Noorul-islam.NET :: ބައްޕަ ނިކަމެތި ޙާލުގައި ދޫކުރި ދަރިއަށް...
ބައްޕަ ނިކަމެތި ޙާލުގައި ދޫކުރި ދަރިއަށް...
Category »  މުޖުތަމަޢު

ތާރީޚް: 14 އޭޕްރީލް 2011

ލިޔުއްވީ : މުޙައްމަދު އަނީލް (ނޫރުލްއިސްލާމްގެ އެޑިޓަރ)

ތިބާ ތިބާގެ ބައްޕައަށް އުރެދިއްޖެއެވެ. ބައްޕައަށް ހެޔޮކޮށް ނުހިތީމެވެ. އެއިގެ ސަބަބުން ތިބާގެ ވެރިއިލާހަށް ތިބާ އުރެދިއްޖައީމުއެވެ. ތިބާ ﷲ އަށް ބިރުވެތިވާށެވެ!

ތިބާއަށް ޓަކައި އެތައް ދުވަހެއްގެ ބުރަމަސައްކަތް ކުރި ބައްޕަ ނިކަމެތި، ތިބާގެ އެހީއަށް އިންތިހާ ދަރަޖައަށް ބޭނުން ޖެހިފައިވާ ޙާލުގައިވަނިކޮށް، އޭނާއާއި އަޅާނުލައި، ޒިޔާރަތް ނުކޮށް ތިބާ އުޅެފީމުއެވެ. ﷲ ގަންދީ ބުނަމެވެ. ތިބާގެ ބައްޕަ ހެޔޮ ޙާލުގައި ވީނަމަވެސް 2 އަހަރު ދުވަސް ވަންދެން ޒިޔާރަތް ނުކޮށް ހުރުން ވެގެންދާނީ ގުޅުން ކަނޑާލުމަކަށެވެ. ބައްޕައާއި ގުޅުން ކަނޑާލުން ކަމަށެވެ. އަދި މިއީ މައިންބަފައިންނަށް އުރެދުމުގެ އެންމެ ނުބައި އެންމެ ފާފަ ބޮޑު ގޮތްތަކުގެ ތެރެއިން ގޮތެވެ. މިދެންނެވީ ބައްޕަ ހެޔޮހާލުގައި ހުރި ނަމަވެސް ވެހެވެ.

ﷲ ގަންދީ ބުނަމެވެ. ތިބާގެ ތިޔަވަޒީފާގައި އެއްވެސް ހެވެއް ނެތެވެ. ތިބާގެ ދަރިންގެ ތަޢުލީމަށްޓަކައޭ ބުނެ ތިބާ ތިބާގެ ބައްޕަ ނިކަމެތި ޙާލުގައި ޖެއްސި ތަޢުލީމުގައިވެސް ހެވެއް ނެތެވެ. ﷲ ގެ ޙަޟްރަތުގައި އެއިލާހު އެއްކައުވަންތަކުރުމަށް ފަހު އެންމެ ލޮބުވެތި ޢަމަލާއި ތިބާއާއި ދެމެދު އެ ވަޒީފާ ހުރަސް އަޅައިފިއެވެ. އެތަޢުލީމު ހުރަސްއަޅައިފިއެވެ.  އެފަދަ ވަޒީފާގައި އަދި ތަޢުލީމު ދިނުމެއްގައިވެސް އެއްވެސް ހެވެއް ނެތެވެ.

އޭ އަޚާއެވެ! ﷲ އަށް ބިރުވެތިވާށެވެ! ހަމަ މިރޭ ދަތުރުކޮށްފައި ދާށެވެ! ކުޅަދާނަވެގެންވާނަމަ ހަމަ މިރޭ ދަތުރުކޮށްފައި ބައްޕަގެ ގާތަށް ދާށެވެ! ފަހެ ތިބާ ތިޔަ ގޮތަށް ބައްޕައަށް އުރެދޭ ޙާލުގައި ނިދާފައި އޮއްވާ މަރު ތިބާއާއި ބައްދަލު ނުކުރާނެކަމުގެ އެއްވެސް ޔަޤީންކަމެއް ތިބާއަކަށް ނުވެއެވެ. ނުވަތަ ތިބާގެ ބައްޕައާއި މަރު ބައްދަލު ނުކުރާނެ ކަމުގެ ޔަޤީންކަމަކީ ފަހެ ކޮބައިބާވައެވެ؟

ފަހެ ހަމަކަށަވަރުން ޖުރައިޖު އޭ ކިޔުނު އަޅުވެރިޔާވެސް ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ އިމްތިޙާނު ކުރައްވާފައެވެ. އޭނާ ނަމާދުގައި ހުއްޓާ މަންމަ ގޮވާލުމުން އެއަށް އިޖާބަ ނުދެވުމުގެ ސަބަބުންނެވެ. އޭނާ އެވަގުތުވީ ޢުޛުރު ވެރިއެއްޖެ ގޮތުގައެވެ. ނަމާދުގައެވެ. ތިބާގެ ޙާލާމެދު ވިސްނާލާށެވެ.

އޭ އަޚާއެވެ! ﷲ އަށް ބިރުވެތިވާށެވެ! އެބައްޕަ ތިބާއަށްޓަކައި އެތައް ބުރައެއް އުފުލިއެވެ. އެދުވަހު ތިބާގެ ކަންތައްތަކުގައި ތިބާއަށް އެހީތެރިވުމަށް ﷲ އަށް ފަހު، ތިބާގެ މަންމައާއި ބައްޕަ ފިޔަވައި އެހެން މީހަކު ނެތެވެ.

އޭ އަޚާއެވެ! ތިބާގެ ވިޔަފާރީގެ ބަރަކާތް ﷲ ލެއްވުން އެދޭނަމަ، މިވަގުތު ހުރިހާކަމަކަށްވުރެ ތިބާގެ ބައްޕައަށް ޚިދުމަތްކުރުން އިސްކުރާށެވެ. އަމިއްލައަށް އެކަމުގައި އިސްވެގަންނާށެވެ! ތިބާއަށް ސުވަރުގެ ހޯދުމަށް ލިބިފައިވާ މި ފުރުޞަތުގެ ބޭނުން ހިފާށެވެ! ހަމަކަށަވަރުން ﷲގެ ރުހިވޮޑިގަތުންވަނީ މައިންބަފައިންގެ ރުހުމުގައެވެ. އެއިލާހުގެ ކޯފާ ވަނީ މައިންބަފައިންގެ ނުރުހުމުގައެވެ.

ﷲ އަށް ބިރުވެތިވާށެވެ! ހެޔޮ ކަމުގެ ބަދަލު ހެޔޮ ކަމަކުން މެނުވީ ނުވެއެވެ. ބައްޕަގެ ގާތަށް ދާށެވެ! ބައްޕަގެ ދެފައިގައި ހިފައި އާދޭސް ކުރާށެވެ. މާފަށް އެދޭށެވެ! ތިބާއާއި މެދު ބައްޕަ ރުހިއްޖެއުމަށް ދާންދެނެވެ. އެބައްޕަ އަކީ ނުކުޅެދޭ މީހަކަށްވީތީ ތިބާއަށް ސަލާމަތްވެގެން އުޅެވޭކަށް ނެތެވެ.

އަދި ޙަޔާތުގެ މުޅިން އާ ޞަފްޙާއެއް ފަށާށެވެ. ބައްޕަގެ ރުހުން ހޯދައި ޢުމުރުގެ ފާއިތުވީ ތަނުގެ ފާފައިން ތައުބާވާށެވެ! އެހެން ނޫންނަމަ، ތިބާގެ ފާފަތައް ކޮންމެ ހިނދުކޮޅަކުން ހިނދުކޮޅަކުން އުފުލަންޖެހޭނެ ދުވަހެއް ތިބާގެ މައްޗަށް އަންނާނެއެވެ. އެ ދުވަސްތަކުގެ ސަބަބުން ބައްޕަ އުފުލި ހުރިހާ ހިތާމައަކާއި ވޭނެއްގެ ފާފަ ތިބާ އުފުލަން ޖެހޭނެއެވެ.

ލޮބުވެތި އަޚާއެވެ! ތިބާ އެކަމަކަށްޓަކައި ތިބާގެ ބައްޕަ ނިކަމެތި ކުރި ވިޔަފާރިމުދާ ތިބާއަށް ދެއްވި އިލާހު އެ މުދާތައް ގެންދަވައި ތިބާ ނިކަމެތި ކުރެއްވުމަށްވެސް ކުޅަދުންވަންތައެވެ.

ހައްދަވާ ގެންގުޅުއްވާ އިލާހު! މިފަދަ ފިތުނަތަކުން އަޅަމެން ސަލާމަތްކުރައްވާނދޭވެ! އަދި އަޅަމެންނަކީ މައިންބަފައިންނަށް ހެޔޮކޮށްހިތާ، އެދެމީހުންނަށް ޚިދުމަތްކޮށްގެން ސުވަރުގެ ހާސިލުކުރާ ބައެއްކަމުގައި ލައްވާނދޭވެ! އާމީން

 

ގުޅުން ހުރި ބައެއް ލިޔުން:

        މައިންބަފައިންނާ މުޢާމަލާތް ކުރުމުގައި ބަލަންޖެހޭ ބައެއް ކަންތައްތައް

        އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ މަންމާފުޅު އިސްލާމްވެ ވަޑައިގެންނެވުން

        ހަތަރު އަހަރު ވަންދެން މަންމައަށް ޒިޔާރަތް ނުކޮށް ހުރިމީހާ

        މަންމާއެވެ! އަހަންނަށް މަޢާފް ކުރާށެވެ.......

        އިސްލާމްދީނުގައި މައިންބަފައިންނަށް ދެވިފައިވާ ޤަދަރު

        މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!

 

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި