Noorul-islam.NET :: " ޗައިލްޑް އެބިއުޒް " ސަމާލުވަމާ !!!




" ޗައިލްޑް އެބިއުޒް " ސަމާލުވަމާ !!!
Category »  މުޖުތަމަޢު

ތާރީޚް: 18 ޖޫން 2011

ލިޔުއްވީ : ޢަބްދުﷲ ޞިއްދީޤް (ނޫރުލްއިސްލާމްގެ ޑިޕިޔުޓީ އެޑިޓަރ)

މިއަދު ދިވެހި މުޖުތަމައުގައި ހިނގާ އެންމެ ފާޙިޝް ޢަމަލު ތަކުގެ ތެރެއިން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ނިހާޔަތަށް ހިތާމަހުރި، އަދި މުޅި އިންސާނިއްޔަތަށް އޭގެ ގެއްލުން ކުރާނެ، ނޭދެވޭ ފާޙިޝް ޢަމަލެކެވެ. ވީމާ މިކަމަށް ޓަކައި ކުދިބޮޑު އެންމެން، ރައީސުންނާއި ވަޒީރުން، މައިންނާއި ބަފައިން، މުދައްރިސުންނާއި ޓީޗަރުން، ފިރހެނުންނާއި އަންހެނުން އަދި މުސްތަގިއްލު މުއައްސަސާތަކާއި އެނޫން އިދާރާތައްވެއް މިކަމަށް ފިކުރާ ބަހައްޓަން، އިސްލާމީ ނަޒަރިއްޔާގެ ތެރެއިން އިސްތިސްނާ ނުވާގޮތަށް، މުޅި ދިރިއުޅުމުގެ ދުސްތޫރީ ގަވާއިދުންވެސް  ލާޒިމު ކުރެއެވެ. މިހެނީ މި އަނިޔާވެރި ޢަމަލަކީ، އެކަންކަން ޙިމާޔަތްކޮށް ރައްކާތެރި ކުރުމަށްޓަކައި  މުޅި އިސްލާމީ ޝަރީޢަތް ބާވައިލެއްވުނު ކަންކަމުގެ ތެރެއިން އިންސާނީ ނަސްލާއި ނަފްސު ޙިމާޔަތް ކުރުމުގެ މަތިވެރި އިންސާނީ ޙައްޤާއި ޚިލާފު ނޭއްގާނީ ޢަމަލެކެވެ. ވީމާ މިޢަމަލު ހިންގާ ފަރާތްތަކަށް އެކަށީގެންވާ އަދަބު ދެވިގެން މެނުވީ މިކަމަކަށް ޙައްލެއް ނައަންނާނެއެވެ.

 

މިކަމަށްޓަކައި ހައްލު ހޯދުމަށް ރުޖޫޢަވާންވީ އިންސާނުން ނެތުމުގެ ތެރެއިން ވުޖޫދަށް ގެންނެވި ﷲތަޢާލާގެ މަތިވެރި ޝަރީއަތަށެވެ. މީގެ ޙައްލު އޮތީ "އިސްލާމުންގެ ގާނޫނު އަސާސީ، ކީރިތި ޤުރުއާނުގައެވެ." މިކުދިންގެ ޙައްގުގައި މަސައްކަތް އެންމެ ކުރީއްސުރެން ކުރަމުން އައީ މި މަތިވެރި ޝަރީޢަތެވެ. މިކަމުގެ ޙައްލު ހޯދަން މަޝްވަރާ ކުރުމުގެ ދޮގު ދަޢުވާގައި، ދުވަސްތައް ފާއިތު ކުރަމުންގޮސް މުޖުތަމަޢު ފަނާކުރުމެއް ނެތެވެ.

 

ކުދިންގެ ތަރުބިއްޔަތާއި ގޭތެރޭގެ މާޙައުލު އިސްލާމީ ތަރަހައިގެ ތެރެއަށް ފެއްތުމަކީ މިކަމުގެ އެންމެ ފުރަތަމަ ފިޔަވައްސެވެ. ކުދިންނަށް މިކަމުގެ އުނދަގޫ އެންމެ ފުރަތަމަ ފޯރާކަމަށް ދިރާސާތަކުން ދައްކަނީ، ކޮންމެވެސް ހިސާބަކުން ކުއްޖާގެ ގާތްތިމާގެ މީހެއްގެ ފަރާތުންނެވެ. މީގެ އިތުރުން "މަންމި" ގެ ފްރެންޑުން، ނުވަތަ "ޑެޑީ" ގެ ފްރެންޑުން، ނުވަތަ ދައްތަ މެންނާއި ބޭބެ މެންގެ ފްރެންޑުންގެ ފަރާތުންވެސް މި މަޢްޞޫމު ކުދިންނަށް މި އުނދަގޫ ފޯރައެވެ. މިކަމަކީ މިއީ ދިވެހިގައުމުގެ އިތުރުން ހުޅަނގުގެ ގައުމުތަކުގައި، ޚާއްސަކޮއް މުސްލިމް ނޫން މުޖުތަމަޢު ތަކުގައި ވަރަށް ގިނައިން ހިނގާ ހުތުރުކަން ބޮޑު ޢަމަލެކެވެ. އިސްވެ ބަޔާންކުރެވުނު ފަދައިން އިސްލާމީ އުސޫލު އެއާއިލާތަކުގައި ނޮއޮންނަ އާއިލާތައް، މި ވަޙްޝީ ބައިގަނޑުގެ ޝިކާރައަކަށް ވާ ފަހަރު ފަހަރު ވަރަށް ގިނައެވެ. ސަބަބަކީ މިފަދަ ގެތަކަށް ވަނުމުގައި އިޒުނައެއް ހުއްދައެއް ހޯދަން ޖެހޭކަމާމެދު މިބައިމީހުން ވަނީ ޢާފިލުވެފައެވެ. ގެތަކަށް ވަނުމުގައި މަޙްރަމެއް އެހެން މީހެއް، ވަކި ތަފާތެއް ނޮއޮންނާތީއެވެ. ވީމާ މިކަމުގައި ދަރީންނަށް އިރުޝާދު ދޭން އެބަޖެހެއެވެ.

 

މިމަޢުލޫމާތު އެދަރީންނަށް ދޭނެ ވަކި ޚާއްޞަ އުމުރެއް ނެތްކަމުގައި މިކަމުގެ މުސްތަޝާރުން ދެކެއެވެ.  "ޗައިލްޑް އެބިއުޒް" އަކީ މުޖުތަމަޢްގެ ގިނަމީހުންގެ ވިސްނުމާއި ޚިލާފަށް ފިތުނައިން ފުރިގެންވާ ކޮންމެ މުޖުތަމައެއްގައިވެސް ވަރަށް ޢާއްމު ވެފައިވާ ވަބާއެކެވެ. މިކަން މީގެ ފުރަތަމަ ސްޓޭޖްގައި ދެނެގަތުމަކީ ވަރަށް އުނދަގޫކަމެއްކަމުގައި ކުދިންނަށް ވަނީ ވެފައެވެ. އެހެންނަމަވެސް މިކަން ދެނެގަތުމަކީ ނުވަތަ މިކަން ދެނެގަންނާނެ ގޮތް ކުދިންނަށް ކޮންމެވެސްވަރަކަށް ނަމަވެސް އެނގިފައި އޮތުމަކީ މިކަމުން ސަލާމަތް ވުމަށްޓަކައި ނުހަނު ބޭނުންތެރިކަމެއް ކަމުގައި ނޫނީ ނުވާނެއެވެ.

 

ތިމާގެ ދަރިން މިކަމުން ސަލާމަތް ކުރުމަށްޓަކައި އެންމެ ފުރަތަމަ އެ ދަރިފުޅަކީ އަމިއްލަ ނަފްސަށް އިތުބާރު ކުރާ ކުއްޖެއްކަމުގައި ހަދާށެވެ. ދަރިފުޅު ވާހަކަ ދައްކަންފަށާ އުމުރުގައި ވަރަށް ގިނަ ސުއާލުތައް ކުރާނެއެވެ. އެއިން ކޮންމެ ސުވާލަކަށް އެންމެ އެކަށީގެންވާ ޖަވާބު ދޭންވާނެއެވެ. ކިތަންމެ ސުވާލު ގިނަ ކުރި ކަމުގައި ވިޔަސް އެކަމުން ތިމާޔަށް އުނދަގޫވާކަން ދަރިފުޅަށް އެންމެ ކުޑަމިނުން އިހްސާސްވެސް ކުރެވިގެން ނުވާނެއެވެ. މީގެއިތުރުން ދަރިފުޅުގެ އިޒުނަ ނެތި އެއްވެސް ވަރަކަށް ދަރިފުޅު ގައިގަ މީހަކަށް އަތްލެވިގެން ނުވާނެ ކަމަށް ދަރިފުޅު ކައިރީ ބުނެވިދާނެއެވެ. ނޫނީ ރަނގަޅު ބީހުމާއި ނުބައި ބީހުން ވަކިކޮށް، ދެނެގަންނާނެ ގޮތް ދަރިފުޅަށް ކިޔައި ދިނުމަކީވެސް ބޭނުންތެރިކަމެކެވެ. އަދި ހަމަ އެހެންމެ ދަރިން ފާޅުކުރާ ކޮންމެ ޝުޢޫރަކީ ލޯތްބާ އެކު ބަލައިގަންނަ އެއްޗަކަށް ހަދަންވާނެއެވެ. އެއީ ކޮންމެ މޭރުމަކުން ފާޅުކުރެވޭ ޝުޢޫރެއްކަމުގަވިޔަސްއެވެ. މީގެސަބަބުން ކުދިން ބެލެނިވެރީންނާއި މެދު އޮންނަ ގުޅުން ބަދަހިވެ، އެކުދިންނަށް ދިމާވާ ކަންކަން ހިއްސާކޮށްލުމުގައި އެއްވެސް ވަރަކަށް ފަސްނުޖެހޭނެއެވެ. ދަރިފުޅު ހިއްސާކުރާ ކަންކަން އޭގެ އެއްމެ ފުރަތަމަ ހަރުފަތުގައި އިންކާރު ނުކޮށް، އެވާހަކައިގެ ހަގީގަތް ދެނެގަނެވެތޯ ފަރުވާތެރިކަމާއެކު، އިހުމާލު ކުރުމެއްނެތި މަސައްކަތް ކުރާށެވެ. ﷲގެ ވާގި ފުޅާއެކު ދަރިން މިކަމުން ސަލާމަތް ކުރުމަށްޓަކައި އިތުރު ކުރިއެރުން ލިބޭނެއެވެ.

 

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި