Noorul-islam.NET :: ޓޭޕް ރިކޯޑަރު ބޭނުންކޮށްގެން ބަންގި ގޮވުން

ޓޭޕް ރިކޯޑަރު ބޭނުންކޮށްގެން ބަންގި ގޮވުން
Category »  ފިޤްހު

ތާރީޚް: 17 ޖެނުއަރީ 2011

ލިޔުއްވީ : ފަޟީލަތުއްޝައިޚް ޙުސައިން ރަޝީދު އަޙްމަދު

ސުވާލު:

ބަންގިވަމުންދާ މިސްކިތެއްގައި މީހަކު ބަންގި ގޮވުމުގެ ބަދަލުގައި ޓޭޕް ރިކޯޑަރު ބޭނުންކޮށްގެން ބަންގި ގޮވުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟ އެއީ ޞައްޙަވާނެ ބަންގިއެއްތޯއެވެ؟ އަދި އެފަދަ ބަންގިއަކަށްފަހު ކުރެވޭ ނަމާދު ޞައްޙަވާނެތޯއެވެ؟

ޖަވާބު:

ބަންގިއަކީ ފަރުޟު ފަސް ނަމާދުގެ ތެރެއިން ނަމާދެއްގެ ވަގުތު ވަނުމުން، އެވަގުތު ވަދެއްޖެކަން މުސްލިމުންނަށް އަންގައި ދިނުމުގެގޮތުން ދީނުގައި ކުރުމަށް އޮންނަ އިޢުލާނެކެވެ. މިގޮތުން ދީނުގެ ގިނަ ޢިލްމުވެރިން ވިދާޅުވާގޮތުގައި ބަންގި ދިނުމަކީ ރަށެއްގައިނަމަ، އެރަށުގެ އަހުލުވެރިންގެ މައްޗަށް އޮންނަ ކިފާޔަތުގެ ފަރުޟެކެވެ. ނަމަވެސް ނަމާދުކުރެވޭ ކޮންމެ ތަނެއްގައި ނުވަތަ ކޮންމެ މިސްކިތެއްގައި އެއީ ގަދަވެގެންވާ ސުއްނަތެކެވެ. އެހެންކަމުން އެއީ އަޅުކަމަކަށްވާތީވެ، އެކަމުގެ ސުއްނިއްޔަތު އަދާވެވޭނީ މުސްލިމުންގެ ތެރެއިން ކޮންމެވެސް މީހަކު އެކަން ކުރުމުންނެވެ.

މުސްލިމުން ދިރިއުޅޭ ކޮންމެ ހިސާބުގަނޑެއްގައި ޖަމާޢަތުގައި ނަމާދު ކުރެވޭނަމަ އެތަނެއްގައި ނަމާދުގެ ވަގުތު ވަދެއްޖެކަން އަންގައި އިޢުލާން ކުރުމަށްޓަކައްޔާއި މީސްތަކުންނަށް މިސްކިތަށް އައުމަށްޓަކައި ބަންގިދީ ނަމާދަށް ގޮވުމުގެ ގޮތުން މީހަކު ކަނަޑައެޅުމަކީ އެއުރެންގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ.

މިގޮތުން ރާބިޠަތުލް ޢަލަމިލްއިސްލާމީގައި އޮންނަ ދުނިޔޭގެ ޢިލްމުވެރިންގެ އިސްލާމީ ފިޤުހު އެކަޑަމީން މިކަމާބެހޭގޮތުން ވަނީ އަންނަނިވި ނިންމުންތައް ނިންމާފައެވެ. އެއީ 1406 ވަނަ އަހަރު މައްކާގައި ބޭއްވުނު އެއަކަޑަމީގެ 9 ވަނަ ދައުރުގެ ޖަލްސާއިންނެވެ. އެޤަރާރުގައިވަނީ:

"ނަމާދުގެ ވަގުތު ވަނުމުން މިސްކިތްތަކުގައި ދެވޭ ބަންގި ރިކޯޑު ކުރެވިގެންވާ އެއްވެސް ވަސީލަތެއްގެ އެހީގައި ރޭޑިއޯ ޗެނެލަކުން ނުވަތަ އެނޫންވެސް އެފަދަ ޗެނެލަކުން ފޮނުވުމަކީ މިކަމުގެ ސުއްނިއްޔަތު އަދާކުރެވޭނެ ކަމެއްނޫނެވެ. އަދި އެބަންގިވެސް އެގޮތަށް ހުއްދަވެގެނެއްނުވާނެއެވެ. އެހެންކަމުން މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ ކޮންމެ ފަރުޟު ނަމާދެއްގެ ވަގުތަކަށް ކޮންމެ މިސްކިތެއްގައި ބަންގި ގޮވުމެވެ. މިއީ މިއުއްމަތުގެ މުސްލިމުން ލޮބުވެތި ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ޒަމާނުއްސުރެން ފެށިގެން މިއަދާހަމައަށް ތަވާތުރު ގޮތެއްގައި އެއްބަޔަކު އަނެއްބައެއްގެ ކިބައިން ލިބިގަންނަމުން ޢަމަލު ކުރަމުން އަންނަ ވިރާސީ އަޅުކަމެކެވެ. އެނޫންގޮތަކަށް ބަންގި ދިނުމީ ޞައްޙަވާނޭ ކަމެއްނޫނެވެ. ނަމަވެސް ދީނުގެ ދަންނަބޭކަލުން ނަމާދުގެ ޞައްޙަވުމުގެ ޝަރުޠުތަކުގެ ތެރޭގައި ބަންގިގޮވުން ހިމަނުއްވަވާފައި ނުވުމާއެކު ރިކޯޑަރަކުން ބަންގި ދީގެން ނަމާދު ކުރިކަމުގައި ވިއަސް ނަމާދު ޞައްޙަވާނެއެވެ. އެކަމަކު އެގޮތަށް ބަންގި ދިނުމީ ޞައްޙަވެގެންނުވާނޭ ބިދުޢައެކެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި