Noorul-islam.NET :: ޑެންގީހުން ހުއްޓުވޭނީ މަދިރިތައް މަރާލައިގެން، މީހުން މެރުން ހުއްޓުވޭނީ....




ޑެންގީހުން ހުއްޓުވޭނީ މަދިރިތައް މަރާލައިގެން، މީހުން މެރުން ހުއްޓުވޭނީ....
Category »  މުޖުތަމަޢު

ތާރީޚް: 29 ޖޫން 2011

ލިޔުއްވީ : ޢަބްދުﷲ ޞިއްދީޤް (ނޫރުލްއިސްލާމްގެ ޑިޕިޔުޓީ އެޑިޓަރ)

ބަލި ޖެހުމުގެ ކުރީން ބަލީން ރައްކާތެރިވުމަށް އިސްލާމް ދީން ބާރުއަޅައެވެ. ވީމާ ބަލި ޖެހުމަށް މެދުވެރި ވެދާނެ ސަބަބުތަކުން މުޖުތަމަޢު ދުރުކުރަން މަސައްކަތް ކުރުމަކީ އެމުޖުތަމަޢެއްގެ ޒިންމާއެއްކަމުގައި އެބަޔަކު ދެކެންވާނެއެވެ.

ވެލާކަހަނބު، ގެރިބަކަރި، ދޫނިސޫފާސޫފި، މަހާއި މިޔަރު ޙިމާޔަތް ކުރުމަށް އަޑުއުފުލަމުން މިއަދު "ޢިއްޒަތްތެރި" މަޖިލީހުންނާއި ތަފާތު ޖަމްޢިއްޔާޖަމާޢަތްތަކުން ދަނީ ފޯރިދީ އެކަމަށް ޢަޑު އުފުލަމުންނެވެ. އެހެންނަމަވެސް ހިތާމަޔަކީ ﷲ ތަޢާލާ ޙުރުމަތްތެރި ކޮށްފައި މިވާ އިންސާނުން، މަޢްޞޫމް ތުއްތު ކުދިން، ޢުމުރުން ދުވަސްވީ މީހުންނާއި ޒުވާނުން، ދޭސީންނާއި ބިދޭސީން، އެއްވެސް ރަޙުމެތް ހަމްދަރުދީއެއްނެތި މަރަމުން ކޮށަމުން ކަތިލަމުންދާއިރު އެކަމާ ދެކޮޅަށް އަޑު އުފުލާނެ ބަޔަކުނެތްކަމެވެ. އަދި މިކަމާ ދެކޮޅަށް ބަޔަކު އަޑު އުފުލައިފިނަމަ އެބަޔަކީ އެއީ "ހައްދު ފަހަނައަޅައި"ފައި ވާބަޔެއްކަމަށް ސިފަކުރުމަކީ މިއީ މާ ހިތާމަވެރި ކަމެކެވެ. މިކަމުގައި ހައްދުފަހަނައަޅައި ދިޔައީ، މީހުންމެރުމާއި ދެކޮޅަށް އަޑުއުފުލައި މަރަށްމަރު ހިފުމަށް ގޮވާލާ މީހުންތޯ، ނުވަތަ އެކަމަށް ގޮވާލާ މީހުންނާއި ދެކޮޅަށް އަޑު އުފުލާމީހުންތޯ ބައެއްގެ ހިތުގައި ސުވާލު އުފެދެމުންދާކަމީ ވަރަށްދެރަކަމެކެވެ. ޝައްކެއްނެތްގޮތުގައި ހައްދުފަހަނައަޅައި ދާބަޔަކަށް ވާނީ ﷲތަޢާލަގެ ޝަރީޢަތާއި ޚިލާފަށް އަޑުއުފުލާމީހުންކަމާ މެދު އެއްވެސް އޮޅުމެއްނެތެވެ. އެހެންނަމަވެސް މިކަމާ މެދު ޝައްކު އުފެދޭ މީހާ ނުވަތަ ޝައްކު އުފައްދާ މީހާގެ އިސްލާމްވަންތަ ކަމާމެދު ޝައްކު ކުރެވެއެވެ. މިއީ "ރައީސުމީހާ" އިން ފެށިގެންގޮސް "ފަގީރުމީހާ" އާ ހަމައަށްވެސް މިކަން އޮތްގޮތެވެ. އިންސާނުން ޙިމާޔަތް ކުރުމަށްޓަކައި ކަނޑައެޅިފައިވާ އަދަބު ދިނުމަކީ އެއީ ޙަކީމްވަންތަ ﷲ ތަޢާލާގެ މަތިވެރި ޝަރީޢަތުގައި ކަނޑައެޅި ބަޔާންވެގެންވާ ކަމެކެވެ. މީސްތަކުންގެ ސުލޫކާއި އެބައިމީހުންގެ އުޅުމާއިގުޅުން ބަހައްޓަން ޖެހޭގޮތް ބަޔާން ކުރެއްވިފައިވާ، އަދި މުޅި އިންސާނިއްޔަތުގެ ދުސްތޫރު ކަމުގައި ލެއްވުނު ކީރިތި ޤުރުއާނުން މިކަން ވަނީ ވަރަށް ޞަރީޙަކޮށް ބަޔާންކޮށް ދެއްވާފައެވެ. އެކަލާންގެ ވަޙީ ކުރެއްވިއެވެ. ((يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى ۖ الْحُرُّ بِالْحُرِّ وَالْعَبْدُ بِالْعَبْدِ وَالْأُنثَىٰ بِالْأُنثَىٰ ۚ فَمَنْ عُفِيَ لَهُ مِنْ أَخِيهِ شَيْءٌ فَاتِّبَاعٌ بِالْمَعْرُوفِ وَأَدَاءٌ إِلَيْهِ بِإِحْسَانٍ ۗ ذَٰلِكَ تَخْفِيفٌ مِّن رَّبِّكُمْ وَرَحْمَةٌ ۗ فَمَنِ اعْتَدَىٰ بَعْدَ ذَٰلِكَ فَلَهُ عَذَابٌ أَلِيمٌ ﴿١٧٨﴾ وَلَكُمْ فِي الْقِصَاصِ حَيَاةٌ يَا أُولِي الْأَلْبَابِ لَعَلَّكُمْ تَتَّقُونَ ﴿١٧٩﴾)) މާނައަކީ؛ " އޭ إيمان ވެއްޖެ މީސްތަކުންނޭވެ! قتل ކުރެވޭ މީހުންނާމެދު قصاص ހިފުން ތިޔަބައިމީހުންގެ މައްޗަށް فرض ކުރައްވައިފިއެވެ. މިނިވަނަކަށް މިނިވަނެކެވެ. އަޅަކަށް އަޅެކެވެ. އަންހެނަކަށް އަންހެނެކެވެ. ފަހެ، އެމީހާގެ (މަރުވި) أخ އާގެ ފަރާތުން قصاص ގެ ބައެއް މާފުކުރެވުނު މީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން ހެޔޮގޮތުގައި މަރުގެ ދިޔައަށް (ވާރުތަވެރިޔާ) އެދުން ހުށްޓެވެ. އަދި إحسان ތެރިކަމާއެކު މާފުކުރި ފަރާތަށް (މާފުކުރެވުނުމީހާ) އެދިޔަ އަދާކުރުން ހުށްޓެވެ. އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން (ތިޔަބައިމީހުންނަށް) ދެއްވި ލުޔެކެވެ. އަދި رحمة އެކެވެ. އެއަށްފަހު، ދެކޮޅުވެރިވެ عداوة ތެރިވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެމީހާއަށް ވޭންދެނިވި عذاب ހުށްޓެވެ. އަދި قصاص ހިފުމުގައި ތިޔަބައިމީހުންނަށް (ވަރަށްބޮޑު) ދިރުމެއްވެއެވެ. އޭ ބުއްދީގެ أهل ވެރިންނޭވެ! (އެއީ) ތިޔަބައިމީހުން تقوى ވެރިވުމަށްޓަކައެވެ."

މިވަރަށް އަދި މިހާ ހާމަކަން ބޮޑުކޮށް މިކަން ބަޔާންވެގެންވާއިރުގައިވެސް މިކަމުގެ ޙައްލުހޯދުމަށް މަޝްވަރާކުރަންޖެހޭތޯއެވެ. ކަމަކާމެދު ﷲއާއި ދެން އެކަލާނގެ ރަސުލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގޮތެއް ނިންމަވާފައި ވަނިކޮށް އެއަށްވުރެ ރަނގަޅުގޮތެއް އެކަމެއްގައި އޮންނާނެކަމަށް ހީކޮށް އެކަމެއް ގެނެސްގަންނަން ނުވަތަ ހޯދަން މަސައްކަތްކޮށް އެކަމަށް (އެ ޙުކުމަށް ) ބަދަލު ގެނެސްގަތުންވަނީ މަގުފުރެދިގެންވާ ކާފަރުންގެ ޢަމަލު ތަކުގެތެރެއިންނެވެ.

ޑެންގީހުން މައިތިރި ކުރުމަށްޓަކައި ކުއްލި ބައްދަލުވުންތައް ބާއްވައި މަދިރި ކޮންޓްރޯލްކުރަން މަޖިލީސްތަކުން ނިންމައި އެފަދަ ޕްރޮގްރާމްތައް ފެއްޓުމަށް ތައްޔާރުވަމުންދާއިރު ގާތިލުންދަނީ އެބައިމީހުން ބޭނުންވާ ނިކަމެތީންގެ ލޭބޮމުންނެވެ. މިކަމަށްއޮތް ހަމައެކަނި ހައްލަކީ ﷲގެ ޝަރީއަތް ތަންފީޒުކުރުމެވެ.

ބޭސްޖަހައިގެން މަދިރިމަރާށެވެ. ޑެންގީ ހުން ހުއްޓުވޭނީ އެއިރުންނެވެ. ގިސާސްހިފައިގެން އިންސާނިއްޔަތު ޙިމާޔަތް ކުރާށެވެ. މީހުން މެރުން ހުއްޓުވޭނީ އެއިރުންނެވެ. ޙަސްބުނަﷲ ވަ ނިޢްމަލް ވަކީލް.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި