Noorul-islam.NET :: މުދަލު ޒަކާތުގެ ނިސާބު ބޮޑުވެއްޖެކަން އިސްލާމިކް މިނިސްޓްރީން އިޢުލާނު ކުރައްވައިފި




މުދަލު ޒަކާތުގެ ނިސާބު ބޮޑުވެއްޖެކަން އިސްލާމިކް މިނިސްޓްރީން އިޢުލާނު ކުރައްވައިފި
Category »  ޚަބަރު

ތާރީޚް: 16 ޖެނުއަރީ 2011

 : 

މުދަލު ޒަކާތުގެ ނިސާބު ބޮޑުވެއްޖެކަން އިސްލާމިކް މިނިސްޓްރީން އިޢުލާނު ކުރައްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުއްވާފައިވާ އިއުލާނެއްގައިވާ ގޮތުން ޖެނުއަރީ 6 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވަޖިބުވާ ނިސާބަކީ 7،508.90ރ. އެވެ. މިއީ ކުރިން އޮތް ނިސާބު، 4،248.3ރ. އަށްވުރެ، 3،260.6ރ. ބޮޑު އަދަދެކެވެ. 

އިސްލާމިކް މިނިސްޓްރީގެ އެ ސިސްޓަންޓް ޑިރެކްޓަރު އަހުމަދުﷲ ޖަމީލް ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ރަނުގެ އަގަށް އަންނަ ބަދަލާ ގުޅުގުވައިގެން ކޮންމެ އަހަރަކު ދެ ފަހަރު އިސްލާމިކް މިނިސްޓްރީން މުދަލު ޒަކާތުގެ ނިސާބު އިއުލާނު ކުރައްވަމުން ގެންދަވާ ކަމަށެވެ. 

އަދި ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން ހަވީރު 3:00 އަށް އިސްލާމިކް މިނިސްޓްރީގެ ފައިސާ އާ ބެހޭ ސެކްޝަނުން މުދަލު ޒަކާތް ބަލައިގަންނަމުން ގެންދަނޭ ކަމަށާއި އަތޮޅުތަކުން ނަމަ އެ ރަށެއްގެ ރަށު އޮފީހުން މުދަލު ޒަކާތް ބަލައިގަންނަމުން ގެންދާނޭ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މުދަލުޒަކާތް ދެއްކުމުގެ މުހިންމު ކަމާ މެދު މީހުން ހޭލުންތެރި ކުރުވުމަށް އެ މިނިސްޓްރީން ތަފާތު މަސައްކަތްތަކެއް ކުރަމުން އަންނަ ކަންވެސް ފާހަގަ ކުރެވެއެވެ. މިގޮތުން އިސްލާމިކް މިނިސްޓްރީ އުފެދުނު ފަހުން މިވީ 2 އަހަރުގެ ތެރޭގައި މީގެ ކުރިން ދުވަހަކުވެސް ޒަކާތުގެ ފައިސާގެ ގޮތުގައި ނުލިބޭވަރަށް ގިނައިން ޒަކާތަށް ފައިސާ ދައްކާފައިވާކަން ފާހަގަ ކުރެވެއެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި