Noorul-islam.NET :: މިއުޒިކާ އެކު ލަވަ ކިޔާ ލޮބުވެތި އުޚްތުންނާއި އަޚުންނަށް...

މިއުޒިކާ އެކު ލަވަ ކިޔާ ލޮބުވެތި އުޚްތުންނާއި އަޚުންނަށް...
Category »  ދީނީ ލިޔުން

ތާރީޚް: 17 ސެޕްޓެމްބަރ 2011

ލިޔުއްވީ : ޢަބްދުﷲ ޞިއްދީޤް (ނޫރުލް އިސްލާމްގެ ޑިޕިއުޓީ އެޑިޓަރ)

ދުނިޔެމަތީގެ ހޭދަ ކުރާ ކޮންމެ ހިނދުކޮޅަކީ ތިމާގެ ވެރި ރަސްކަލާނގެ ރުހިވޮޑިގަތުން ލިބިގަތުމަށް މަސައްކަތް ކުރުމަށްޓަކައި އޮތް ފުރުސަތެކެވެ. ވީމާ މި ފުރުސަތު ނަހަމަ ގޮތުގައި ބޭނުންކޮށް ތިމާގެ އުމުރުގެ އަގުހުރި ދުވަސްތަށް ނަގައި ނުލާށެވެ. ދުނިޔެމަތީގައި ތިމާ ކުރާ ކޮންމެ ކަމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގަތުމުގެ ބޭނުމުގައި ކުރާ ކަމެއްކަމުގައި ހަދަންވާނެއެވެ.

މީހުންގެ ފަރާތުން ދިމާވެދާނެ މަލާމާތަށާއި ނުރުހުމަށް ވުރެން ﷲ ތަޢާލާގެ ރުހިވޮޑިގަތުމާއި އެކަލާނގެ ސުވަރުގެއަށް ދަހިވެތިވެ އެކަލާނގެ އެ ނިޢްމަތްތައް ލިބިގަތުމަށް މަސައްކަތް ކުރަމާ ހިނގާށެވެ. ނިމުމެއް ނުވާ ޙަޔާތުގައި ތާ އަބަދު އެކަލާގެ ނިއުމަތުގައި، ތިބުމަށް މަސައްކަތް ކުރަމާ ހިނގާށެވެ. އެކަނލާގެ އަޒާބަށް ބިރުވެތިވުން އެއީ ބުއްދިވެރިންގެ ސިފައެކެވެ.

މިއުޒިކު ބޭނުން ކުރެވިފައިވާ ކޮންމެ އަޑަކީ ކަނޑައެޅިގެން އިސްލާމް ދީނުގައި ހުއްދަނޫން، ހަރާމް ކުރެވިގެންވާ އަޑުތަކެކެވެ.

ކީރިތި ޤުރުއާނުގެ އެތައް އާޔަތަކުން ލަވަޔާ މިއުޒިކް ޙަރާމް ކަމަށް ޢިލްމުވެރިން ދަލީލު ދައްކަވައެވެ. އެގޮތުން އެންމެ މަޝްހޫރު އާޔަތަކީ ލުޤްމާން ސޫރަތުގެ ހަވަނަ އާޔަތެވެ. ﷲ ވަޙީކުރައްވާފައިވަނީ: وَمِنَ النَّاسِ مَنْ يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَنْ سَبِيلِ اللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُواً أُولَئِكَ لَهُمْ عَذَابٌ مُهِينٌ [لقمان:6] މާނައީ " އަދި މީސްތަކުންގެ ތެރޭގައި ވިޔާނުދާ ވާހަކަތައް ގަނެ ފަތުރާބަޔަކުވެއެވެ. އެއީ އެއްވެސް ޢިލްމަކާއި ނުލައި މާތް ﷲގެ މަގުން މީސްތަކުން ދުރުކުރުމަށްޓަކައެވެ. އަބައިމީހުންނަށް ވޭންދެނިވި ޢަޛާބު ހުއްޓެވެ.

އަދި އިމާމް އިބްން ކަޘީރު ރަޙިމަހުﷲ މި އާޔަތުގެ ތަފްސީރުގައި ވިދާޅުވެފައިވެއެވެ. އިބްން މަސްޢޫދު ރަޟިޔަﷲ ޢަންހު މިއާޔަތާއި މެދުވިދާޅުވެއެވެ. ﷲ ގަންދީ ބުނަމެވެ. އެއީ ލަވައެވެ.

އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. ((وَاسْتَفْزِزْ مَنِ اسْتَطَعْتَ مِنْهُمْ بِصَوْتِكَ)) [الإسراء:64] މާނައީ " އަދި އެބައިމީހުންގެތެރެއިން، ކަލެއަށް (ޝައިޠާނާއަށް) ކުޅަދާނަވީބަޔަކު، ކަލޭގެ އަޑުން ބިރުގަންނަވާ ހެއްލުން ތެރިކުރާށެވެ! " ތަފްސީރު ޢިލްމުވެރިންގެތެރެއިން އިބްނު ކަޘީރާއި އިބްނު ޖަރީރް ރަޙިމަހުމުﷲ ފަދަބޭފުޅުން ވިދާޅުވަނީ އެތަނުގައި ޝައިޠާނާގެ އަޑޭ އެވާ ބަހުގެ މުރާދަކީ ލަވައެވެ. މިފަދަ އެތައް އާޔަތަކުން ޢިލްމުވެރިން އިސްތިދްލާލު ކުރައްވައެވެ.

އަދި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވާފައިވެއެވެ. ))ليكونن من أمتي أقوام يستحلون الحر والحرير والخمر والمعازف(( (رواه البخاري في صحيحه معلقاً بصيغة الجزم) މާނައީ: "ތިމަންކަލޭގެފާނުގެ އުއްމަތުގެތެރެއިން ބަޔަކުމީހުން އަންނާނެއެވެ. އެމީހުން ޒިނޭއާއި، ފަށުވިފޭރާމާއި (ފިރިހެނުންނަށް)، ރަލާއި، އަދި މިއުޒިކު ސާމާނު ހުއްދަކުރާނެއެވެ." މިޙަދީސްފުޅުގެ މާނަޔަށް ބަލައިލުމުން މިއުޒިކަކީ ޙަރާމް އެއްޗެއްކަން ވަރަށް ރީއްޗަށް ދޭހަވެއެވެ.

 

އަދިވެސް ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީސް ކުރައްވާފައިވެއެވެ. ((ليشربن ناس من أمتي الخمر يسمونها بغير اسمها، وتضرب على رؤوسهم المعازف والمغنيات، يخسف الله بهم الأرض، ويجعل منهم القردة والخنازير(( (صححه الألباني في غاية المرام))

މާނައީ: " ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންގެ ތެރެއިން ބަޔަކު ބަނގުރާ ބޯނެއެވެ. އެބައިމީހުން އޭގެ ނަން ނޫން އެހެން ނަމެއް އެއަށް ކިޔާނެއެވެ. އެބައިމީހުން ތިބޭ ތަންތަނުގައި މިއުޒިކް ސާމާނުތަކުން މިޔުޒިކު ކުޅެ، ލަވަކިޔާ އަންހެނުން ލަވަކިޔާނެއެވެ. ﷲ އެބައި މީހުން ބިމުގެ ޢަޑިއަށް ގަންބަވާނެތެވެ. އަދި އެބައި މީހުންގެތެރެއިން ރާމާމަކުނުތަކާއި އޫރުތައް ލައްވާނެއެވެ."

މިކަމުގައި އޮތް އެއްމެ ހެޔޮ ބަދަލަކީ، ނުވަތަ ލަވަޔާއި މިއުޒިކުގެ ބަދަލުގައި އަޑުއަހާ، ބައިވެރިވާން ވީ ކޮންކަމެއްގައިތޯ ފާހަގަ ކޮށްލާނަމެވެ. އެގޮތުން ބަލާއިރު ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ވަރަށް ފުރިހަމަ ބަދަލެއް އަޅުގަނޑުމެން މުސްލިމުން ނަށް ދެއްވާފައެވެ. ލަވަޔާ މިއުޒިކް އަޑުއަހާ ބައެއްގެ ޙުއްޖަތަކީ އެއީ ހިތްހަމަޖައްސާލަދީ ނަފުސަށް އަރާމު ގެނެސްދޭ ކަމެއްކަމަށްބުނުމެވެ. އަޅުގަނޑުމެން ހެއްދެވިފަރާތަށް އަޅުގަނޑުމެނަށް ހިތްހަމަ ޖެހުން ލިބޭނޭ ކަންތަކާ ގޮތްތައްވެސް މާމޮޅަށް ދެނެވޮޑިގަންނަވާނެއެވެ. އެކަލާނގެ ވަޙީކުރައްވާފައިވަނީ ((أَلا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ)) [الرعد:28] މާނައީ: "ދަންނާށެވެ. ހިތްތަކަށް ހަމަޖެހުންވަނީ ﷲ ހަނދުމަކުރުމުންނެވެ." އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((فَاذْكُرُونِي أَذْكُرْكُمْ)) [البقرة:152] މާނައީ: " ތިޔަބައިމީހުން ތިމަން ﷲގެ މަތިން ހަނދުމަކުރާށެވެ، އޭރަށް ތިމަން ﷲ ތިޔަބައިމީހުންގެ މަތިން ހަނދުމަކުރާހުށީމެވެ"

 

ވީމާ ﷲ ގެ މަތިން ހަނދުމަކުރުމަކީ މިއުޒިކުގެ ބަދަލުގައި އަޅުގަނޑުމެނަށް އޮތް އެންމެ ފުރިހަމަ ޙައްލެވެ. އެގޮތުން ފަސްވަގުތު ނަމާދުކުރުމަކީވެސް އެކަލާނގެ މަތިން ހަނދުމަ ކުރުމެވެ. އަދި ހެނދުނާ ހަވީރުގެ ޒިކުރުތަކާ ދުޢާތައްކިއުމަކީވެސް އެކަލާނގެ މަތިން ހަނދުމަ ކުރުމެވެ. ގިނަ ގިނައިން ކީރިތި ޤުރުއާން ކިޔެވުމާއި ދީނީ ފޮތްތައް ކިޔުމާއި ވައުޟުނަޞޭޙަތް އަޑުއެހުމަކީ ޝައިޠާނާގެ މަގުން ތިމާ އެއްކިބާ ކޮށްދީ ގަދަ ކީރިތިވަންތަ ، އަޅުގަނޑުމެންނަށް ހުރިހާ ނިޢުމަތެއްދެއްވަވާ ޚާލިޤުވަންތަ ޖައްބާރުވަންތަ ﷲ ގެ މަތިން ހަނދުމަކޮށްދޭނޭ ކަންތައްތައްކަން ޔަޤީނެވެ.

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި