Noorul-islam.NET :: ޙަސަދަވެރިކަން
ޙަސަދަވެރިކަން
Category »  ދީނީ ލިޔުން

ތާރީޚް: 3 އޭޕްރީލް 2011

ލިޔުއްވީ : އަޙްމަދު ނާޒިޙް

الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. وبعد:

ޙަސަދަވެރިކަމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ނަހީކުރެވިގެންވާ ސިފައެކެވެ. އަދި އެކަމާއި ބެހޭގޮތުން ވަޢީދުގެ އެތައް އާޔަތްތަކާއި ޙަދީޘްތައް އައިސްފައިވެއެވެ. އަދި އެނުބައި ސިފައިން ދުރުހެލިވެގަތުމުގައި ﷲގެ ޙަޟްރަތުން ރައްކާތެރިކަން ލިބިގަތުމަށް ވެސް އެއިލާހު، އަހަރެމެންނަށް އަންގަވާފައިވެއެވެ. އެގޮތުން އެއިލާހުގެ ވަޙީބަސްފުޅުގައި ވެއެވެ. ((وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ)) މާނައީ: "އަދި ޙަސަދަވެރި ވާހިނދު، އޭނާގެވެސް ނުބައިކަމުންނެވެ. (އެބަހީ އެހިނދު ޙަސަދަވެރިންގެ ހަސަދައިން ރައްކާތެރިކަން ލިބިގަތުމަށް އެދޭށެވެ.)

ޙަސަދަވެރިކަމަކީ ﷲ ތަޢާލާ ހެއްދެވި އެންމެނުބައި އަޅުންގެ ސިފައެކެވެ. އެބައިމީހުންނަކީ ނަބީބޭކަލުންގެ ދޫފުޅުތަކުން ލަޢުނަތް ލިބިގެންވާ މީހުންނެވެ. އަދި ﷲތަޢާލާގެ ރިސާލަތު ދޮގުކޮށް ނަބީބޭކަލުން ގަތުލުކުރުމުގެ ސަބަބުން ދެދުނިޔޭގެ އަބާއްޖަވެރިކަން ލިބިގެންވާ ބައެކެވެ. އާދެ، އެއީ ޔަހޫދީންނެވެ. ޙަސަދަވެރިކަމަކީ އެބައިމީހުންގެ ސިފައެއްކަން ބަޔާންކުރައްވާ ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ((أَمْ يَحْسُدُونَ النَّاسَ عَلَى مَا آتَاهُمُ اللَّهُ مِنْ فَضْلِهِ)) މާނައީ: "ނުވަތަ ﷲގެ ފަޟްލުވަންތަކަމުގެ ތެރެއިން، އެއިލާހު މީސްތަކުންނަށް ދެއްވާފައިވާ ކަންތަކާއިމެދު އެބައިމީހުން( ޔަހޫދީން) މީސްތަކުންނަށް ޙަސަދަވެރިވަނީ ހެއްޔެވެ؟"

ޙަސަދަވެރިވުމުގައި މީސްތަކުން ތިންބަޔަކަށް ބެހިގެން ވެއެވެ. އެންމެ ފުރަތަމަ ބަޔަކީ، އެހެންމީހުންނަށް ލިބިފައިވާ ނިޢުމަތްތަކުން އެބައިމީހުން މަޙްރޫމް ކުރުމަށް ޢަމަލާއި ބަހުން މަސައްކަތްކޮށް ހަމަ އެއާއިއެކު އެނިޢުމަތް ތިމާއަށް ލިބުމަށް އެދޭމީހުންނެވެ. ދެވަނަ ބަޔަކީ، އެހެންމީހުންނަށް ލިބިފައިވާ ނިޢުމަތްތައް ނެތިދިއުމަށް އެދުމެވެ. އެހެން ނަމަވެސް މިބައިމީހުން، ތިމާއަށް ނިޢުމަތްތައް ލިބުމަކަށް ނޭދޭނެއެވެ. މިދެބަޔަކީ ޙަސަދައިގެ އެންމެ ނުބައި ދެވައްތަރެވެ. އަދި މިއީ ޝަރްޢުގައި ނަހީވެގެންވާ ދެވައްތަރުވެސްމެއެވެ. ޝައިޠާނާވެސް ކުރީ މިފާފައެވެ. ޙަސަދަވެރިވާ މީހުންގެ ތިންވަނަ ބަޔަކީ، ތިމާގެ އަޚާގެ ނިޢުމަތްތައްފެނި އެނިޢުމަތްތައް ނެތިދިއުމަށް އެދުމަކާއި ނުލައި، ތިމާއަށް އެފަދަ ނިޢުމަތެއް ލިބުމަށް އެދުމެވެ.

ޙަސަދަވެރިންގެ ޙަސަދައިން ތިމާގެ ނަފްސު ސަލާމަތްކުރަން ކުރެވިދާނެ ކަންތައްތައް:

        ﷲ ތަޢާލާގެ ޙަޟްރަތުން އެކަމުން ރައްކާތެރިކަމަށް އެދުން.

        ﷲ ތަޢާލާއަށް ފުރިހަމަގޮތުގައި ތަޤުވާވެރިވުން. އެއިލާހުގެ ވަޙީބަސްފުޅުގައި ވެއެވެ. ((وَإِنْ تَصْبِرُوا وَتَتَّقُوا لَا يَضُرُّكُمْ كَيْدُهُمْ شَيْئًا)) މާނައީ: "އަދި ތިޔަބައިމީހުން ކެތްކޮށް ތަޤުވާވެރިވާނަމަ އެމީހުންގެ މަކަރުވެރިކަމަކުން ތިޔަބައިމީހުންނަކަށް އެއްވެސް ގެއްލުމެއް ނުދެވޭނެއެވެ."

        ﷲ ތަޢާލާއަށް ފުރިހަމަގޮތުގައި ތަވައްކުލު ކުރުން.

        މީހުންނަށް އިޙްސާންތެރިވުމާއި ޞަދަޤާތްކުރުން. އެހެނީ މިކަމަކީ ޙަސަދަވެރިންގެ ނުބައިކަމުންނާއި އެސްފީނާއިން ސަލާމަތްވުމަށް އޮތްމަގެކެވެ.

        ތިމާއަށް ޙަސަދަވެރިވާ މީހާއަށް އިޙްސާންތެރިވުން.

ދުޢާއަކީ، އަޅުގަނޑުމެން އެންމެންނަކީވެސް ﷲތަޢާލާގެ ވާފަށުގައި ފުރިހަމަގޮތުގައި ހިފަހައްޓައިގެންތިބޭ ބައެއްކަމުގައި ލެއްވުމެވެ.

وصلى الله تعالى وسلم على محمد وآله وصحبه أجمعين. والحمد لله رب العالمين.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި