Noorul-islam.NET :: ކީރިތި ޤުރްއާން ހިތުދަސްކުރުމަށް އެންމެ ފަސޭހަގޮތް

ކީރިތި ޤުރްއާން ހިތުދަސްކުރުމަށް އެންމެ ފަސޭހަގޮތް
Category »  މުޖުތަމަޢު

ތާރީޚް: 21 މޭއި 2011

ތަރުޖަމާ ކުރެއްވީ : މުޙައްމަދު އަނީލް (ނޫރުލްއިސްލާމްގެ އެޑިޓަރ)


 

الحمد لله والصلاة والسلام على نبينا محمد وعلى آله وصحبه أجمعين

ކީރިތި ޤުރްއާން ހިތުދަސްކުރުމަށް މިގޮތަކީ ފާހަގަކޮށްލެވޭ ގޮތެކެވެ. އަދި މީގެ ސަބަބުން އަވަހަށް ހިތުދަސްވެ، ހިތުދަސްކުރާ ތަކެތި ހަނދާނުގައި ގަދައަށް ހަރުލައި، އަވަސް މުއްދަތެއްގައި މުޅި ޤުރްއާން އެއްކޮށް ހިތުދަސްކުރުމަށް އެހީތެރިވެދޭނެއެވެ.

މިއީ އެންމެ ފަސޭހައިން ޤުރްއާން ހިތުދަސްކުރެވޭނެ ގޮތެވެ. މިސާލެއްގެ ގޮތުގައި سورة الجمعة ގެ ފުރަތަމަ ޞަފްޙާ ދަސްކުރާނެ ގޮތް ތިރީގައި މި ވަނީއެވެ.

1- ފުރަތަމަ އާޔަތް 20 ފަހަރު (މުޞްޙަފުން ބަލައިގެން) ކިޔަވާށެވެ.

﴿يُسَبِّحُ لِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ الْمَلِكِ الْقُدُّوسِ الْعَزِيزِ الْحَكِيمِ

2- ދެވަނަ އާޔަތް 20 ފަހަރު (މުޞްޙަފުން ބަލައިގެން) ކިޔަވާށެވެ.

﴿هُوَ الَّذِي بَعَثَ فِي الْأُمِّيِّينَ رَسُولاً مِّنْهُمْ يَتْلُو عَلَيْهِمْ آيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَإِن كَانُوا مِن قَبْلُ لَفِي ضَلَالٍ مُّبِينٍ

3- ތިންވަނަ އާޔަތް 20 ފަހަރު (މުޞްޙަފުން ބަލައިގެން) ކިޔަވާށެވެ.

﴿وَآخَرِينَ مِنْهُمْ لَمَّا يَلْحَقُوا بِهِمْ وَهُوَ الْعَزِيزُ الْحَكِيمُ

4- ހަތަރުވަނަ އާޔަތް 20 ފަހަރު (މުޞްޙަފުން ބަލައިގެން) ކިޔަވާށެވެ.

﴿ذَلِكَ فَضْلُ اللَّهِ يُؤْتِيهِ مَن يَشَاءُ وَاللَّهُ ذُو الْفَضْلِ الْعَظِيمِ

5- އެއަށްފަހު ފުރަތަމަ 4 އާޔަތް އެއްކޮށް 20 ފަހަރު (މުޞްޙަފުން ބަލައިގެން) ކިޔަވާށެވެ. އެއީ ގުޅުވައިގެން އެއާޔަތްތައް ތަރުތީބުން ދަސްކުރުމަށްޓަކައެވެ.

6- ފަސްވަނަ އާޔަތް 20 ފަހަރު (މުޞްޙަފުން ބަލައިގެން) ކިޔަވާށެވެ.

﴿مَثَلُ الَّذِينَ حُمِّلُوا التَّوْرَاةَ ثُمَّ لَمْ يَحْمِلُوهَا كَمَثَلِ الْحِمَارِ يَحْمِلُ أَسْفَاراً بِئْسَ مَثَلُ الْقَوْمِ الَّذِينَ كَذَّبُوا بِآيَاتِ اللَّهِ وَاللَّهُ لَا يَهْدِي الْقَوْمَ الظَّالِمِينَ

7- ހަވަނަ އާޔަތް 20 ފަހަރު (މުޞްޙަފުން ބަލައިގެން) ކިޔަވާށެވެ.

﴿قُلْ يَا أَيُّهَا الَّذِينَ هَادُوا إِن زَعَمْتُمْ أَنَّكُمْ أَوْلِيَاء لِلَّهِ مِن دُونِ النَّاسِ فَتَمَنَّوُا الْمَوْتَ إِن كُنتُمْ صَادِقِينَ

8- ހަތްވަނަ އާޔަތް 20 ފަހަރު (މުޞްޙަފުން ބަލައިގެން) ކިޔަވާށެވެ.

" وَلَا يَتَمَنَّوْنَهُ أَبَداً بِمَا قَدَّمَتْ أَيْدِيهِمْ وَاللَّهُ عَلِيمٌ بِالظَّالِمِينَ

9- އަށްވަނަ އާޔަތް 20 ފަހަރު (މުޞްޙަފުން ބަލައިގެން) ކިޔަވާށެވެ.

﴿قُلْ إِنَّ الْمَوْتَ الَّذِي تَفِرُّونَ مِنْهُ فَإِنَّهُ مُلَاقِيكُمْ ثُمَّ تُرَدُّونَ إِلَى عَالِمِ الْغَيْبِ وَالشَّهَادَةِ فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ

10- ފަސްވަނަ އާޔަތުން ފެށިގެން އަށްވަނަ އާޔަތާ ހަމައަށް (މުޞްޙަފުން ބަލައިގެން) 20 ފަހަރު ކިޔަވާށެވެ. އެއީ ދަސްކުރި އާޔަތްތައް ގުޅުވާލައިގެން ދަސްކުރުމަށެވެ.

11- ދެން ފުރަތަމަ އާޔަތުން ފެށިގެން އަށްވަނަ އާޔަތުގެ ނިޔަލަށް 20 ފަހަރު މުޞްޙަފު ބަލައިގެން ކިޔަވާށެވެ. އޭރުން މުޅި ޞަފްޙާ އެކީގައިވާނީ ހިތުދަސްކުރެވިފައެވެ. މިގޮތަށް ކޮންމެ ޞަފްޙާއެއްވެސް ދަސްކުރަމުން ދާށެވެ.

އަދި ހިތުދަސްކުރުމުގައި ދުވާލަކު ފޮތެއްގެ އަށްބައިކުޅަ* އެއްބަޔަށްވުރެ ގިނަ ނުކުރާށެވެ. އެއީ ހިތުދަސްކުރާ މިންވަރު އިތުރުވެ، ހިތުދަސްކުރުން ބުރަކަމަކަށްވެ އެކަން ހުއްޓާލަން ނުޖެހުމަށްޓަކައެވެ.

ނޯޓް:

މިއީ އަލްމަސްޖިދުއްނަބަވީގެ އިމާމް ފަޟީލަތުއްޝައިޚް ޢަބްދުލްމުޙްސިން އަލްޤާސިމް ލިޔުއްވާފައިވާ ލިޔުއްވުމެއްގެ އަވަސް ތަރުޖަމާއެކެވެ.

ފޮތެއްގެ އަށްބައިކުޅަ އެއްބަޔޭ ލިޔެވިފައި އެވަނީ، ޤުރްއާނުގެ ޙިޒްބެއްގެ ހަތަރުބައިކުޅަ އެއްބައެވެ. ޤުރްއާނުގެ ކޮންމެ ފޮތެއްގައި ވާނީ ދެ ޙިޒްބެވެ. އެހެންކަމުން ޙިޒްބެއްގެ ހަތަރުބައިކުޅައެއްބަޔަކީ ފޮތެއްގެ އަށްބައިކުޅަ އެއްބައެވެ.

މިހާރު ޢާއްމުކޮށް މިގެންގުޅޭ މަދީނާ ޗާޕުގެ މުޞްޙަފްތަކުގައި ކޮންމެ ޙިޒްބެއްގެ ހަތަރުބައިކުޅަ އެއްބައި ނިމޭތަން މިގޮތަށް ފާހަގަކޮށްފައިވާނެއެވެ.

(ނުނިމޭ)


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި