Noorul-islam.NET :: ނަރަކަށް ވަދެއްޖެ މީހަކު ދުވަހަކުވެސް ސުވަރުގެއަށް ވަންނާނެތޯ؟
ނަރަކަށް ވަދެއްޖެ މީހަކު ދުވަހަކުވެސް ސުވަރުގެއަށް ވަންނާނެތޯ؟
Category »  ދީނީ ލިޔުން

ތާރީޚް: 20 އޭޕްރީލް 2011

އަޞްލު : އެމްވީ އިސްލާމް ކިޔުއޭ

ސުވާލު:

ނަރަކަށް ވަދެއްޖެ މީހަކު ދުވަހަކުވެސް ސުވަރުގެއަށް ވަންނާނެތޯ؟

ޖަވާބު:

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ނަރަކައިގައި އަބަދަށް ދާއިމަށް ދެމިތިބޭނެ މީސްތަކުންނަކީ ކާފަރުން ނުވަތަ މުޝްރިކުންގެ ގޮތުގައި ތިބެ އެގޮތުގައި މަރުވެދާމީހުންނެވެ. އެބައިމީހުން ދުވަހަކުވެސް ސުވަރުގެ ނުވަންނާނެވެ. އަދި އެބައިމީހުން ނަރަކައިގެ ވޭންދެނިވި އަޛާބުގައި ދާއިމަށް ދެމިތިބޭނެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. { إِنَّ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ وَالْمُشْرِكِينَ فِي نَارِ جَهَنَّمَ خَالِدِينَ فِيهَا أُولَئِكَ هُمْ شَرُّ الْبَرِيَّةِ} .މާނައީ:"ހަމަކަށަވަރުން، ފޮތުގެ أهل ވެރިންނާއި، مشرك ންގެ ތެރެއިންكافر ވިމީހުންވަނީ ނަރަކައިގެ އަލިފާނުގެ ތެރޭގައެވެ. އެތާނގައި އެއުރެން ދެމިތިބެނިވިގޮތުގައެވެ. އެއުރެންނީ، މީސްތަކުންކުރެ ހަމަ އެންމެ ނުބައިމީހުންނެވެ ".

ނަމަވެސް މުސްލިމުންގެ ތެރެއިން ﷲގެ އެއްކައުވަންތަކޮށް އެއިލާހަށް ޝިރުކުނުކުރާމީހުންގެ ތެރެއިން ބޮޑެތިފާފަތަކުގެ އަހުވެރިންނާއި ފާސިޤުންނާއި ޢުޞާތުން ނަރަކައިގައި ތިބޭނެވެ. ނަމަވެސް އެބައިމީހުންނަކީ އަބަދުގެ އަބަދަށް އެތާނގައި ދެމިތިބޭނެ ބައެއް ނޫނެވެ. ﷲ ތަޢާލާ އެބައިމީހުންނަށް ލިޔުއްވާފައިވާ މުއްދަތެއްގެ ތެރޭގައި އެތާނގައި ދެމިތިބޭނެވެ. ބުޚާރީ އާއި މުސްލިމްގެ ފަރާތުން ރިވާވެގެންވާ ޙަދީޘްފުޅެއްގައިވެއެވެ. { يارب ائذن لي فيمن قال لا إله إلا الله ، فيقول اللهوعزتي وجلالي وكبريائي وعظمتي لأخرجن منها من قال لا إله إلا الله}.މާނައީ:" އޭ ހައްދައިވިގެންގުޅުއްވާ އިލާހެވެ. ތިމަންކަލޭގެފާނުގެ އުއްމަތުގެ މީސްތަކުންގެ ތެރެއިންلا إله إلا الله ކިޔާފައިވާ މީސްތަކުންނަށް ޝަފާޢަތްތެރިވުމުގެ އިޒުނަދެއްވާށެވެ! ފަހެ ﷲ ތަޢާލާ ވަޙީކުރައްވާނެތެވެ. ތިމަން އިލާހުގެ ޢިއްޒަތްވަންތަކަމާއި ޖަލާލަތުވަންތަކަމާއި ކިބުރިއާވަންތަކަމާއި އަދި މަތިވެރިކަންގަންދެއްވަމެވެ. ހަމަކަށަވަރުންވެސް لا إله إلاالله ކިޔައިފިމީހަކު ތިމަންއިލާހު ނަރަކައިން ނެރުއްވާ ހުށީމެވެ

އިސްވެބަޔާންވެދިޔަ ފަދައިން ނަރަކައިގައި އަބަދަށް ދާއިމަށް ދެމިތިބޭނީ ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުނުކޮށް ނުވަތަ ﷲ އާއި ޝިރުކުކޮށް އެޙާލުގައި މަރުވެދާމީހުންނެވެ. އަދި މުސްލިމުންގެ ތެރެއިން ބޮޑެތި ފާފަތަކުގެ އަހުލުވެރިން ނަރަކައިގައި ﷲ މިންވަރުކުރަށްވާ ދުވަހަކަށް ދެމިތިބޭނެވެ. އެއަށްފަހު އެބައިމީހުން އެއިލާހު މިންވަރުކުރައްވާ ދުވަހަކުން ސުވަރުގެ ވައްދަވާނެވެ. والله أعلم

 

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި