Noorul-islam.NET :: ދީނީ މިނިވަންކަން އެންމެ ކުޑަ 11 ޤައުމުގެތެރޭގައި ރާއްޖެ ހިމަނައި އިތުރު މަންދޫބުން ފޮނުވަނީ




ދީނީ މިނިވަންކަން އެންމެ ކުޑަ 11 ޤައުމުގެތެރޭގައި ރާއްޖެ ހިމަނައި އިތުރު މަންދޫބުން ފޮނުވަނީ
Category »  ޚަބަރު

ތާރީޚް: 25 ފެބްރުއަރީ 2011

ޚަބަރު : މިއަދު އޮންލައިން

ރާއްޖެއަކީ ދީނީ މިނިވަންކަން އެންމެ ކުޑަ 11 ޤައުމުގެ ތެރޭގައި ހިމެނޭ ޤައުމެއް ކަމަށް ކަނޑައަޅައި ރާއްޖޭގައި އެހެން ދީންތަކަށް ފުރުޞަތު ހޯދައިދިނުމަށް އެމެރިކާ ސަރުކާރަށް ހުށަހަޅައިގެން އިތުރު މަންދޫބުން ރާއްޖެއަށް ފޮނުވަން މަސައްކަތްކުރާނެކަމަށް ކްރިސްޓިއަން ދީން ފަތުރަން މަސައްކަތްކުރާ އެމެރިކާގެ ޖަމާއަތަކުން ހާމަކޮށްފިއެވެ.

ދީނީ މިނިވަންކަން އެންމެ ކުޑަ ޤައުމުތަކުގެ ގޮތުގައި އެފަރަތުން ފާހަގަކޮށްފައިވަނީ ސައުދީ އަރަބިޔާ، ޔަމަން، އީރާން އަފްޣާނިސްތާން، އުޒްބަކިސްތާން، ޕާކިސްތާން، ފަދަ ޤައުމުތަކެވެ.

އެފަރާތުން ބުނެފައިވަނީ ދޮރުން ދޮރަށް ހިނގައި ކްރިސްޓިއަން ދީން ފަތުރަން މި ޤައުމުތަކުގައި މިނިވަންކަން ނެތްކަމަށާއި އެ މިނިވަންކަން ހޯދައިދިނުމަށް އެމެރިކާގެ ސަރުކާރަށް ގޮވާލާ ކަމަށެވެ.

އަދި މިސްރާއި ޓިޔުނީސިއާގެ ރައްޔިތުން މިނިވަންކަން ހޯދައިފިކަމަށްވެސް އެފަރާތުން ބުނެއެވެ.

މިކަމާ ގުޅިގެން މިއަދުނޫހަށް މައުލުމާތު ދެއްވި ދީނީ އިލްމުވެރިޔަކު ވިދާޅުވީ މިފަދަ ކަންކަމަކީ އަބަދުވެސް ހިނގަމުންދާ ކަންކަން ކަމަށާއި ނަމަވެސް މެދުއިރުމަތީގެ ޤައުމުތަކުގައި މިހާރު ހިނގަމުންދާ މިނިވަންކަން ހޯދުމުގެ އޮއިވަރާއެކު މިކަންކަން ވަރށް ބާރަށް ކުރިއަސް ގެންދަން އެމީހުން ވަރަށް ބޮޑަށް މަސައްކަތްކުރާނެ ކަމަށެވެ.

އަދި ރިޒޯޓޫތަކަށް އަންނަ ފަތުރުވެރިން ނޫން ގޮތްގޮތަށް މާލެ އާއި ރާއްޖެތެރޭގައި ހަރަކާތްތެރިވަމުންދާ އެމީހުން ނާއިމެދު ދެވޭ ސަމާލުކަން ވަރަށް ކުޑަކަމަށާއި މިފަދަ ދުވަސްވަރެއްގައި އެގޮތުން ދޭންޖެހޭ ސަމާލުކަން ކުޑަވެއްޖެނަމަ އަޅުގަނޑުމެންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމަށް ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުން ވަރަށް ގާތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި މައްސަލަތަކެއް އުފެދި ނުރައްކާތެރިހިސާބަކަށް ކަންކަން ހިނގައިދާނެކަމުގެ ބިރު މިހާރު ވަރަށް ބޮޑު. މަދު ބައަކު ހޮންމެ ފިކުރެއް ގެންގުލުނު ނަމަވެސް ދިވެހިންނަކީ އިސްލާމް ދީން ދޫކުރާނެ ބައެއް ނޫން. ދެން އުފެދެނީ ހަމަނުޖެހުން. މިއީ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެއް. ޤައުމުތައް ހަލާކުވެގެން އެދަނީ އެމީހުންގެތެރޭގައި އުފެދޭ ހަމަނުޖެހުންތަކުން. އެކަން ކުރުވަނީ ކޮންބައެއްކަންވެސް އެންމެންނަށް އެނގޭ. މިފަދަ ހާލަތެއް ރާއްޖެއަށް ކުރިމަތިނުކުރެއްވުން އެދި ދުޢާކުރަން އޭނާ ވިދާޅުވިއެވެ

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި