Noorul-islam.NET :: ދިރާސީ އާހަރަށް މަރުޙަބާ ކިޔަމެވެ.

ދިރާސީ އާހަރަށް މަރުޙަބާ ކިޔަމެވެ.
Category »  މުޖުތަމަޢު

ތާރީޚް: 18 ޖެނުއަރީ 2011

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ

ހިދާޔަތުގެ އަލި، 7 ޖެނުއަރީ 2011 އިން ނަގާފައި:

 

މާދަންނޫން އަނެއް ދުވަހަކީ މިއަހަރުގެ ދިރާސީ އަހަރު ފެށޭދުވަހެވެ. އެހެންކަމުން، ދިރާސީ އާހަރަށް މަރުޙަބާ ކިޔަމެވެ. އަދި މިއަހަރަކީ ހުރިހާ ދަރިވަރުންނަށް ބާއްޖަވެރި އަހަރެއްކަމުގައި ލެއްވުން އެދި ކީރިތިވަންތަ ﷲއަށް ދުޢާ ދަންނަވަމެވެ. މިފަދަ ވަގުތެއްގައި ދަރިންނަށް ތަރުބިޔަތު ދިނުމުގައި ވިސްނަންޖެހޭ މުހިއްމު ބައެއް ކަންތަކުގެ މައްޗަށް އަލިއަޅުވާލުމަކީ މުނާސަބު ކަމެއްކަމުގައި ދެކެމެވެ.

ތަޢުލީމާއި ތަރުބިޔަތުގެ އަމާޒަކަށް ވާންވާނީ ޤައުމާއިގެން ކުރިޔަށް ދާނޭ ހަރުދަނާ ދަރިންތަކެއް އުފެއްދުމެވެ. މިފަދަ ދަރިންތަކެއް އުފެއްދޭނީ، އެކުދިންނަކީ ހަރުދަނާ ޢަޤީދާއެއްގެ އަހްލުވެރި، ރިވެތި އިސްލާމީ ރިވެތި އަޚްލާޤުން ޒީނަތްތެރިވެގެންވާ، ކާބަފައިން އަޅުގަނޑުމެންނާ ހަމަޔަށް ގެނެސްދީފައިވާ އަމާނާތަކީ ކޮބައިކަން ދަންނަ، ޤައުމަށް ވަފާތެރި ބަޔަކަށް ހެދިގެންނެވެ.  

ދިވެހިރާއްޖޭގެ ތަޢުލީމުގެ ޤައުމީ ފަލްސަފާގައިވާ ގޮތުން، ދިވެހިރާއްޖޭގެ މަދުރަސީ ތަޢުލީމު ފުރިހަމަ ކުރާ ކޮންމެ ކުއްޖަކަށް، އިސްލާމީ ދިވެހި މުޖްތަމަޢުގެ ބައިވެރިއެއްގެ ގޮތުންނާ، އަމިއްލަ ފަރުދެއްގެގޮތުން އެކުއްޖެއްގެ އަމިއްލަ ނަފުސާއި ޢާއިލާއަށާއި ރަށަށާއި ދިވެހި ޤައުމަށް ފައިދާކޮށްދޭނޭ ހަރުދަނާ މީހަކަށްވުމުގެ ޤާބިލިއްޔަތު ލިބިދިނުމަށާއި، އިސްލާމީ ޢަޤީދާއާއި ދިވެހި ވަންތަކަން ޙިމާޔަތްކޮށް، އެކަންކަން ދެމެހެއްޓުމުގެ ކުޅަދާނަކަން ލިބިދިނުމަށްޓަކައި، ކުއްޖާގެ ވިސްނުމާއި ހަށިގަނޑާއި ރޫޙީބައި ތަރައްޤީކޮށް ހާނައި ތަރުބިޔަތުކޮށްދިނުމާއި، އެކަންކަމަށް ބޭނުންވާ ހުނަރުތައް ލިއްބައި ދޭންޖެހެއެވެ.

ކަންމިހެން އޮތްއިރު، އަޅުގަނޑުމެންގެ ސްކޫލްތަކުގައި ކިޔަވައިދިނުން އަމާޒުކުރެވެންވާނީ، މިފަލްސަފާގައި ކަނޑައެޅިފައިވާ ކަންތައްތައް ފުރިހަމަކުރުމަށެވެ. މިކަމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީންވެސް ލާޒިމުކޮށްފައިވާ ކަމެކެވެ. އެއަސާސީގެ 36 ވަނަ މާއްދާގެ (ނ)ގައި ވާގޮތުން، ތަޢުލީމީ ނިޒާމުގެ ތެރެއިން އިސްލާމް ދީނަށް ބޯލަނބައި ކިޔަމަންގަތުމަށް ބާރުއެޅުމަށާއި، އިސްލާމްދީނަށް ލޯބިޖެއްސުމަށާއި، އިންސާނީ ޙައްޤުތަކަށް އިޙްތިރާމް ކުރުމަށާއި، ޢާންމުކޮށް އެންމެންގެ މެދުގައި ޞުލްޙަމަސަލަސްކަމާއި ރަޙްމަތްތެރިކަން ބާއްވައިގެން އުޅުމުގެ މުހިއްމުކަން އުނގަންނައިދީ، މިކަންކަން ކުރިއެރުވުމަށް ބާޅުއަޅަންވާނެއެވެ.

އިސްލާމްދީނުގެ ނަޒަރުގައި އިމާންކަމަކީ، ހަމައެކަނި ދުލުކޮޅުން ބުނެލާ ބަހެއްނޫނެވެ. ޙަޤީޤީ އީމާންކަމަކީ، އޭގެ އަލިކަން އެމީހެއްގެ ހިތާހަމައަށް ވާޞިލުވާ ހިނދު، އެހިތުގެ އަޑިން އެކަން ޤަބޫލު ކުރާ އީމާންކަމެކެވެ. އަދި އެމީހެއްގެ ގުނަވަންތަކުން އެކަމުގެ ހެކިތައް ފެންނަ އީމާންކަމެކެވެ. އޭނާގެ ސުލޫކާއި އަޚްލާޤުންވެސް އޭގެ އަސަރުތައް ފެންނަން އީމާންކަމެކެވެ. މިކަން ކީރިތި ރަސޫލާ صلى الله عليه وسلم ގެ ބަސްފުޅުން ސިފަކުރެވިފައިވަނީ މިފައިންނެވެ. اَلْإِيْمَانُ مَا وَقَرَ فِي الْقَلْبِ وَصَدَّقَهُالْعَمَلُ"  އީމާންކަމަކީ ހިތުގައި ބިންވަޅުނެގި އެމީހެއްގެ ޢަމަލުން އެކަން ތަސްދީޤުކުރާ އެއްޗެކެވެ.

އެއްވެސް ޙާލެއްގައި އީމާންކަމަކީ ހަމައެކަނި ﷲ މަޢުރިފާކޮށް ދަނެގަތުމެއް ނޫނެވެ. ނުވަތަ ރޫޙާނީ ލައްޒަތެއް ވެސް ނޫނެވެ. ނުވަތަ ހަމައެކަނި ޢިބާދާތުގެ ތެރޭގައި ހިމެނޭ އަޅުކަންތަކެއް އަދާކުރުމެއްވެސް ނޫނެވެ. އެއާ ޚިލާފަށް އިސްލާމް ދީނަކީ މިހުރިހާ ކަމެކެވެ. އިސްލާމް ދީނަކީ ﷲ މަޢުރިފާކޮށް ދަތުމާއެކު، ހިތުގެއަޑިން އެކަން ޤަބޫލުކޮށް އެކަމަށް އިޢްތިރާފުވުމާއެކު، އެއާ އެއްގޮތަށް ތިމާގެ ސުލާކާއި ޢަމަލުތައް ބަހެއްޓުމެވެ. އަދި މިކަންކަމުގައި ޙައްދުފަހަނައަޅައި ދިއުމެއްވެސް ނުވެއެވެ. ހަމައެހެންމެ ފަރުވާ ކުޑަ ކުރުމެއްވެސް ނުވެއެވެ.  ތިމާއަށް ކުޅަދާނަކަން ލިބިގެންވީ މިންވަރަކުން އެކަންތައް އަދާކުރަމުން ދިއުމެވެ. 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި