Noorul-islam.NET :: ރާއްޖެއިން 1432 ވަނަ އަހަރު ޙައްޖަށް މީހުން ގެންދިޔުމަށް 10 ޖަމާޢަތެއް ކޮލިފައިވެއްޖެ




ރާއްޖެއިން 1432 ވަނަ އަހަރު ޙައްޖަށް މީހުން ގެންދިޔުމަށް 10 ޖަމާޢަތެއް ކޮލިފައިވެއްޖެ
Category »  ޚަބަރު

ތާރީޚް: 14 ފެބްރުއަރީ 2011

ޚަބަރު : ނޫރުލްއިސްލާމް ޚަބަރު

ރާއްޖެއިން މިއަހަރު މީހުން ޙައްޖަށް ގެންދިއުމަށް ކޯޓާ ދޫކުރާ އުޞޫލުގެ ދަށުން ދިހަ ޖަމާޢަތެއް ކޮލިފައިވެއްޖެ ކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަ ކުރައްވައިފިއެވެ.

އެ މިނިސްޓްރީން މަޢުލޫމާތު ދެއްވާ ގޮތުގައި ޙައްޖަށް މީހުންގެންދިއުމަށް ބޭނުންވާ ފަރާތްތަކަށް ހުޅުވާލެވުނު ފުރުޞަތުގައި އެކަމަށް އެދިފައިވަނީ 13 ފަރާތަކުންނެވެ. މިތޭރަ ޖަމާޢަތުގެ ތެރެއިން 10 ޖަމާޢަތެއް ކޮލިފައިވިނަމަވެސް އެއިން ފަރާތަކުން ބޭންކް ގެރެންޓީ ނުވަތަ އެގެރެންޓީއަށްވާ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގައި ފިނޭންސްގައި އޮންނަ އެކައުންޓަކަށް ޖަމާކޮށް އިސްލާމިކް މިނިސްޓްރީއަށް ހުށަނާޅައިފިނަމަ އެޖަމާޢަތެއް ޑިސްކޮލިފައިވާނެ ކަމަށްވެސް ހާމަ ކުރައްވައެވެ.

ކޮލިފައިވި ޖަމާޢަތްތަކަށް އެކަން މިދިއަ ބުރާސްފަތި ދުވަހުވަނީ އަންގަވާފައެވެ.

1432 ވަނަ އަހަރުގެ ޙައްޖަށް މީހުން ގެންދިޔުމަށް ކޮލިފައިވި ޖަމާޢަތްތަކަކީ،

1.     ޖަމާޢަތު ޒަޢީ ލިލްޙައްޖު ވަލްޢުމްރާ

2.      އަތަމާ ޙައްޖު ގްރޫޕް

3.      އަލްމަނާސިކް

4.      ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕް

5.      އަލްޚައިރު ޙައްޖު އެންޑް ޢުމްރާ

6.      އައްސަފާ ޙައްޖު އެންޑް ޢުމްރާ

7.      މަލީޝާ ޙައްޖު އެންޑް ސަރވިސަސް

8.      ޖަމާޢަތު ޔޫއެސް

9.      އަލްބަޓްރޮސް

10. ކްލެސިކް ޓްރެވަލް މޯލްޑިވްސް

 

މިޖަމާޢަތްތަކުން ގެރެގެންޓީ ހުށަހަޅަން ޖެހެނީ 14 ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ގެރެންޓީ ހުށަނާޅާނަމަ އެ ޖަމާޢަތް ޑިސްކޮލިފައިވާނެކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވާފައިވެއެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި