Noorul-islam.NET :: ނިވާކަންކުޑަ ހެދުންތައް ފެޝަނަށް ހަދަނީ ވިޔަފާރިވެރިން: ޑރ. ޢަބްދުލްމަޖީދު
ނިވާކަންކުޑަ ހެދުންތައް ފެޝަނަށް ހަދަނީ ވިޔަފާރިވެރިން: ޑރ. ޢަބްދުލްމަޖީދު
Category »  ޚަބަރު

ތާރީޚް: 25 ފެބްރުއަރީ 2011

ޚަބަރު : އަބްދުއްލަތީފް / މިއަދު އޮންލައިން

 

މުޖުތަމައުގައި ނިވާކަން ކުޑަ ހެދުންތައް ޢާއްމުވެ އެފަދަ ހެދުންތަކަކީ ފެޝަންކަމަށް ހަދަނީ ވިޔަފާރިވެރިން ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ވިދާޅުވެއްޖެއެވެ.

ޑރ. ޢަބްދުލްމަޖީދު ވިދާޅުވީ އެއްބައި ދުވަސްވަރަކަށް މަތީކޮޅު އަނެއް ބައި ދުވަސްވަރަށް ތިރީކޮޅު އަނެއްބައި ދުވަސްވަރަށް މެދުހަށި ފަދަ ހަށިގަނޑުގެ ބައިތައް ޢާއްމުކޮށް ފެންނަގޮތަށް ވަންހަނާކަންކުޑަ ހެދުންތައް މުޖުތަމައުގައި ޢާއްމުވަމުންދަނީ ވިޔަފާރިވެރިން، ހެދުން ވިއްކާ ފަރާތްތަކުން އެފަދަ ހެދުންތައް އިޝްތިހާރު ކުރަމުންދާތީ ކަމަށެވެ.

ޑރ. ޢަބްދުލްމަޖީދު ވިދާޅުވީ މިފަދަ ކަންކަން ޢާއްމުވަމުންދަނީ މުޖުތަމައުގެ ހޭލުންތެރިކަން ކުޑަކަމުން ކަމަށެވެ. އަދި އެފަދަ ކަންކަން ކުރަނީ މާބޮޑު ވިސްނުމަކާއިލައިގެން ވެސް ނޫން ކަމަށެވެ. އަދި ޤަޞްދުގައި އިސްލާމް ދީނުގެ ޙުކުމަކާއި ދެކޮޅު ހެދުމުގެ ނިޔަތުގައިވެސް ނޫން ކަމަށެވެ. އެކަން އެހެން އެވަނީ ޢައުރަ ނިވާ ނުކުރުމަކީ ކިހައި މިންވަރެއްގެ ކަމެއްކަން އެކުދިންނަށް ނޭނގޭތީ. ކަމަށެވެ.

މިކަމުގެ ހެކި ދައްކަވަމުން ޑރ. ޢަބްދުލްމަޖިދު ވިދާޅުވީ ބައެއް އަންހެނުން ނިވާކަންކުޑަހެދުން ލައިގެން، ބުރުގާވެސް ނާޅައި މިސްކިތަށް ގޮސް، ކޮތަޅަކަށް ލައިގެން ގެންދާ ދޮޅިން އައުރަ ނިވާކޮށްގެން ނަމާދުކުރާކަމަށެވެ. އެފަދަ ކުދިންނަށް އައުރަ ނިވާކުރަން އަމުރުކުރެއްވެވީ ނަމާދު ކުރުމަށް ވެސް އަމުރުކުރެއްވެވި އިލާހުކަމާ އައުރަ ނިވާ ނުކޮށް އުޅުމާއިމެދު މާތްﷲ އަންގަވާފައިވާ ޙުކުމްފުޅުތައް ނޭނގެނީ ކަމަށެވެ.
ޑރ. ޢަބްދުލްމަޖިދު ވިދާޅުވީ އެފަދަ ގޮތްތަކަށް އަމަލުކުރަނީ މާތްﷲގެ އަމުރުފުޅުތަކުގެ ތެރެއިން އެއްބައި އަމުރުފުޅުތަކަށް އަމަލުކޮށްފައި އަނެއްބައި އަމުރުފުޅުތަކަށް އަމަލުނުކުރުމުން ލިބެންހުރި ޢަޒާބުގެ ވާހަކަތައް ކީރިތި ޤުރުއާނުގައި ބަޔާންވެގެންވާއިރު އެކަންކަން ރަނގަޅަށް ނޭނގޭތީ ކަމަށެވެ.

އަޅުގަނޑުމެންގެ ތެރޭގައި މިފަދަ ނޭދެވޭ ކަންކަން ޢާއްމުވަމުން މިދަނީ މިނިވަންކަމުގެ ނަމުގައި ހިންގޭ ބައެއް ހަރަކާތްތަކުން ކަންވެސް ޑރ. ޢަބްދުލްމަޖީދު ފާހަގަކުރެއްވެވިއެވެ. އެކަމުގެ ހެކި ދައްކަވަމުން ޑރ. ޢަބްދުލްމަޖީދު ވިދާޅުވީ ސްކޫލަކަށް ދާންވީމާ އެތަނުން އަންގާ ގޮތަކަށް ޔުނިފޯމު އަޅަންޖެހުމުން މިނިވަންކަމުގެ ވާހަކަ ނުދެއްކި ނަމަވެސް އަޅުގަނޑުމެން އުފައްދަވާ ގެންގުޅެ ބޮޑުކުރައްވާ އިލާހުގެ އަމުރުފުޅަށް އައުރަ ނިވާކުރަންޖެހުމުން މިނިވަންކަމުގެ ވާހަކަތައް ދައްކައި ހަދަނީ ހުޅަނގުގެ ލާދީނީ ނުފޫޒުން ކަމަށެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި