Noorul-islam.NET :: ކުއްވެރިޔާ އަށް އަދަބުދިނުމަކީ އިންސާނީ ޙައްގަށް އަރައިގަތުންބާ!

ކުއްވެރިޔާ އަށް އަދަބުދިނުމަކީ އިންސާނީ ޙައްގަށް އަރައިގަތުންބާ!
Category »  މުޖުތަމަޢު

ތާރީޚް: 23 ޖޫން 2011

ލިޔުއްވީ : ޢަބްދުﷲ ޞިއްދީޤް (ނޫރުލްއިސްލާމްގެ ޑިޕިޔުޓީ އެޑިޓަރ)

ދުނިޔެއާއި ދުނިޔޭގައި ވާ ކޮންމެ އެއްޗަކީ ވަކި ފަރާތަކަށް މިލްކުވެ ވޮޑިގެންވާ އެއްޗެތިކަމާމެދު ޝައްކެއްނެތެވެ. ވީމާ މިތަކެތީގެ ގޮތާ ބާވަތާ އަދި މިތަކެއްޗަށް ބޭނުންވާނެ ކާނާގެ "ބްރޭންޑާއި" ފެނުގެ "ބްރޭންޑާއި" މިކަންކަން މޮޅަށް ދެނެވޮޑިގަންނަވާނީ ހަމަ އެތަކެތީގެ މިލްކުވެރި ފަރާތަށެވެ. އާދެ އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެވެ.

ބޮކި އުފެއްދި މީހާ ބޮކި ދިއްލާފައި ބޭއްވޭނީ 60 ގަޑި އިރަށޭ ބުނުމުން އެއާދެކޮޅުހަދާ އެއްވެސް މީހަކު ދުނިޔެއަށް އުފަން ނުވެއެވެ. އަދި ހަމަ މިހެންމެ ބޮކި މިވެނި ގޮތަކަށް ބޭނުން ކޮށްފިނަމަ ބޮކީގެ އުމުރު ކުރުވާނޭ، އެބޮކި އުފެއްދި މީހާ ބުނުމުންވެސް އޭގައި މައްސަލަ ހުރިކަމަކަށް އެއްވެސް "މަޖިލީހަކުން" އަދި އެއްވެސް "ރިޕޮރޗުއަރަކު" ވެސް އަދި އެއްވެސް އިންސާނަކުވެސް ނުދެކެއެވެ.

އެހެންނަމަވެސް މިކާއިނާތުގެ ވެރި ﷲ ތަޢާލާ، އަދި މި ބޮތްކާއި މި ބޮކި އުފެއްދި މީހާގެ ޚާލިޤު ވަކި ގޮތަކަށް ކަމެއް ނިންމަވައިފިނަމަ އެކަމާ މެދު މީސްތަކުންގެ ހިތުގައި ވަހުމާއި ޝައްކު އުފެދެން ފަށާކަމީ ހައިރާންވާފަދަ ކަމެކެވެ. ވަށައިގެން މިވާ ކޮންމެ އެއްޗަކީ ﷲ ތަޢާލާގެ ފުރިހަމަބާރުގެ ދަށުގައިވާ އެކަލާނގެ އުފެއްދުން ކަމާ މެދު ވެސް މިފަދަމީހުން ޝައްކު ކުރަނީބާވައެވެ!!

އިންސާނުންގެ ދީނާއި، އެމީހުންގެ ނަފްސާއި، އަދި އިންސާނުންގެ ނަސްލާއި،  އެމީހުންގެ މުދަލާއި ބުއްދި ސަލާމަތް ކުރުމަށްޓަކައި ފުރިހަމަ އިންސާނީ ޙައްގުގެ ދުސްތޫރެއް ވާކަމާމެދު ޝައްކެއްނެތެވެ. އިސްވެދިޔަ ކަންކަން ޙިމާޔަތް ކުރުމަށްޓަކައި ﷲ ސުބުޙާނަހޫ ވަތަޢާލާގެ މަތިވެރި މި ޝަރީޢަތް ފުދޭނެ ކަމާމެދަކުވެސް ދެބަސްވުމެއްނެތެވެ. ނިހާޔަތަށް އުނިކަން ހުރި "އަލިފުދާލު" ގެ މާކުރިންވެސް މުސްލިމުންގެ ދުސްތޫރު ވަނީ އިންސާނިއްޔަތަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމައަށް ދެނެގަނެ އެކަން ޙިމާޔަތް ކޮށްފައެވެ. ބަޔަކު އިތުރަށް ކުރާނެ ފަރުވާއެއް، ލާނެ ބޭހެއް ނެތެވެ.

މިއަދުގެ ދުނިޔޭގައި " އިންސާނީ ޙައްގޭ" ކިޔައިގެން އިސްލާމީ ޝަރީޢަތާއި ޚިލާފަށް، އަމިއްލައަށް ކޮށައި މަށައިގެން، ގަވާއިދުތަކަކާއި ގާނޫނުތަކެއް  ހަދައިގެން އުޅޭ ކޮންމެމީހަކީ އެމީހެއް ޢަގީދާއާއި އިސްލާމްކަން މުރާޖަޢާކުރަން ޖެހޭ މީހެކެވެ. މިހެނީ މި ބައި މީހުން މަސައްކަތް ކުރަމުން މިއަދު އެއަންނަނީ ﷲ ތަޢާލާގެ ގާނޫނު މުގުރާލުމަށްޓަކައިކަން އެމީހުންގެ ޢަމަލާއި ބަހުން ހެކި ދެއެވެ.

މިބައިމީހުން މިއަދު ގޮވަނީ، ޙިކުމަތްތެރި ﷲތަޢާލާގެ ޙުކުމް ތަކަކީ އިންސާނިއްޔަތާއި ޚިލާފު ޙުކުމްތަކެއްކަމުގައެވެ. މިކަން މިމީހުންގެ ދައުވާގެ ދޮގުކަމުގެ ހެއްކަކަށް ނުފުދޭތޯއެވެ؟ ދީން ރައްކާތެރި ކުރުމަށް ޓަކައި މުރުތައްދުވާ މީހާގެ ޙުކުމަކީ މެރުން ކަމާމެދު މިމީހުން ދެކޮޅު ހަދައެވެ. އަދި ކަރާމާތްތެރި ކުރެވިގެންވާ ނަފްސު ޙިމާޔަތްކުރުމަށްޓަކައި ކުށެއްނެތް "މުސްލިމުމީހާ" މަރާލާ ޤާތިލަށް މަރުގެ އަދަބު ދިނުމާއި މެދު މިމީހުން އިންކާރު ނުކުރޭތޯއެވެ. އިންސާނީ ދަރިފަސްކޮޅާއި ނަސްލު ރައްކާތެރި ކުރުމަށްޓަކައި ޒިނޭގެ "ޙައްދު" ގާއިމު ކުރުމަށް މިމީހުން ދެކޮޅުހަދަނީ އިންތިހާއަށެވެ. މިމީހުންގެ ވަޙުށީ އެދުންތަށް ފުއްދުމުގެ ނާއިންސާފީ ބޭނުމުގައި ނޫންތޯއެވެ؟ ދީނުގައިވާ ޙިކުމަތްތެރި ޙުކުމްތަކުގެ ތެރެއިން ޙަލާލު ގޮތުގައި "މުސްލިމުމީހާ" ހޯދާފައި ހުންނަ މުދާކޮޅު ފޭރި، ވައްކަން ކުރާމީހާގެ އަތް ކެނޑުމަށް  "ގިނިދުށް މީހާ ރަތްމަލަށް ބިރު ގަންނަހެން" ބިރުގަނެ، އިންސާނީ ޙައްގޭ މިކިޔާ މީހުން މިކަމަށް އިންކާރު ކުރަނީ ކީއްވެގެންތޯ ހެޔޮ ބުއްދިއަކުން ވިސްނާލަމާތޯއެވެ! އާދަމުގެ ދަރީންގެ ބުއްދި އަށް ލިބޭނެކަން ޔަގީންވާ ގެއްލުންތަކުން ސަލާމަތްކުރުމަށްޓަކައި އޫރުމަހާއި ބަނގުރާ ހުއްދަނޫންކަމަށް އިސްލާމްދީން ގޮވަމުންދާއިރު މިމީހުން އެ ވިއްކައި އަދި އޭގެއިތުރަށް އެޢާންމު ކުރުމަށް ކިހާ މަސައްކަތެއް އެބަކުރޭތޯއެވެ. ފަހެ ދެން އޮންނާނީ ކޮން އިންސާނީ ޙައްގެއް ތޯއެވެ؟

ޖަނަވާރުންގެ ޙައްގެއްވެސް މިއަދު ނެތް މިދިވެހި މުޖުތަމަޢުގެ ބައެއް މީހުން އިންސާނީ ޙައްގުތަށް ރައްކާތެރި ކުރާނަމޭ، އެކަމަށް މަސައްކަތް ކުރާނަމޭ ކިޔައިގެން "އޮންލައިން" ނޫސް، މަޖައްލާ ތަކުގައި މިކުރާ ދޮގު ދަޢުވާ އިސްވެދިޔަ ނުކުތާތަކަށް ނަޒަރު ހިންގާލުމުން ހަމަބުއްދި ހުރި ކޮންމެ މުސްލިމަކަށް ތަޞައްވަރު ކުރެވޭނެއެވެ. ބަޔަކު ގަރާރަކުން ފާހަނގަކޮށް ފާސްނުކުރި ކަމުގައި ވިޔަސް، ދިވެހި މުޖުތަމަޢަށް އަލިވިލޭ ކޮންމެ ދުވަހަކީ އިންސާނިއްޔަތާއި ޚިލާފު އެތައް ޢަމަލެއް  ފެންމަތިވެ ތަފާތު "ގިޔަރު" ތަކުގައި ބަލަންޖެހޭ ދުވަސްތަކެކެވެ. އެހެންނަމަވެސް ހިތާމަޔަކީ ދެ "ގިޔަރު" ކުރިޔަށް އަނެއް ތިން "ގިޔަރު" ފަހަތަށް ލެވޭކަމެވެ. ވީމާ މިފަދަ ކަންކަމުގައި ވަކާލާތު ކުރަން ޖެހެނީ ވަކި ހައިސިއްޔަތެއް އޮވެގެން ކަމަށް ދުށުމަކީ، މިއަދު ދިވެހި މުޖުތަމަޢު ވެއްޓިފައި މިއޮތް ދަށު ދަރަޖައަށް ދިޔުމުގެ ސަބަބު ތަކުގެ ތެރެއިން މައިގަނޑު ސަބަބެވެ. މިއަނދަވަޅުން ދިވެހި ގައުމު ސަލާމަތްކުރުމަށްޓަކައި، މިކަމުގެ ޙައްލު އޮތީ ކީރިތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް، ﷲ ގެ ޙަޟުރަތުން ގެންނެވި މަތިވެރި ޝަރީޢަތުގައޭ ބަޔާންކޮށް، ފަޟީލަތުއްޝައިޚް އިލްޔާސް ޙުސޭން  حفظه الله އާއި ފަޟީލަތުއްޝައިޚް އިބުރާހިމް ފަރީދު حفظه الله ފަދަ ބޭބޭފުޅުން ބަޔާންކޮށްދެއްވުމުން އެއީ ޓެރަރިސްޓުންކަމުގައި "ޓެރަރިސްޓް" ގައުމުތަކުގެ ފަތްފުށް ތަކުގައި އެފަދަ ބޭބޭފުޅުންގެ ނަން ނޯޓްކުރުވައި ހެދުމަކީ އިންސާނީ ޙައްގަށް މިމީސްމީހުން މަސައްކަތް ނުކުރާކަމުގެ އިތުރު އަލިގަދަ ހެއްކެއްކަމުގައި ދިވެހި ދަރިން ބަލައިގަންނަން ނުވޭތޯއެވެ؟

 

ޔަހޫދީންނާއި ނަޞާރާއިން މުސްލިމުން ފޮތިފޮތްޗަށް ކޮށާ ހިމުންކުރަމުންދާއިރު މިކަމަކީ ލާއިންސާނީ ޢަމަލެއްކަމަށް، "ހައްގުތައް" ހިމާޔަތްކުރާ ޖަމްޢިއްޔާތަކާއި އެސޯސިއޭޝަންތަކުން ނުދުށުމަކީ ހަމަ ހައިރާން ވާވަރުގެ ކަމެއް ނޫންތޯއެވެ؟ މުސްލިމުންގެ ތިންވަނައަށް އެންމެ މާތް މިސްކިތް ކޮޅު "މަސްޖިދުލް އަޤްޞާ" ހުރި ބިމަކީ ތިމަނަމެންގެ ހައްގެކޭ ކިޔަކިގެން އެތަނުގެ ވަޒަންވެރި މުސްލިމުން ކަތިލަމުން ޔަހޫދީން ދާއިރު މިކަމަކީ އެއްވެސް ބަޔަކު މިއަދު އިންސާނިއްޔަތާއި ޚިލާފު ކަމެއްކަމުގައި ދެކޭ ޢަމަލަކަށް ނުވުމަކީ ކިހާ ބޭއިންސާފުވެރި ކަމެއްތޯއެވެ؟ ޔަހޫދީން ފަލަޞްޠީނުގެ ބިމަށް އަނިޔާވެރިކަމާއެކު އައިސް ތިބިތިބުމަކީ، އެއީ ޓެރަރިޒަމަކަށްވެސް ނުވިއެވެ. ދެން ފަހެ މިކަން މިވީ "ޓުއަރިޒަމް" އަކަށްބާއޭ ހިތަށްއަރައެވެ. އަޅުގަޑުމެން މިހުރިހާކަމެއްގެ ޝަކުވާ ﷲގެ ޙަޟުރަތުގައި ދަންނަވަމެވެ. ޙަސްބުނަﷲ ވަ ނިޢުމަލްވަކީލް.

ވީމާ އިންސާނީ ޙަޢްގައް މަސަކަތް ކުރުމުގައި އިސްލާމީ ޝަރީޢަތާއި ޚިލާފުވުމުގެ އިތުރަށް އެކަމުގެ އިސްފަރާތަކީ ޔަހޫދީންނާއި ނަޞާރާއިން ކަމުގައި ބަލައި ގަތުމަކީ އެ ޙައްޤުތަކާއި ޚިލާފަށް އެޅޭ ފިޔަވަޅެއްކަމުގައި ބަލައިގަންނާށެވެ. ފަހަރެއްގައިވެސް ދީނުގައިވާ ޙުކުމްތަކާއި އަދަބުތަކަކީ ޙިކުމަތްތެރި ރޭވުމެއް ނެތި ކަނޑައެޅިފައިވާ ކަންކަންކަމުގައި ނުދެކޭށެވެ. އަދަބު ދިނުމާއި އަދަބުވެރި ކުރުވުމަކީ އިންސާނުންގެ ޙައްގުގައި ކުރެވޭ އަގުހުރި މަސައްކަތެއްކަމުގައި ދެކޭށެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި