Noorul-islam.NET :: ނުހަނު ލޯތްބާއެކު...

ނުހަނު ލޯތްބާއެކު...
Category »  މުޖުތަމަޢު

ތާރީޚް: 26 އޭޕްރީލް 2011

ދިވެހި ބަހަށް ގެނެސް އެކުލަވާލީ : އަޙްމަދު އަޖްމަލް ޙާމިދު

މަގޭ ދަރިފުޅާއެވެ. މިމަންމަގެ ލޯބިވާ ދަރިފުޅާއެވެ.

މިމަންމަ މުސްކުޅިވުމުން މިމަންމައާމެދު ކެތްތެރިވާނެކަމަށް ހީކުރަމެވެ.

މިމަންމަ އަތުން ތައްޓެއް ތަޅައިގެން ހިނގައްޖެނަމަ، ނުވަތަ ކާމޭޒު މައްޗަށް އެއްޗެއް ބައްޑުން ވެއްޖެނަމަ އެއީ މިމަންމަގެ ފެނުން ކޮށިވަމުންދާތީ ވާގޮތްކަން ދަންނާށެވެ.

އެފަދަ ކަންކަމުގެ ސަބަބުން މިމަންމައާ ދިމާއަށް އަޑު ވީއްލައި އެއްޗެހި ނުކިޔާނެކަމަށް ހީކުރަމެވެ.

މުސްކުޅި މީހުންނަކީ ވަރަށް ފަސޭހައިން ހިތުގައި ޖެހޭ ބަޔެކެވެ.

އެމީހުންނާ ދިމާއަށް އެއްޗެހި ކިޔުމުން އެމީހުން އެމީހުންގެ އަމިއްލަ ހާލަތާމެދު ވިސްނި ހިތުގަޖެހެއެވެ.

މިމަންމަގެ އިވުން ކޮށިވެ، ދަރިފުޅު ދައްކާ ވާހަކަ އަޑުނީވުމުން، މިމަންމައާ ދީމާއަށް "ބީރެކޭ!" ނުބުނާނެ ކަމަށް ހީކުރަމެވެ.

ދަރިފުޅު ތިބުނި ވާހަކައެއް ލިޔެލަދޭށެވެ. ނުވަތަ ތަކުރާރުކޮށްލަދޭށެވެ.

މަންމަގެ ލޯބިވާ ދަރިފުޅާއެވެ. މިމަންމައަށް މާފުކުރާށެވެ. މިމަންމަ މުސްކުޅިވަނީއެވެ.

އުއްމީދާއެކު...

*** *** ***

މަގޭ ދަރިފުޅާއެވެ. މިމަންމަގެ ލޯބިވާ ދަރިފުޅާއެވެ.

މިމަންމަގެ ހުޅުތަކުން ވާގިހުސްވެ ކަކުލުން ބާރު ދޫވުމުން މިމަންމަ ކޮޅަށް ތެދުވުމަށް އެހީތެރިވެދޭނެ ކަމަށް ހީކުރަމުއެވެ.

މިމަންމަ ތިޔަ ދަރިފުޅަށް ތިޔަ ދަރިފުޅުގެ ކުޑައިރު އެހީތެރިވި ފަދައިންނެވެ. ތިޔަ ދަރިފުޅަށް ހިނގަން ދަސްކޮށްދިނުމުގައެވެ.

މަންމައާއެކު މިކަންކަން ތަހައްމަލުކުރާށެވެ.

ހެޑަށް އޮޅުނު ކެސެޓުރޯލެއްހެން އަބަދު އެއްވާހަކައެއް މިމުސްކުޅި މަންމައަށް ތަކުރާރުކުރެވޭ ހިނދު، މިމަންމައަށް ކަނުލައިއަޑުއެހުމުގައި ދަރިފުޅު ހުންނާނެކަމަށް މަންމަ އުންމީދުކުރަމުއެވެ.

ދަރިފުޅު ހަނދާން އެބަހުރިހެއްޔެވެ؟ ދަރިފުޅު ކުޑައިރު ދަރިފުޅު ފުއްޕާހަމެއް ބޭނުންވެގެން، އެ ލިބޭންދެން، އެވާހަކަ ތަކުރާރުކޮށްލަ ކޮށްލާ ހުރީމު ނޫންހެއްޔެވެ؟

މިމަންމަގެ ގައިން ދުވާ ވަހާމެދުވެސް މިމަންމައަށް މާފުކޮށްދޭށެވެ. މަންމަގެ ގައިން މިދުވަނީ މުސްކުޅި ވަހެވެ.

މަންމައަށް ފެންވެރުމަށް މަޖުބޫރު ނުކުރާށެވެ. މަންމަގެ ހަށިގަނޑު ނިކަމެއްޗެވެ.

މުސްކުޅިންނަކީ ފިންޏަށް ބަލި ބައެކެވެ. މިކަމުގެ ސަބަބުން ދަރުފުޅު މަންމަދެކެ ފަކުރުން ދުރަށް ނުދާނެކަމަށް ހީކުރަމުއެވެ.

ނުހަނު އުއްމީދާއެކު... ކަރުނަޔާއެކު...

*** *** ***

މަގޭ ދަރިފުޅާއެވެ. މިމަންމަގެ ލޯބިވާ ދަރިފުޅާއެވެ.

ދަރިފުޅު ހަނދާން އެބަހުރި ހެއްޔެވެ؟ ދަރިފުޅު ކުޑައިރު ފެންނުވަރާން ބޮޑާހޭކުމުން ދަރިފުޅު މަސަލަސްކޮށް ރުއްސުމަށް މަންމަ ހާދަ މަސައްކަތެއް ކުރީމުއެވެ.

ދަރިފުޅު މަންމައަށް މާފުކުރާށެވެ. މަންމަގެ މިޒާޖު ގޯސްވެ ސިނގު ރުޅި އާދެވޭ ހިނދުގައެވެ.

މިއީ މުސްކުޅިކަމުގެ ގިނަ ބަލިފައިތަކުގެ ތެރެއިން ބަލިފައެކެވެ. ދަރިފުޅުވެސް މިއުމުރަށް އައުމުން ވިސްނޭނެއެވެ.

އަދި ދަރިފުޅަށް ހުސްވަގުތު ވާނަމަ މަންމައާ ވާހަކަ ދައްކާލުމަށް މަޑުކޮށްލާނެކަމަށް ހީކުރަމުއެވެ. މަދު މިނެޓު ކޮޅަކަށް ކަމުގައިވިޔަސް ފަރުވާލެއް ނެތެވެ. މިމަންމަ ގިނަ ވަގުތުތައް ހޭދަކުރަން ޖެހެނީ އެކަނި ވެރިކަމުގައެވެ. މަންމައާ ވާހަކަ ދައްކާލާނެ މީހަކު ނެތެވެ.

ދަރިފުޅު މަސައްކަތައިގެން މަޝްޣޫލުވެގެންވާކަން މަންމައަށް އެނގެއެވެ. އަދި މަންމަގެ ވާހަކަތާމެދު ދަރުފުޅުގެ އެއްވެސް ޝައުޤެއް ނެތް ކަމުގައިވިޔަސް މިމަންމައަށް ވަގުތު ކޮޅެއް ހުސްކޮށްލަދޭށެވެ.

ދަރިފުޅު ކުޑައިރުގެ ހަނދާންތައް ފިލައިގެން ދިޔައީ ހެއްޔެވެ؟ ދަރިފުޅުގެ ގޮނޑިކޮއްކޮއާ ބެހޭގޮތުން ކިޔައިދޭ ވާހަކަތައް އަޑުއެހުމަށް މަންމަ ކަނުލައި ނީންނަށް ހެއްޔެވެ؟

ނުހަނު އުއްމީދާއެކު... ހިތުގެ ކަރުނަޔާއެކު... އާދޭހާއެކު...

*** *** ***

މަގޭ ދަރިފުޅާއެވެ. މިމަންމަގެ ލޯބިވާ ދަރިފުޅާއެވެ.

 

އަދި މިމަންމަގެ މުސްކުޅި ބަލި ބޮޑުވެ އެނދުމަތި ވާހިނދު، މިމަންމައަށް އަޅާލާނެހާ ހިތްވަރު ދަރިފުޅުގެ ކިބައިގައި ހުންނާނެކަމަށް ހީކުރަމެވެ.

މަންމައަށް ތަންމަތި ހަޑިކޮށްލެވޭ ފަހަރުތަކާމެދު މަންމަ ނުހަނު މާފާށް އެދެމެވެ.

މަންމަގެ ހަޔާތުގެ އެންމެ ފަހު ހިނދުކޮޅުތަކުގައި މަންމައަށް އަޅާލާނެހާ ހިތްވަރު ދަރިފުޅު ކިބައިގައި ހުންނާނެކަމަށް މަންމަ ހީކުރަމުއެވެ. މަންމަގެ އުމުރުގައި ދެން މާބޮޑު ތަނެއް އޮތީކީވެސް ނޫންތާއެވެ.

މަންމަގެ މަރުގެ ވަގުތު އައިސްޖެހޭ ހިނދު، މިމަންމަގެ އަތުގައި ހިފަހައްޓާލާ ނިއަނެތި ގޮތުގައި މަރާ ކުރިމަތިލުމަށް ހިތްވަރު ދޭން ދަރިފުޅު ހުންނާނެކަމަށް ހީކުރަމެވެ.

ނުހަނު އުއްމީދާއެކު... ހިތުގެ ކަރުނަޔާއެކު... ނުހަނު އާދޭހާއެކު... ލޯތްބާއިއެކު...

*** *** ***

މަގޭ ދަރިފުޅާއެވެ. މިމަންމަގެ ލޯބިވާ ދަރިފުޅާއެވެ.

އަދި ދަރިފުޅު ހާސްނުވާށެވެ.

މަންމަ އަހަރުމެންގެ ކީރިތިވަންތަ ޚާލީޤާ ބައްދަލުވާހިނދު ދަރިފުޅުގެ ވާހަކައިން ދަންނަވާނަމެވެ.

ތިޔަ ދަރިފުޅަށް ބަރަކާތްލެއްވުމަށް އެދި ނުހަނު އަދަބުވެރިކަމާއެކު ދަންނަވާނަމެވެ.

އެހެނީ ތިޔަ ދަރިފުޅު ތިޔަ ދަރިފުޅުގެ މަންމައާ ބައްޕަދެކެ ލޯބިވާ ކަމުގައި ވަމުއެވެ.

ތިޔަ ދަރިފުޅު ތިޔަ ކޮށްދިން ޚިދުމަތްތަކަށް ހާދަހާވާ ޝުކުރިއްޔާއެވެ.

ދަރިފުޅު ދެކެ މިމަންމަ ވަރަށް ލޯބިވަމެވެ.

ލޯބިވާ މަންމަގެ ފަރާތުން!

ނުހަނު ލޯތްބާއެކު...


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި