Noorul-islam.NET :: އަހަރެމެންގެ ދުޢާތައް އިޖާބަ ނުވަނީ ކީއްވެގެން ހެއްޔެވެ؟

އަހަރެމެންގެ ދުޢާތައް އިޖާބަ ނުވަނީ ކީއްވެގެން ހެއްޔެވެ؟
Category »  ދީނީ ލިޔުން

ތާރީޚް: 29 ޖެނުއަރީ 2011

ލިޔުއްވީ : މުޙައްމަދު އަނީލް (ނޫރުލްއިސްލާމްގެ އެޑިޓަރު)

3 ވަނަ ޤަރުނުގެ ޢިލްމުވެރިއެއްގެ އަރިހު ސުވާލު ދެންނެވުނެވެ.

"ﷲ ވަޙީ ކުރެއްވިއެވެ. وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ (غافر: ٦٠) އަދި ކަލޭގެފާނު ހައްދަވައި ގެންގުޅުއްވާ އިލާހު ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ތިމަން އިލާހަށް ދުޢާ ކުރާށެވެ. ތިމަން އިލާހު ތިޔަބައިމީހުންނަށްޓަކައި އިޖާބަކުރައްވާ ހުށީމެވެ."

އަހަރެމެން ދުޢާވެސް ކުރަމުއެވެ. ނަމަވެސް އެ ދުޢާ އިޖާބައެއް ނުވެއެވެ. އެއީ ކީއްވެގެންތޯއެވެ؟

ޢިލްމުވެރިޔާ ޖަވާބު ދެއްވިއެވެ؛

ތިޔަބައިމީހުން ﷲ އަށް ދަންނަވަމުއެވެ. ނަމަވެސް އެއިލާހަށް ކިޔަމަންތެރިއެއް ނުވަމުއެވެ.

ތިޔަބައިމީހުން ޤުރްއާން ކިޔަވަމުއެވެ. ނަމަވެސް އެޤުރްއާނާ އެއްގޮތަށް ޢަމަލެއް ނުކުރަމުއެވެ.

ތިޔަބައިމީހުން ޝައިޠާނާ އެއީ ކާކުކަން ދަންނަމުއެވެ. ނަމަވެސް އޭނާއަށް ތަބާ ވަމުއެވެ.

މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ދެކެ ލޯބިވާކަމަށް ތިޔަބައިމީހުން ދަޢުވާ ކުރަމުއެވެ. ނަމަވެސް ތިޔަބައިމީހުން އެކަލޭގެފާނުގެ ސުއްނަތަށް ޢަމަލު ނުކޮށް އެނަގާލަމުއެވެ.

ސުވަރުގެ ލިބިގަތުމަށް ލޯބިކުރާކަމުގައި ތިޔަބައިމީހުން ދަޢުވާ ކުރަމުއެވެ. ނަމަވެސް އެތަން ޙާޞިލު ކުރުމަކަށް ތިޔަބައިމީހުން މަސައްކަތެއް ނުކުރަމުއެވެ.

ނަރަކައިގެ އަލިފާނުން ސަލާމަތްވުމަށް ތިޔަބައިމީހުން އެދޭކަމުގައި ދަޢުވާކުރަމުއެވެ. ނަމަވެސް އެތަނުން ސަލާމަތްވުމަށް ތިޔަބައިމީހުން މަސައްކަތެއް ނުކުރަމުއެވެ.

"ހަމަކަށަވަރުން ތިމަންނަމެން މަރުވާނެއޭ ތިޔަބައިމީހުން ބުނަމުއެވެ. ނަމަވެސް ތިޔަބައިމީހުން އެމަރަށް ތައްޔާރެއް ނުވަމުއެވެ.

ތިޔަބައިމީހުން އެހެންމީހުންގެ ކުށްތައް ހޯދައި ބަލައި އުޅެމުއެވެ. ނަމަވެސް އަމިއްލަ ކުށްތައް ހޯދައެއް ނޫޅެމުއެވެ.

ތިޔަބައިމީހުން ﷲ ދެއްވި ރިޒުޤުން ކައިބޮއެ އުޅެމުއެވެ. ނަމަވެސް ތިޔަބައިމީހުން އެއިލާހަށް ޝުކުރުވެރިއެއް ނުވަމުއެވެ.

ތިޔަބައިމީހުން މަރުވެދާ މީހުން ވަޅުލަމުއެވެ. ނަމަވެސް އެކަމުން ޢިބްރަތް ޙާޞިލެއް ނުކުރަމުއެވެ.

 

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! އަހަރެމެންގެ ތެރެއިން ގިނަ މީހުންގެ ޙާލަކީ މިއީއެވެ. ދުޢާކޮށް އެ ދުޢާ އިޖާބަ ނުވެވިގެން އަހަރެމެން އުޅޭއިރު، އަހަރެމެންގެ ޙާލަކީ މިއީއެވެ.

ﷲ އަށް އީމާންވާކަމުގައި ދުލުކުރިން ބުނަމުން އެއިލާހަށް އެނގިތިބެ އުރެދެމުން އެއިލާހުގެ ޙަޟްރަތުން ދުޢާއަށް އިޖާބައަކަށް އެދެނީ ހެއްޔެވެ؟


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި