Noorul-islam.NET :: މޯބައިލް ފޯނުގެ ރިންގް ޓޯން އަކަށް ޤުރުއާން ލުން

މޯބައިލް ފޯނުގެ ރިންގް ޓޯން އަކަށް ޤުރުއާން ލުން
Category »  މުޖުތަމަޢު

ތާރީޚް: 23 މާޗް 2011

އަޞްލު : އެމްވީ އިސްލާމް ކިޔުއޭ

ސުވާލު: ފޯނުގެ ރިންގް ޓޯން އަކަށް ޤުރުއާން ނުވަތަ މަދަޙަ އެއް ލުމަކީ ކޮންކަހަލަކަމެއްތަ؟ މިހެން މިބުނީ ފޯނަށް ޖަވާބު ދޭއިރު އަރަބި ލަފްޒެއް މެދުކަނޑާ ލެވިދާނެތީ އެވެ.

ޖަވާބު: الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد: ކީރިތި ޤުރްއާނަކީ ﷲގެ ކަލާމްފުޅެވެ. އެ ޤުރްއާން ކިޔެވުމާއި އަޑުއެހުމަކީ ގިނަގުނަ ސަވާބާއި ދަރުމަ ލިބޭ ކަމެކެވެ.

މޯބައިލް ފޯނަކީ އަބަދާ އަބަދުހެން ތިމާއާއެކު ގެންގުޅޭ އެއްޗެކެވެ. ފާޚާނާ ފަދަ ތަންތަނަށް ވަދެ އުޅޭއިރުވެސް ފޯނު ޖީބުގައި އޮންނަ ފަހަރު ގިނައެވެ. ފާޚާނާގައި ޤުރްއާނާއި ﷲގެ އިސްމުފުޅުތަކާއި އެހެނިހެން ދުޢާތައް ކިޔުމަކީ އަދި އަޑުއެހުމަކީ ރަނގަޅު ކަމެއް ނޫނެވެ.

ހަމަ އެހެންމެ، ރިންގު ވަމުންދާ ވަގުތެއްގައި ފޯނު ނަގާއިރު އާޔަތުގެ މެދު ތެރެއިން މެދުކަނޑާލެވުމުން ނުބައި މާނައެއް އައުމަކީވެސް އެކަށީގެންވާ ކަމެކެވެ. ގިނަފަހަރަށް ފޯނު ރިންގުވާން ފެށުމުން، އަވަސް އަވަހަށް ފޯނު ނަގަން ޖެހެއެވެ. ރިންގު ޓޯނުގައި ހިމެނޭ އާޔަތް ނުވަތަ ދުޢާ ނިމެންދެން މަޑުކޮށްފިނަމަ ފޯނު ކެނޑިދާނެކަމުގެ ބިރަށްޓަކައެވެ.

މަދަހަ ތަކާއި ދީނީ ދަރުސްތަކުގެ ތަންތަންކޮޅުގައިވެސް ހިމެނެނީ މިފަދަ ބަސްތަކެވެ. ﷲގެ އިސްމުފުޅުތަކާއި އާޔަތްތަކާއި އެއިލާހުގެ ނަބިއްޔާގެ ނަންފުޅުތަކާއި ބަސްފުޅުތަކެވެ. މިފަދަ ބަސްތައް ފާޚާނާ ފަދަ ތަންތަނުގައި އިވުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ.

ވީމާ އޭގައި އެންމެ ރަނގަޅު ގޮތަކީ، މިޔުޒިކަކަށް ނުވާ، އަދި ޤުރްއާނާއި ޙަދީޘް ނުހިމެނޭ، އާދައިގެ ރިންގުޓޯނެއް ލުމެވެ. މިސާލަކަށް، ދޫނީގެ ގޮވެލި، ނުވަތަ ރާޅުބާނީގެ އަޑު ފަދަ އަށެއް ލެވިދާނެއެވެ. ނުވަތަ އާދައިގެ މޭޒުމަތީ ފޯނުގެ ރިންގުޓޯން ވެސް ލެވިދާނެއެވެ.

މިގޮތަށް ކީރިތި ޤުރްއާނުގެ އާޔަތްތައް ރިންގުޓޯނަށް ލުމަކީ އެއަށް ކުރެވޭ އިޙްތިރާމް ކުޑަކުރެވޭ ކަމެއް ކަމަށާއި، އެގޮތަށް ކީރިތި ޤުރްއާން ރިންގު ޓޯނަށް ލުމަކީ، ހުއްދަކަމެއް ނޫންކަމަށް ބަޔާންކޮށް، މައްކާގައިވާ މުސްލިމް ވޯލްޑް ލީގްގެ އިސްލާމިކް ފިޤްހު އެކެޑެމީއިން ވަނީ 2008 ވަނައަހަރުގެ ކުރީކޮޅު ފަތުވާ ނެރުއްވާފައެވެ.

މީގެ އިތުރުން މިޞްރާއި ސުޢޫދީ ޢަރަބިއްޔާއާއި އިންޑިއާ އަދި ޕާކިސްތާނުގެ ޢިލްމުވެރިން ވަނީ ޤުރްއާން ރިންގު ޓޯން ބޭނުންކުރުމާ ދެކޮޅަށް ފަތުވާ ދެއްވާފައެވެ.

والله أعلم

 

ޖަވާބު: އެމްވީ އިސްލާމް ކިޔުއޭ

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި