Noorul-islam.NET :: ބޭނުމެއް ނެތެވެ!
ބޭނުމެއް ނެތެވެ!
Category »  މުޖުތަމަޢު

ތާރީޚް: 5 އޭޕްރީލް 2011

ލިޔުއްވީ : -ނަބީލް-

އަހަރެމެންނަށް ލިބިހުރި ޢިލްމާ އެއްގޮތަށް ޢަމަލުނުކުރާ ނަމަ އަހަރެމެންނަށް ލިބިފައިވާ ޢިލްމެއްގެ ބޭނުމެއް ނެތެވެ.

ޢަމަލުކުރުމުގައި އަހަރެމެން އިޚްލާޞްތެރި ނުވާ ނަމަ އަހަރެމެންގެ ޢަމަލުތަކުގެ ބޭނުމެއް ނެތެވެ.

އެއްވެސް ދަރުމައެއް ޘަވާބެއް ނުލިބޭ ގޮތުގައި އަހަރެމެންގެ މުއްސަނދިކަން ބޭނުންކުރާ ނަމަ، މުސާރައާއި އެ ނޫން ވެސް ގޮތްގޮތުން ލިބޭ ފައިސާ، ދެ ޙަޔާތުން ކުރެ ޙަޔާތެއްގައި ލާބައެއް މަންފާއެއް ނެތް ކަންކަމަށް ހޭދަކުރާ ނަމަ  އަހަރެމެންގެ މުއްސަނދިކަމުގެ ބޭނުމެއް ނެތެވެ.

އަހަރެމެންގެ ހިތްތަކުގައި ﷲ ތަޢާލާ އަށްޓަކައި ފުރިހަމަ ލޯތްބެއް ނެތި، ކަލާނގެއާ ބައްދަލުކުރަންޖެހޭނޭ ކަމާމެދު އިތުބާރެއް ނެތި، އަހަރެމެންގެ ހިތްތަކުގައި ޙަސަދައިން ހުސްދުރުވެގެންވާ ސާފުކަމެއް، ހަލޮބޮލިކަމުން އެއްކިބާވެގެންވާ މަޑުމައިތިރި ކަމެއް ނެތި، އޭގެ ބަދަލުގައި އަހަރެމެންގެ ހިތްތައް ފުރިފައިވަނީ އެހެން ކޮންމެވެސް އެއްޗެހިތަކަކުން، އެނޫނީ އެހެން ފަރާތަކާ މެދުކަމަށް ވާ ނަމަ އަހަރެމެންގެ ހިތްތަކުގެ ބޭނުމެއް ނެތެވެ.

އަހަރެމެން އެންމެ ބޮޑަށް ލޯބިވަނީ ﷲ ނޫން ފަރާތަކަށް ކަމުގައި ވާ ނަމަ އަހަރެމެންގެ ލޯބީގެ ބޭނުމެއް ނެތެވެ.

އަހަރެމެންގެ ހަށިގަނޑުތައް ބޭނުންކުރަނީ ކަލާނގެ ޚިދުމަތުގައި އެކަލާނގެ ދީން މަތިވެރިކުރުމަށާއި އެކަލާނގެ އެންގެވި ގޮތަށް އެކަލާނގެއަށް އަޅުކަންކުރުމަށް ކަމުގައި ނުވާ ނަމަ އަހަރެމެންގެ ހަށިތަކުގެ ބޭނުމެއް ނެތެވެ.

އަހަރެމެންގެ މާޒީ ހޭދަކުރެވުނު ގޮތާ މެދު ވިސްނުމުގައި، ރަނގަޅަށް ކުރެވުނީ ކޮން ކަމެއްތޯ ފިކުރު ހިންގުމުގައި، ޙަޔާތުގެ އަދާއި މާދަމާ ރަނގަޅުކުރުމުގެ އަގުހުރި ނިޔަތުގައި، އަހަރެމެންގެ ވަޤުތުތައް ބޭނުން ނުކުރާ ނަމަ، އަހަރެމެންގެ ވަޤުތުތަކުގައި ބޭނުމެއް ނެތެވެ.

ބޭކާރު ކަންކަމަށް ހީލަތް ވިސްނުމުގައި، ތިމާއަށާއި މުޖުތަމަޢަށް ހަމަ އެންމެ ފައިދާއެއް ވިޔަސް ނެތް ގެއްލުން ހުރި ކަންކަން ރޭވުމުގައި، ބުއްދިވެރިކަން ބޭނުންކުރާ ނަމަ އަހަރެމެންގެ ބުއްދިވެރިކަމުގައި ބޭނުމެއް ނެތެވެ.

އެ ފަރާތަކަށް ޚިދުމަތްކުރުމުން ﷲ އާ ކުއްތަން ނުވެވޭ، ދުނިޔަވީ ގޮތުން ވެސް އެއްވެސް ލާބައެއް ނުލިބޭ، ޚިދުމަތެއްގައި އަހަރެމެން ދެމިތިބޭ ނަމަ އަހަރެމެންގެ ޚިދުމަތުގައި ބޭނުމެއް ނެތެވެ.

ﷲ މަތިން ހަނދާން ކުރުމުން އަހަރެމެންނަށް ނުވަތަ އަހަރެމެންގެ ހިތްތަކަށް އަސަރެއް ނުކުރާ ނަމަ، އަހަރެމެންގެ ޛިކުރުގައި ބޭނުމެއް ނެތެވެ.

އަހަރެމެން އަހަރެމެންގެ ވެރިރަސްކަލާނގެ ނުދަންނަ ނަމަ އަހަރެމެންގެ ބޭނުމެއް ނެތެވެ.

 

ނޯޓު: މި ލިޔުން ތައްޔާރުކުރުމުގެ އަސްލަކަށް ބަލާފައިވަނީ އަލްޢައްލާމާ އިބްނު ޤައްޔިމުލްޖައުޒީ ރަޙިމަހުﷲ ގެ ބަސްފުޅުތަކެކެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި