Noorul-islam.NET :: ޝިފާ ދެއްވަނީ ﷲ އެވެ. ސަބަބުގައި ހިފާށެވެ! އަދި ކެތްތެރިވާށެވެ!

ޝިފާ ދެއްވަނީ ﷲ އެވެ. ސަބަބުގައި ހިފާށެވެ! އަދި ކެތްތެރިވާށެވެ!
Category »  ދީނީ ލިޔުން

ތާރީޚް: 13 އޭޕްރީލް 2011

ލިޔުއްވީ : ޢަބްޤަރީ ޢަލީ (ނޫރުލްއިސްލާމްގެ ޓެކްނިކަލް އެޑްވައިޒަރު)

 

ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ ކޮންމެ ބައްޔަކާ އެކު އެބަލީގެ ޝިފާވެސް ލައްވަވާފައެވެ. ބޭހަކީ އޭގެޒާތުގާ އެއްވެސް އާރެއް ބާރެއް ލިބިފައިވާ އެއްޗެއްނޫނެވެ. ބޭހުގެ އަސަރު ކުރަނީ ހަމައެކަނި ﷲ އެކަމަށް އިރާދަ ކުރެއްވުމުންނެވެ. އެމީހަކަށް ﷲ ޝިފާދެއްވަން އިރާދަ ނުކުރައްވައިފި މީހަކަށް ދުނިޔޭގައިވާ އެއްވެސް ބޭހަކުން ކުރާނެ އަސަރެއް ނޯންނާނެވެ.

އިބްރާހީމް ޢަލައިހިއްސަލާމް ވިދާޅުވި ފަދައިންނެވެ. ﴿ وَإِذَا مَرِضْتُ فَهُوَ يَشْفِينِ އަދި ތިމަންކަލޭގެފާނު ބަލިވެއްޖެނަމަ ޝިފާ ދެއްވަނީ އެއިލާހެވެ.

ވީމާ މީހަކަށް ޝިފާ ލިބެނީ ބޭހުގެ މޮޅުކަމުން ކަމަށް ވިސްނުމަކީ ވަރަށް ބޮޑު އޮޅުމަކެވެ. ޝިފާ ވަނީ ހަމަ އެކަނި ﷲ ގެ ޙަޟުރަތުންނެވެ. ﷲ މީހަކަށް ޝިފާދެއްވުމަށް އިރާދަ ކުރައްވައިފި ހިދު އެއިލާހު އެ ބޭހަށް އޭގެ އަސަރު ކުރުމަށް އަމުރު ކުރައްވައެވެ. ބޭހަކީ ހަމައެކަނި ސަބަބެކެވެ. ﷲ އިރާދަ ކުރައްވައިފި ނަމަ، އެންމެ މޮޅެތި، އެންމެ އަގުބޮޑު ބޭސްތަކަށްވެސް އޭގެ އަސަރު މީހާޔަށް ނުކުރުވުމަށް އަމުރު ކުރައްވަފާނެތެވެ.

އަޅުގަޑުމެންގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ ބައްޔަށް ބޭސްފަރުވާ ކުރައްވާފައެވެ. އަދި ބޭސް ފަރުވާޔާ ބެހޭގޮތުން އިރުޝާދުވެސް ދެއްވާފައެވެ. އެކަލޭގެފާނު މިކަން ކުރެއްވީ އުއްމަތުގެ މީހުންނަށް ނަމޫނާ ދައްކަވައި އެކަން އެގޮތަށް ކުރަން ބާރު އެޅުމުގެ ގޮތުންނެވެ. މިސަބަބަށް ޓަކާ އަޅުގަޑުމެން ބޭސްފަރުވާ ހޯދަންޖޭހޭނެވެ. އަދި މިއާއެކު އަޅުގަޑުމެން ކެތްތެރިވާންވެސް ޖޭހޭނެވެ. އަދި މަޔަކު ދަރިއަކު ދެކެ ލޯބިވާ ވަރަށްވުރެ ބޮޑަށް، ﷲ އެއިލާހުގެ އަޅުތަކުންނަށް ލޯބިވެވޮޑިގަންނަވާ ކަންވެސް ގަބޫލުކުރަން ޖެހެއެވެ.

ﷲ މީހަކަށް މެދުވެރި ކުރައްވާ ކޮންމެ ކަމަކީ އެމީހަކުގެ ފައިދާއާއި ލާބަޔަށް އެއިލާހު މިންވަރު ކުރައްވާ ކަންތަކެވެ. އަޅުގަނޑުމެން ބަލިވާ ކޮންމެ ފަހަރަކު އަޅުގަޑުމެންގެ ފާފަތަކެއް ފޮހެވިގެންދެއެވެ. އަޅުގަޑުމެން އެބަލީގެ ވޭނަށް ކެތްތެރިވެއްޖެނަމަ އަޅުގަޑުމެންގެ ދަރަޖަ އާޚިރަތުގައި އުފުލިދެއެވެ. އަދި މުޞީބާތްތަކުން ސަލާމަތްވެގެން ދެއެވެ. ކެއްތެރިކަމުގެ ތެރެއިން އަޅުގަޑުމެންގެ އަޅުވެތިކަން އިތުރުވެދެއެވެ. އަދި ބޮޑާކަން ފޮހެވެވިދެއެވެ. 

އަޅުގަޑުމެންގެ ތެރެއިން ގިނަމީހުންނަށް އުޅެވެނީ ދުޅަހެޔޮ ސިއްޙަތުގައި ﷲ ގެ ޒިކުރުން ޣާފިލްވެ މަޖަލާއި ޖަހާލަތުގައެވެ. އަދި ބަލިވުމުން ﷲ ގެ ހަޟުރަތަށް ކުއްތަންވެ ފާފަފުއްސެވުމަށް އެދި ދެންނެވުމަށް މަގުފަހިވެއެވެ. އަދި ހެދިފައިވާ ގޯސްތަގުގެ މަތިން ހަދުމަކޮށް އެއާމެދު ވިސްނުމާއި ލިބިފައިވާ ނިއުމަތް ތަކުގެ ހަދުމަކޮށް ﷲ އަށް ޝުކުރުކުރުމުގެ މަގު ހުޅުވިގެންދެއެވެ.

ބަލިވުމުން، އެއިގެ ސަބަބުން ﷲ އެމީހާގެ ކުދިފާފަތައް ފުއްސަވައެވެ. އެކަމަކު އަޅުގަޑުމެން އެއްގޮތަކަށްވެސް ހަދާނުން ކައްސައިގެން ދިޔަދީގެން ނުވާނެ ކަމެއް މީގައި އެބަވެއެވެ. އެއީ ބަލިވުމަކީ ﷲ ކުރައްވާ ވަރަށް ބޮޑު އިމްތިހާނެއްކަމެވެ. ވީމާ އަޅުގަޑުމެން ބަލިވެ އުޅޭއިރު ﷲ އަށް ޝުކުރު ކުރުން އިތުރު ކުރަން ޖެހެޔެވެ. އަޅުގަޑުމެން ޖެހޭނީ ﷲ މިންވަރު ކުރައްވާ ހާލަތާއިމެދު ކެތްތެރިވެގެން އަދި ހިތްހަމަ ޖެހިގެން ތިބޭށެވެ. އެއްވެސް ހާލަތެއްގައި މާޔޫސްވެ ފަހުން އެކަމާއި ހިތާމަ ކުރަން ޖޭހޭފަދަ އެއްޗެއް ބުނެގެން ނުވާނެއެވެ. ﷲ ތަޢާލާ ވަނީ އަޅުގަޑުމެން އެފަދަ ކަންތައް ކުރުން މަނާ ކުރައްވާފައެވެ. މިސާލަކަށް "މިބަލިޖައްސަން ﷲ ފެނިވަޑައިގަތީ ހަމަ އެކަނި މަހޭ"، "މަ މިވަނީ ލައުނައް ލެއްވިގެންނޭ" މިފަދަބަސްތައް މުއުމިނު އަޅާގެ ދުލުން ބޭރުވާހިނދު އޭނާގެ އީމާންތެރިކަން ދަށްވެދެވެ. އަދި ފަހަރެއްގައި އޭނާގެ އީމާންތެރިކަން އޭނާއާއި އަލްވަދާޢު ކިޔުންވެސް އެކަށީގެންވެއެވެ.

މިފަދަ ހާލަތެއްގައި ބަލިމީހާ ބަލީގައި ވީނަމަވެސް އޭގެ ސަބަބުން ލިބޭ މަންފާއިން (އެބަހީ ފާފަފުއްސެވުމުން) މަޙުރޫމް ވެފައެވެ. އަގުބޮޑު ބޭސްތަކެއް ކޮށް ޝިފާ ނުލިބިފައެވެ. ބޭކާރު ވާހަކައިގެ ސަބަބުން އީމާންކަން ކިލަބުވެފައެވެ. މިދުނިޔެމަތިން ހިތްދަތިކަމުގައެވެ. ﷲ ފާފަ ނުފުއްސަވައިފި ނަމަ ނަރަކައިގެ އަހުލުވެރިންގެ ތެރެއިންވާ ހާލު މަރުވެގެން ދެއެވެ. ކުޑަހިދު ކޮޅެއްގެ ކެތްމަދުވުމުގެ ސަބަބުން މުޅިއުމުރުގައި ކުރިހައި ހެއުކަމެއް ގެއްލިދިޔަޔީއެވެ. ދެދުނިޔޭގެ އަބާއްޖަވެރިޔަކަށް ވީއެވެ. ﷲ އަޅުގަޑުމެން މިފަދަ ކަންކަމުން ސަލާމަތް ކުރައްވާށިއެވެ. އާމީން.

ކުޑަހިދު ކޮޅަކަށް ވިސްނާލަމާ ހިގާށެވެ. އަޅުގަޑުމެން ކެތްތެރިވެގެން ވާޙާލުގައި މަރުވެއްޖެނަމަ ﷲ އެއަޅަކަށް ދެއްވާނެ ދަރުމަޔާމެދު ވިސްނާލަމާތޯ؟ ކެތްތެރިވާ މީހާއަށް ސުވަރުގެވާކަމަށް ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވާފައިވެއެވެ. އެއަޅަކު އެފުރާނަ ދޫކޮށްލީ ﷲ އަށް ވަކީލުކޮށްގެން، އެއިލާހު އޭނާއަށް ކުރިމަތި ކުރެއްވި އިމްތިޙާނުގައި ކެތްތެރިވާ ޙާލުގައެވެ. އަނެއް ކޮޅުން ބަލިން ޝިފާ ލިބިއްޖެނަމަ އަޅުގަޑުމެން ވާނީ ކުދިފާފަތައް ފޮހެވި ގިނަގުނަ ދަރަޖަތަކަށް އުފުލިގެންވާ މީހުންގެ ތެރޭގަޔެވެ. އޭރު އަޅުގަޑުމެން ވާހުށީ ކެތްތެރިވެ އީމާންތެރިކަން ރައްކާތެރިކުޅަ މީހުންގެ ތެރޭގައެވެ. ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިގެންވާ މީހުންގެ ތެރޭގައެވެ.

މިސަބަބާހުރެ ބޭސްކުރުމާއި އެއްކޮށް ދުޢާ ކޮށް ޛިކުރުކުރަން ޖެހެއެވެ. އެއިރުން، ﷲ އިރާދަ ކުރެއްވިއްޔާ، އެމީހަކަށް ޝިފާދެއްވާނެތެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ﷲ އަށް ވަކީލު ކުރާށެވެ! އަދި ސަބަބުގައި ހިފަހައްޓާށެވެ! ފުރިހަމައަށް ވަކީލު ކުރާމީހާގެ މިސާލަކީ؛ ހެނދުނު ހާލިން ނިކުމެގެން، އެސޮރުގެ ކާނާ ހޯދުމަށް ދަތުރުކުރާ ދޫނީގެ މިސާލެވެ. އޭތި ހާލިން ނިކުންނަނީ ހައިވެފައިވާ ޙާލުގައެވެ. އެނބުރި އަންނަނީ ބަނޑުފުރައިގެންނެވެ.

މިއީ ބުއްދިވެރިންނަށްޓަކައި ޢިބުރަތްތެރި މިސާލެކެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި