Noorul-islam.NET :: މުޞީބާތުގެ ވަގުތުގައި ކިޔަން ދަސްކޮށްދެއްވި ދުޢާ
މުޞީބާތުގެ ވަގުތުގައި ކިޔަން ދަސްކޮށްދެއްވި ދުޢާ
Category »  މުޖުތަމަޢު

ތާރީޚް: 30 މޭއި 2011

ލިޔުއްވީ : މުޙައްމަދު އަނީލް (ނޫރުލްއިސްލާމްގެ އެޑިޓަރ)

މުޞީބާތުގެ ވަގުތުގައި ކިޔަން ދަސްކޮށްދެއްވި ދުޢާ

އިމާމް މުސްލިމް ރަޙިމަހުﷲ، އުއްމުލްމުއުމިނީން އުއްމުސަލަމާ ރަޟިޔަﷲ ޢަންހާގެ އަރިހުން ރިވާކުރެއްވިއެވެ. އެކަމަނާ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވަނިކޮށް ތިމަންކަމަނާ އަޑުއެއްސެވީމެވެ.

އަޅަކަށް މުޞީބާތެއް މެދުވެރިވުމުން، إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ، اللَّهُمَّ أْجُرْنِي فِي مُصِيبَتِي، وَأَخْلِفْ لِي خَيْرًا مِنْهَا  (މާނައީ: ހަމަކަށަވަރުން އަޅަމެން ވަނީ ﷲ އަށެވެ. އަދި ހަމަކަށަވަރުން އަޅަމެން އެނބުރި ދާނީވެސް އެއިލާހުގެ ޙަޟްރަތަށެވެ. އޭ ﷲއެވެ! މިއަޅާގެ މުޞީބާތުގައި މިއަޅާއަށް އަޖުރު ދެއްވާފާނދޭވެ. އަދި މިއަޅާއަށް އެއަށްވުރެ ހެޔޮ ބަދަލެއް ދެއްވާފާނދޭވެ.) މިދުޢާ ކޮށްފިނަމަ، އެއަޅަކަށް އޭނާގެ މުޞީބާތުގައި ﷲ އަޖުރުދެއްވައި، އެއަޅަކަށް އެއަށްވުރެ ހެޔޮ ބަދަލެއް ނުދެއްވާ އެއްވެސް އަޅަކު ނުވެއެވެ.

އުއްމު ސަލަމާ ވިދާޅުވިއެވެ. އަބޫސަލަމާ ރަޟިޔަﷲ ޢަންހު (އެއީ އުއްމު ސަލަމާގެ ކުރީގެ ފިރިކަލުންނެވެ.) އަވަހާރަވުމުން ތިމަން ކަމަނާ މި ދުޢާ ކުރެއްވީމެވެ. ފަހެ ﷲ ތަޢާލާ ތިމަންކަމަނާއަށް އަބޫސަލަމާއަށްވުރެ ހެޔޮ ފިރިކަލަކު ދެއްވިއެވެ. (އެއީ) ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެވެ. رواه مسلم ، (2166)

 

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. ދުނިޔޭގެ ޙަޔާތުގައި އެކިއެކި އިމްތިޙާނުތަކާއި ކުރިމަތިވާނެއެވެ. މުއުމިނާއަކީ އޭނާއާއި ކުރިމަތިވާ މުޞީބާތްތަކަށް ކެތްތެރިވާ، އޭނާއަށް ލިބޭ އުފާތަކަށް ޝުކުރުކުރާ މީހެކެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވާ ފަދައިންނެވެ. عَجَبًا لِأَمْرِ الْمُؤْمِنِ ، إِنَّ أَمْرَهُ كُلَّهُ خَيْرٌ ، وَلَيْسَ ذَاكَ لِأَحَدٍ إِلَّا لِلْمُؤْمِنِ إِنْ أَصَابَتْهُ سَرَّاءُ شَكَرَ ، فَكَانَ خَيْرًا لَهُ ، وَإِنْ أَصَابَتْهُ ضَرَّاءُ صَبَرَ ، فَكَانَ خَيْرًا لَهُ "

މާނައީ: މުއުމިނާގެ ކަންތަކާމެދު ޢަޖާއިބުވާހާ ވެއެވެ. އޭނާއާއި ދިމާވާ ހުރިހާ ކަމަކީ އޭނާއަށް ހެޔޮކަމެކެވެ. އަދި މުއުމިނަކަށް މެނުވީ އެހެން އެއްވެސް މީހަކަށް އެކަމެއް ނުވެއެވެ. އޭނާއަށް އުފަލެއް (ނުވަތަ ހިތްހަމަޖެހޭ ކަމެއް) ދިމާވެއްޖެނަމަ އެކަމަށް ޝުކުރު ކުރެއެވެ. ފަހެ އެކަމެއް ވަނީ އޭނާއަށް ހެޔޮކަމަކަށެވެ. އަދި އޭނާއަށް ގެއްލުމެއް (ނުވަތަ މުޞީބާތެއް) މެދުވެރިވެއްޖެ ނަމަ، އޭނާ ކެތްތެރިވެއެވެ. ފަހެ އެކަން ވަނީ އޭނާއަށް ހެޔޮކަމަކަށެވެ.

އެހެން ކަމުން މުޞީބާތުގެ ވަގުތުގައި ކެތްތެރިވެ، ﷲގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ދަސްކޮށްދެއްވި މިދުޢާ ކިޔުން މަތީ ދެމިހުންނާށެވެ. އެއިގެ ސަބަބުން އެ ގެއްލި ދިޔަ އެއްޗެއްގެ ނުވަތަ ކަމެއްގެ ބަދަލުގައި އެއަށްވުރެ ހެޔޮ ބަދަލެއް ﷲ ދެއްވާނެކަން ޔަޤީންކުރާ ޙާލުގައެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި