގެ ރަޙުމަތުގެ ރިސާލަތު ދެނެއެއް ނުގަނެވޭނެއެވެ.

މިދެންނެވި ފިޤުހީ އުސޫލު ދޫކޮށްލުމީ ތަނަވަސްވެގެންވާ ރަޙުމަތް ބަންދުކުރުމަށް ކުރެވޭ މަސައްކަތެއް ނޫންބާވައެވެ؟ އަދި މި މަސައްކަތުގައި މަޝްޣޫލުވެ އުޅޭ މީހުންގެ ފަރާތުން ފެންނަ އެންމެ ނޭދެވޭ ކަމަކީ، އެބައިމީހުންގެ ހަމައިން ބަލާއިރުވެސް ﷲ ގެ ރަޙުމަތުގައި މީހަކު ޝާމިލުވެދާނެ ފަދަ ގޮތެއް ބަޔާންވެފައި އޮންނަ ޙަދީޘެއް ނަމަ، އެ ޙަދީޘް ޝަރަޙަކުރުމުގައި އެހެރަ ގެންނަ ޝަރުތުތަކާއި ގޮއްޖެހުންތަކުގެ ގިނަކަމެވެ. އެހެން ޙުކުމްތައް ނެގުމުގައި އެމީހުންނަކީ އެގޮތަށް ޢަމަލުކުރާ ބަޔަކު ކަމުގައި ނުވާއިރުގައިވެސްމެއެވެ.

މާތް ﷲ ގެ ބަސްފުޅު ތެދެވެ.

ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ރަޙްމަތާއި ރިޒްޤުގެ ޚަޒާނާތައް މިލްކުވެއްޖެ ނަމަ (އެއިން) ހޭދަކުރުމުން ހުސްވެދާނޭ ކަމަށް ބިރުން (ހޭދަނުކޮށް) ހިފަހައްޓާނެއެވެ. އިންސާނާ ވަނީ ދަހިވެތި މީހަކުކަމުގައެވެ. ސޫރަތުލްއިސްރާއު 100-

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި