Noorul-islam.NET :: ދިމުދިމުގެ ދެވަނަ ވާޝަން ނެރެފި




ދިމުދިމުގެ ދެވަނަ ވާޝަން ނެރެފި
Category »  ޚަބަރު

ތާރީޚް: 5 ފެބްރުއަރީ 2011

 : 

ނޫރުލްއިސްލާމާއި ދިވެހި ސޮފްޓު ގުޅިގެން ތައްޔާރުކޮށް، 2010 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ލޯންޗު ކުރެވުނު ނަމާދު ވަގުތު ސޮފްޓްވެއަރ ދިމުދިމުގެ 2 ވަނަ ވާޝަން ނެރެފިއެވެ.

ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގެ ނަމާދު ވަގުތު ހިމަނައިގެން ނެރެވިފައިވާ މި ސޮފްޓުވެއާގެ ދެވަނަ ވާޝަން ނެރެފައިވަނީ މިކަމަށްޓަކައި ބޭއްވުނު ޚާއްޞަ ޙަފްލާއެއްގައި އައްޑޫ ހައި ސްކޫލްގައެވެ. ދެވަނަ ވާޝަން ނެރެދެއްވީ އެ ސްކޫލްގެ ޑިޕިޔުޓީ ޕްރިންސިޕަލް ފަޟީލަތުއްޝައިޚް ޙުސައިން ފަހުމީއެވެ. މި ރަސްމިއްޔާތުގައި ނޫރުލްއިސްލާމްގެ އެޑިޓަރު މުޙައްމަދު އަނީލާއި ދިވެހި ސޮފްޓުގެ ސީއީއޯ އަލްފާޟިލް އަޙްމަދު މިހާދު، ސޮފްޓުވެއާގެ ކުރިމަގާމެދު ވާހަކަ ދެއްކެވިއެވެ.

އެދެބޭފުޅުންގެ ވާހަކަފުޅުގައި ދިމުދިމުގެ މޯބައިލް ވާޝަންތަކެއް ވަރަށް އަވަހަށް ނެރުމުގެ މަސައްކަތް ކުރެވެމުންދާކަމަށް ވިދާޅުވިއެވެ. ވިންޑޯޒް ފޯން 7 އާއި އައިފޯން އަދި އެންޑރޮއިޑް އަށް ސަޕޯޓް ކުރާ ގޮތަށް މޯބައިލް ދިމުދިމު ތައްޔާރު ކުރެވުމުގެ މަސައްކަތް ކުރައްވާ ކަމަށް އެދެބޭފުޅުން ވިދާޅުވިއެވެ.

އަދި ވެބްސައިޓްތަކުގައި ނަމާދުވަގުތު އެމްބެޑް ކުރެވޭ ގޮތަށް ވިޖެޓްތަކެއް ތައްޔާރު ކުރުމުގެ މަސައްކަތްވެސް ކުރެވޭނެކަމަށް މަޢުލޫމާތު ދެއްވިއެވެ.

ދިމުދިމުގެ ފުރަތަމަ ވާޝަން ނެރެ ދެއްވީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީއެވެ.

ދިމުދިމު ޑައުންލޯޑު ކުރެވޭނީ، ތިރީގައިމިވާ ލިންކުންނެވެ.

www.noorul-islam.net/prayertime

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި