Noorul-islam.NET :: ބިންމަތީގައި ހިނގާ ހާދިސާތަކުގެ މައްޗަށް ފަލަކީ އަޙުވާލުން އިސްތިދުލާލު ކުރުމާ ބެހޭގޮތުން އައިސްފައިވާ ވާހަކަތައް ނަންގަތް ބާބު

ބިންމަތީގައި ހިނގާ ހާދިސާތަކުގެ މައްޗަށް ފަލަކީ އަޙުވާލުން އިސްތިދުލާލު ކުރުމާ ބެހޭގޮތުން އައިސްފައިވާ ވާހަކަތައް ނަންގަތް ބާބު
Category »  ދީނީ ލިޔުން

ތާރީޚް: 18 ސެޕްޓެމްބަރ 2011

ލިޔުއްވީ : ފަޟީލަތުއްޝައިޚް މުޙައްމަދު އިބްރާހީމް / ޅ. ނައިފަރު

الإمام البخاري -رحمه الله- އެކަލޭގެފާނުގެ "صحيح" ގައި قتادة -رحمه الله- ގެ މިބަސްފުޅު ރިވާކުރެއްވިއެވެ.

"خلق الله هذه النجوم لثلاث: زينةً للسماء ورجوما للشياطين وعلامات يهتدى بها فمن تأول فيها غير ذلك أخطأ وأضاع نصيبه وتكلف ما لا علم له به"

މާނައީ: "الله تعالى ތަރިތައް ހައްދަވާފައިވަނީ ތިން މަޤުޞަދަކަށްޓަކައެވެ. އުޑު ޒީނަތްތެރި ކުރެއްވުމަށާއި، ޝައިޠާނުން ރަޖަމުކުރެއްވުމަށާއި، (އެއްގަމުގަޔާއި، ކަނޑުގައި ދަތުރުކުރާ މީހުން) މަގު ހޯދާ ޢަލާމާތްތަކެއްގެ ގޮތުގައެވެ. ފަހެ، މިތިން މަޤްޞަދުފިޔަވާ އެތަރިތަކާ މެދު އެހެން ގޮތަކަށް ތައުވީލު ކޮށްފި މީހާ ކުށްކޮށްފިއެވެ. އަދި (ހުރިހާ ހެއުކަމަކުން) އޭނާގެ ޙިއްސާ އޭނާ ބަރުބާދު ކޮށްލައިފިއެވެ. އަދި އޭނާއަށް އެކަމުގައި އެއްވެސް ޢިލްމެއް ނުވާކަމެއްގެ ތަކުލީފު ލިބިގެން ފިއެވެ." اهـ.

އަދި  قتادة -رحمه الله- ހަނދުގެ މަންޒިލްތަކުގެ ޢިލްމު ހާސިލުކުރުމަށް ރުހިވަޑައިނުގަންނަވައެވެ. އަދި ابن عُيَيْنَة -رحمه الله- އެ ޢިލްމު ހާސިލުކުރުމުގެ ހުއްދައެއް ނުދެއްވައެވެ. (މިދެބޭކަލުންގެ ކިބައިން މިދެ قول ރިވާކުރެއްވީ حَرْبُ -رحمه الله- އެވެ.)

އަދި إمام أحمد بن حنبل އާއި إمام اسحاق بن راهويه ހަނދުގެ މަންޒިލްތަކުގެ ޢިލްމު ހާސިލުކުރުމަށް ހުއްދަ ދެއްވިއެވެ.

އަދި މާތްﷲ ރުއްސުންލެއްވި أبوموسى الأشعري ގެކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رسول الله صلّى الله عليه وسلّم ހަދީޘްފުޅު ކުރެއްވިއެވެ.

"ثَلاَثَةٌ لاَ يَدْخُلُونَ الجَنَّةَ: مُدْمِنُ الخَمْرِ، وَقَاطِعُ الرَّحِمِ، وَمُصَدِّقٌ بِالسِّحْرِ" (رواه أحمد وابن حبّان في صحيحه)

މާނައީ: "ތިންމީހަކު ސުވަރުގެ ނުވަންނާނެއެވެ. އެއީ (1) ރާބުއިން މަތީ ދެމިހުންނަމީހާ (2) ރަޙިމުގެ ގުޅުން ކަނޑާ މީހާ (3) ސިޙުރު ތެދުކޮށް ޤަބޫލު ކުރާމީހާއެވެ."

މިބާބުގައި އެކުލެވޭ މައްސަލަތައް:

* ތަރިތައް ހެއްދެވުމުގެ ޙިކުމަތް.

* އެ ޙިކުމަތް ފިޔަވައި އެހެން ގޮތަކަށް ވިސްނައިފި މީހާގެ މައްޗަށް ރައްދު.

* ހަނދުގެ މަންޒިލްތަކުގެ ޢިލްމު ހާސިލުކުރުމާއި މެދު ޢިލްމުވެރިންގެ މެދުގައިވާ އިޚްތިލާފު ބަޔާންވެގެންވުން.

* ސިޙުރަކީ ބާތިލުއެއްޗެއްކަން އެގިގެންވުމާ އެކުވެސް އެސިޙުރު ތެދުކޮށް ޤަބޫލުކުރާ މީހާގެ މައްޗަށްވާ ވަޢީދު.

 

ނޯޓް: މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު އިބްރާހީމް (ޅ.ނައިފަރު) ތަރުޖަމާ ކުރެއްވި ކިތާބުއްތައުޙީދުން ނެގިފައިވާ ލިޔުމެކެވެ. މިފޮތް ނޫރުލްއިސްލާމް ލައިބްރަރީއިން ހިލޭ ޑައުންލޯޑު ކުރެވޭނެއެވެ. 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި