Noorul-islam.NET :: ގޭތެރެ އިޞްލާޙް ކުރުމަށްޓަކައި ސާޅީސް ނަސޭހަތް
ގޭތެރެ އިޞްލާޙް ކުރުމަށްޓަކައި ސާޅީސް ނަސޭހަތް
Category »  މުޖުތަމަޢު

ތާރީޚް: 2 ސެޕްޓެމްބަރ 2011

ތަރުޖަމާ ކުރެއްވީ : ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބުނު ސަޢީދު ޤާސިމް

(މިއީ ސަޢުދިޢަރަބިޔާގެ މަޝްހޫރު ދާޢީއެއް ކަމުގައިވާ ފަޟީލަތުއްޝައިޚް މުޙަންމަދު ބުނު ޞާލިޙް އަލް މުނައްޖިދު حفظه الله  ލިޔުއްވާފައިވާ ފޮތެއްގެ އަލީގައި ލިޔެފައިވާ ލިޔުމެކެވެ.) 

     ޝައްކެއްނެއްގޮތުގައި ގެއަކީ މާތްﷲގެ ނިޢުމަތްތަކުގެ ތެރެއިން ބޮޑުވެގެންވާ ނިޢުމަތެކެވެ. އެކަލާނގެ އަންނަޙުލް ސޫރާތުގެ 80 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. "(( وَاللَّهُ جَعَلَ لَكُم مِّن بُيُوتِكُمْ سَكَنًا وَجَعَلَ لَكُم مِّن جُلُودِ الْأَنْعَامِ بُيُوتًا تَسْتَخِفُّونَهَا يَوْمَ ظَعْنِكُمْ وَيَوْمَ إِقَامَتِكُمْ ۙ وَمِنْ أَصْوَافِهَا وَأَوْبَارِهَا وَأَشْعَارِهَا أَثَاثًا وَمَتَاعًا إِلَىٰ حِينٍ))  النحل: ٨٠  "  މާނައީ " އަދި اللَّه ތިޔަބައިމީހުން ހިމޭންވެތިބޭ ތަންތަންކަމުގައި، ތިޔަބައިމީހުންނަށް،ތިޔަބައިމީހުންގެ ގެތައް ލެއްވިއެވެ. އަދި ތިޔަބައިމީހުންގެ ދަތުރުގެ ދުވަހުގައްޔާއި، ދަތުރުނުކޮށް قائم ވެތިބޭ ދުވަހުގައި، ގެންގުޅުމަށް ލުއި ގެތަކެއް، نعم ސޫފީގެ ހަމުން ތިޔަބައިމީހުންނަށްޓަކައި ލެއްވިއެވެ. އަދި އެތަކެތީގެ ކެހެރިންނާއި، އެތަކެތީގެ ލޯލިންނާއި، އެތަކެތީގެ އިސްތަށިން، ގެވެހިސާމާނާއި، ހިފައިގެންގުޅޭތަކެތި،ތިޔަބައިމީހުންނަށްޓަކައި، ވަކި މުއްދަތަކަށް ލެއްވިއެވެ."

            މި އާޔަތުގައި މާތްﷲ ހަދުމަ ކޮށްދެއްވާ ނިޢުމަތަކީ މީސްތަކުންގެ ހަމަހިމޭންކަމާއި ނިވައިކަމާއި ރައްކާތެރި ކަމަށްޓަކައި އެކަލާނގެ އަޅުތަކުންނަށް ގެތައް ލެއްވި ވާހަކައެވެ. ގެޔަކީ ބޮޑުވެގެންވާ ނިޢުމަތަކަށް ނުވާނަމަ މިނިޢުމަތުގެމަތިން މީސްތަކުންނަށް ހަދާން ކޮށްދެއްވުމުގެބޭނުމެއް ނެތެވެ. ނިކަން ވިސްނާބައްލަވާށެވެ. އަޅުގަނޑުމެންގެ ޙަޔާތާއި ދިރިއުޅޭގެޔާއި ގުޅިފައިވަނީ ކިހާބޮޑަކަށް ހެއްޔެވެ. އެތަނަކީ ކެއުމާއި ބުއިމާއި ނިދުމާއި އަރާމު ކުރުމުގެ މަރްކަޒް ނޫންތޯއެވެ. އަނބިންނާއި ދަރިންނާއެކު އުފާވެރި ވަގުތުތައް ހޭދަކުރެވޭ ބަގީޗާ ނޫންތޯއެވެ. ކޮންމެ މީހެއްގެވެސް އެމީހެއްގެ އެންމެ އަގުބޮޑު ތަކެތި ރައްކާތެރި ކުރެވިފައިވާ ސްޓޯރު ނޫންތޯއެވެ. އަންހެނާގެ އަބުރާއި ޢިއްޒަތާއި ޢިއްފަތްތެރިކަމާއި ލަދުވެތިކަން ސަލާމަތް ކޮށްދޭ ގަދަފަދަ ކިއްލާ ނޫންތޯއެވެ. މިދެއްނެވިފަދަ ބޯހިޔާ ކޮއްލާނޭ ތަނެއް ނެތް މީހުންނާމެދު ނިކަން ވިސްނާ ބައްލަވާށެވެ. މަގުތަކުގެ ދުވާރުމަތީގަޔާއި ވަގުތީ ޓެންޓް ތަކުގަޔާއި ގަސްގަހުގެ ދަށުގައި ނިދާލައިގެން އުޅެނީ މިދުނިޔޭގައި ކިތައް މީހުން ތޯއެވެ. މިކަންކަމާމެދު ފުންކޮށް ވިސްނާ ލައްވައިފިނަމަ ގެޔަކީ ކޮންފަދަ ބޮޑު ނިޢުމަތެއްކަން އެގިލައްވާނެއެވެ. ގޯތިގެދޮރުގެ ނިޢުމަތުން މަޙްރޫމްވުމުގެ ސަބަބުން ކަންބޮޑުވެ ހާސްވެފައިވާ ކިތައްމީހުން ދުނިޔޭގައި ވޭތޯއެވެ. މީހަކު ތިމަންނާ ދިރިއުޅޭ ވަކިތަނެއް ނުހުރެޔޭ ބައެއް ފަހަރު ނިދަނީ މިވެނި މީހެއްގެ ގޭގައޭ އަނެއްބައި ފަހަރު މިވެނި ގުދަނެއްގަޔޭ އަނެއްބައި ފަހަރު މަގުމަތީގައޭ ބުނާ މީހެއްގެ ޙާލަތުހުންނާގެ ގޮތާއިމެދު ނިކަން ވިސްނާ ފިކުރުކުރައްވާށެވެ.  މިބޮޑު ނިޢުމަތުން މަޙުރޫމް ވެގެންވާ މީހުންނަށް ކުރާނެ އަސަރާއި ލިބޭނެވޭން އިޙްސާސް ކުރެވޭނެއެވެ.

    ބަނުއްނަޟީރު ޤަބީލާގެ ޔަހޫދީން މާތްﷲ ގެ ނަބިއްޔާއަށް ޚަންދަޤު ހަނގުރާމައިގައި ޚިޔާނާތްތެރިވުމާ ގުޅިގެން މާތްﷲ އެބައި މީހުންގެ ކިބައިން ބަދަލު ހިތްޕެވުމުގެ ގޮތުން އެބައި މީހުންގެ ކިބައިން މިބޮޑު ވެގެންވާ ނިޢުމަތް އަނބުރާ ނެންގެވިއެވެ. އަދި އެބައިމީހުންގެ ގެތަކުން ފައްސާ ދުރަށް ލެވުނެވެ. މިކަން ބަޔާން ކުރައްވާ އަލްޙަޝްރު ސޫރަތުގެ ދެވަނަ އާޔަތުގައި އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. " ((هُوَ الَّذِي أَخْرَجَ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ مِن دِيَارِهِمْ لِأَوَّلِ الْحَشْرِ ۚ مَا ظَنَنتُمْ أَن يَخْرُجُوا ۖ وَظَنُّوا أَنَّهُم مَّانِعَتُهُمْ حُصُونُهُم مِّنَ اللَّهِ فَأَتَاهُمُ اللَّهُ مِنْ حَيْثُ لَمْ يَحْتَسِبُوا ۖ وَقَذَفَ فِي قُلُوبِهِمُ الرُّعْبَ ۚ يُخْرِبُونَ بُيُوتَهُم بِأَيْدِيهِمْ وَأَيْدِي الْمُؤْمِنِينَ فَاعْتَبِرُوا يَا أُولِي الْأَبْصَارِ))  الحشر: ٢  "   މާނައީ: " އެކަލާނގެއީ ފޮތުގެ أهلވެރިންކުރެ كافرވިމީހުން ފުރަތަމަ حشرގެ ދުވަހު، އެބައިމީހުންގެ ގެދޮރުން ނެރެލެއްވި ރަސްކަލާނގެއެވެ. އެބައިމީހުން ނުކުންނާނޭކަމަކަށް ތިޔަބައިމީހުން ހީއެއް ނުކުރަމުއެވެ. އަދި އެބައިމީހުން ހީކޮށްގެންތިބީ، އެބައިމީހުންގެ ކިއްލާތައް، اللَّهގެ ބާރުވެރިކަމުން އެބައިމީހުން ރައްކާތެރިކޮށްދޭނެ ކަމަށެވެ. ފަހެ، އެބައިމީހުންގެ ގާތަށް اللَّهގެ عقابއައީ، އެބައިމީހުން ހީވެސް ނުކުރާފަދައަކުންނެވެ. އަދި އެކަލާނގެ އެބައިމީހުންގެ ހިތްތަކަށް ބިރުވެރިކަން ވެއްދެވިއެވެ. އެބައިމީހުންގެ އަމިއްލަ އަތްތަކުން އެބައިމީހުންގެ ގެދޮރު ހަލާކު ކުރަމުން ދިޔައެވެ. އަދި مؤمنތަކުންގެ އަތްތަކުންވެސްމެއެވެ. އޭ ބުއްދީގެ أهلވެރިންނޭވެ! ފަހެ، ތިޔަބައިމީހުން عبرةލިބިގަންނާށެވެ."

      މުސްލިމަކު އޭނާގެ ގޭތެރެ އިޞްލާޙު ކުރަންޖެހޭ ސަބަބުތައް ވަރަށް ގިނައެވެ. އޭގެތެރެއިން މުހިންމު ބައެއް ސަބަބުތަކަށް ބަލާލާނަމެވެ.

ފުރަތަމަ ސަބަބަކީ : އަމިއްލަ ނަފުސާ އޭނާގެ އަހުލުވެރިން ނަރަކައިގެ އަލިފާނުން ސަލާމަތް ކުރަންޖެހޭތީއެވެ. އައްތަޙްރީމް ސޫރަތުގެ 6 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. "(( يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلَائِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ ))  التحريم: ٦ "   މާނައީ: " އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ نفسތަކާއި،ތިޔަބައިމީހުންގެ أهلވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ ملائكة ންވެއެވެ. اللَّه، އެބޭކަލުންނަށް ކުރައްވާ أمرއަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް أمر ކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ."

ދެވަނަ ސަބަބަކީ: ގޭގެ ވެރިފަރާތުގެ ބޮލުގައި އެޅިފައިވާ ޒިންމާގެ ބޮޑުކަމެވެ. އަދި ހިސާބު ބެއްލެބޭ ދުވަހުން މާތްﷲގެ ކުރިފުޅުމަތީގައި އޭނާ ޖަވާބުދާރީވާންޖެހޭތީއެވެ. ސަލާމާއި ޞަލަވާތްލެއްވި ނަބިއްޔާ ހަދީޘްފުޅު ކުރައްވާފައިވެއެވެ. " ހަމަކަށަވަރުން މާތްﷲ ކޮންމެ މަސްއޫލުވެރިޔަކާއި އެމީހަކު ޙަވާލުވި ކަމަކާމެދު ސުވާލު ކުރައްވާނެއެވެ. އޭނާ އެކަމަށް ރައްކާތެރިވޭތޯއެވެ. ނުވަތަ އެކަމަށް އިހުމާލް ވީތޯއެވެ. މިހެން ގޮސް ގޭގެ އަހުލުވެރިންނާ ބެހޭ ގޮތުންވެސް ފިރިމީހާ އާއި ސުވާލު ކުރެވޭނެއެވެ."  މި ޙަދީޘް ރިވާ ކުރެއްވީ އައްޠަބަރާނީ އެވެ.

ތިންވަނަ ސަބަބަކީ: ގެޔަކީ ރައްކާތެރިކަމާއި މީސްތަކުންގެ ނުބައިކަމުން ސަލާމަތްކަން ލިއްބައިދޭ އަދި ފިތުނައިގެ ވަގުތުގައި ޝަރުޢީ ގޮތުން އެނބުރި ދާންޖެހޭތަން ކަމުގައިވީކަމެވެ.

      ސަލާމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާ ޙަދީޘް ކުރައްވާފައިވެއެވެ." އެމީހެއްގެ ދޫ ކޮންޓްރޯލްކޮށް އޭނާގެ ގެޔަކީ އޭނާއަށް ތަނަވަސް ތަނެއްކަމުގައިދެކި އޭނާގެ ފާފަތަކުގެ މައްޗަށް ރޮއި ހަދާ މީހާއަށް އުފާވެރިކަން ހުއްޓެވެ." މި ޙަދީޘް ރިވާ ކުރެއްވީ އަލްއިމާމް އަޙްމަދެވެ. އިތުރު އެކަލޭގެފާނުގެ ބަސްފުޅެއްގައިވެއެވެ." سَلامَةُ الرَّجلِ في الفتنة أن يَلزمَ بيتَه " މާނައީ: " ފިތުނައިގެ ވަގުތުގައި މީހާގެ ސަލާމަތްކަން އޮތީ ގޭގައި މަޑުވެ އިނުމުގައެވެ. މި ޙަދީޘް ރިވާކުރެއްވީ އައްދައިލަމީ އެވެ. މި ނަބަވީ އިރުޝާދަށް ވިސްނާލާއިރު މުންކަރާތްތަކާއި ފާހިޝް ކަންތައްތައް އިތުރުވެ ފެތުރެމުންދާ ޒަމާނެއްގައިއެކަންކަމުންސަލާމަތްވުމަށްޓަކައި ގެއަކީ ވަރަށް މުހިންމު ރޯލެއް ކުޅޭ ތަނެއްކަން އެގެއެވެ.

ހަތަރުވަނަ ސަބަބަކީ: މީސްތަކުން ވަޒީފާގެ ވަގުތުތައް ފިޔަވާ ދެންހުރި ހުރިހާ ވަގުތެއްހެން ހޭދަކުރާ ތަނަކީ ގެކަމަށް ވާކަމެވެ. ޚާއްޞަ ގޮތެއްގައި ދުވާލުގެ ފުރަތަމަ ބަޔާއި ފަހުބައިގައި މީސްތަކުން އުޅެނީ ގޭގައެވެ. ވީމާ ގޭގައި ހޭދަވެގެން މިދާ ވަގުތުތަކަކީ މާތްﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުގައި ހޭދަވާ ވަގުތުތަކަކަށް ހަދަން ޖެހެއެވެ. އެހެންނޫނީ ވިއްޔާ އެ ވަގުތުތައް  ހޭދަވެގެންދާނީ ޙަރާމް ކަންތައްތަކުގަޔާއި ބޭކާރު ކަންތައްތަކުގައެވެ.

ފަސްވަނަ ސަބަބަކީ: ގޭތެރެ އިޞްލާޙު ކުރުމަށް ސަމާލުކަން ދިނުމަކީ އިސްލާމީ މުޖްތަމަޢުއެއް ބިނާކުރުމަށްއޮތް އެންމެ ބޮޑު ވަސީލަތް ކަމަށްވީކަމެވެ. ޝައްކެއްނެތްގޮތުގައި މުޖްތަމަޢުއެއް ބިނާވެގެންވަނީ ގެތަކަކުންނެވެ. އެގެތަކުގެ އަފުރާދުން ރަނގަޅުވެ ގެތައް އިޞްލާޙު ވެގެންދިއުމަކީ މުޅި މުޖްތަމަޢު އިޞްލާޙު ވުމެވެ. އަދި ހަމަ އެފަދައިން ގެތައް ފަސާދަވެގެން ދިއުމަކީ މުޖްތަމަޢު ފަސާދަވެގެން ދިއުމެވެ. ކޮންމެ ހެޔޮވިސްނޭ މީހަކުވެސް ހަމަހިމޭން އަމާން ރަނގަޅު މުޖްތަމަޢުއެއް ބޭނުންވާނެއެވެ. އެކަން ބޭނުންނަމަ ގެތައް އިޞްލާޙް ކުރުން މުހިންމު ނޫންތޯއެވެ.

ދެން މިހިސާބުން މި މަޒުމޫނުގެ 40 ނަސޭހަތަށް އެނބުރި ލަމާތޯއެވެ.

1-      ފުރަތަމަ ނަސޭހަތް: ރަނގަޅު އަނތްބަކު އިޚްތިޔާރުން.

     އަންނޫރު ސޫރަތުގެ 32 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. " ((وَأَنكِحُوا الْأَيَامَىٰ مِنكُمْ وَالصَّالِحِينَ مِنْ عِبَادِكُمْ وَإِمَائِكُمْ ۚ إِن يَكُونُوا فُقَرَاءَ يُغْنِهِمُ اللَّهُ مِن فَضْلِهِ ۗ وَاللَّهُ وَاسِعٌ عَلِيمٌ)) النور: ٣٢ " މާނައީ: " އަދި ތިޔަބައިމީހުންގެ ތެރެއިން މީހުނާ ނުއިނދެތިބޭ މީހުން، ތިޔަބައިމީހުން (މީހުނާ) ދެވާށެވެ! އަދި ތިޔަބައިމީހުންގެ ފިރިހެން އަޅުންނާއި، އަންހެން އަޅުންގެ ތެރެއިން ހެޔޮލަފާ މީހުންވެސްމެއެވެ. އެއުރެންނީ، فقير ން ކަމުގައިވާނަމަ، އެކަލާނގެ فضل ވަންތަކަމުން، އެކަލާނގެ އެއުރެން މުއްސަނދިކުރައްވައިފާނެތެވެ. اللَّهއީ،ތަނަވަސްވަންތަ، މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

 ( ނުނިމޭ )

 

ނޯޓް: މިއީ ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބުނު ސަޢީދު ޤާސިމްގެ ވެބްސައިޓުން ނަގާފައިވާ ލިޔުމެކެވެ.

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި