Noorul-islam.NET :: އަޅުތަކުންގެ މައްޗަށް ހުރި ﷲގެ ދަރުމަވަންތަވެރިކަމުގެ ބޮޑުކަން




އަޅުތަކުންގެ މައްޗަށް ހުރި ﷲގެ ދަރުމަވަންތަވެރިކަމުގެ ބޮޑުކަން
Category »  ދީނީ ލިޔުން

ތާރީޚް: 8 ޖެނުއަރީ 2011

ލިޔުއްވީ : ފަޟީލަތުއްޝައިޚް ޙުސައިން ރަޝީދު އަޙްމަދު

عَنْ أَبِي ذَرٍّ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِيمَا رَوَى عَنْ اللَّهِ تَبَارَكَ وَتَعَالَى أَنَّهُ قَالَ:

يَا عِبَادِي إِنِّي حَرَّمْتُ الظُّلْمَ عَلَى نَفْسِي وَجَعَلْتُهُ بَيْنَكُمْ مُحَرَّمًا فَلاَ تَظَالَمُوا يَا عِبَادِي كُلُّكُمْ ضَالٌّ إِلاَّ مَنْ هَدَيْتُهُ فَاسْتَهْدُونِي أَهْدِكُمْ يَا عِبَادِي كُلُّكُمْ جَائِعٌ إِلاَّ مَنْ أَطْعَمْتُهُ فَاسْتَطْعِمُونِي أُطْعِمْكُمْ يَا عِبَادِي كُلُّكُمْ عَارٍ إِلاَّ مَنْ كَسَوْتُهُ فَاسْتَكْسُونِي أَكْسُكُمْ يَا عِبَادِي إِنَّكُمْ تُخْطِئُونَ بِاللَّيْلِ وَالنَّهَارِ وَأَنَا أَغْفِرُ الذُّنُوبَ جَمِيعًا فَاسْتَغْفِرُونِي أَغْفِرْ لَكُمْ يَا عِبَادِي إِنَّكُمْ لَنْ تَبْلُغُوا ضَرِّي فَتَضُرُّونِي وَلَنْ تَبْلُغُوا نَفْعِي فَتَنْفَعُونِي يَا عِبَادِي لَوْ أَنَّ أَوَّلَكُمْ وَآخِرَكُمْ وَإِنْسَكُمْ وَجِنَّكُمْ كَانُوا عَلَى أَتْقَى قَلْبِ رَجُلٍ وَاحِدٍ مِنْكُمْ مَا زَادَ ذَلِكَ فِي مُلْكِي شَيْئًا يَا عِبَادِي لَوْ أَنَّ أَوَّلَكُمْ وَآخِرَكُمْ وَإِنْسَكُمْ وَجِنَّكُمْ كَانُوا عَلَى أَفْجَرِ قَلْبِ رَجُلٍ وَاحِدٍ مَا نَقَصَ ذَلِكَ مِنْ مُلْكِي شَيْئًا يَا عِبَادِي لَوْ أَنَّ أَوَّلَكُمْ وَآخِرَكُمْ وَإِنْسَكُمْ وَجِنَّكُمْ قَامُوا فِي صَعِيدٍ وَاحِدٍ فَسَأَلُونِي فَأَعْطَيْتُ كُلَّ إِنْسَانٍ مَسْأَلَتَهُ مَا نَقَصَ ذَلِكَ مِمَّا عِنْدِي إِلاَّ كَمَا يَنْقُصُ الْمِخْيَطُ إِذَا أُدْخِلَ الْبَحْرَ يَا عِبَادِي إِنَّمَا هِيَ أَعْمَالُكُمْ أُحْصِيهَا لَكُمْ ثُمَّ أُوَفِّيكُمْ إِيَّاهَا فَمَنْ وَجَدَ خَيْرًا فَلْيَحْمَدِ اللَّهَ وَمَنْ وَجَدَ غَيْرَ ذَلِكَ فَلاَ يَلُومَنَّ إِلاَّ نَفْسَهُ [1]

މާނައީ: ޤުދްސިއްޔަ ޙަދީޘެއްގައި މާތް ﷲ ރުއްސުންލެއްވި އަބޫޛަރު އަލްޣިފާރީގެ އަރިހުން ރިވާވެގެންވެއެވެ. މަތިވެރި މާތް ﷲގެ ޙަޟުރަތުން ލޮބުވެތި رَسُولُ اللَّهِ ޞައްލަﷲ ޢަލައިހި ވަސައްލަމް ރިވާކުރަށްވައި، ޙަދީޘުކުރަށްވާފައި ވެއެވެ. އެއިލާޙު މިފަދައިން ވަޙީކުރެއްވިއެވެ. 

އޭ އަހުރެންގެ އަޅުތަކުންނޭވެ! އަހުރެންވަނީ އަނިޔާވެރިވެ ވޮޑިގަތުމުން އަހަރެންގެ ޒާތުފުޅު ހުސްޠާހިރު ކުރަށްވާފައެވެ. އެހެންކަމުން ތިޔަބައިމީހުންގެ މެދުގައިވެސް އެކަން ވަނީ ޙަރާމްވެގެންނެވެ. ފަހެ ތިޔަބައިމީހުން ތިމާމެންގެ މެދުގައި އަނިޔާވެރި ނުވާށެވެ. ދަންނާށެވެ! ތިޔައިގެ ތެރެއިން ކޮންމެ މީހަކީވެސް އަހަރެން އެމީހަކަށް ހިދާޔަތުގެ އަލިމަގު ނުދައްކަވާހައި ހިނދަކު މަގު ގެއްލިގެން ދާންހުރި މީހެކެވެ. އެހެންކަމުން ތެދުމަގު ދެއްކެވުމަށް އެދި އަހަންނަށް ދަންނަވައި އުޅޭށެވެ! އެމީހަކަށް އަހުރެން ތެދުމަގު ދައްކަވާހުށީމެވެ.

އޭ އަހުރެންގެ އަޅުތަކުންނޭވެ! ތިޔައިން ކޮންމެ މީހަކީ، އެމީހަކަށް އަހުރެން ރޯދި ނުދެއްވާހައި ހިނދަކު ބަނޑުހައިހޫނުކަމުގައި އުޅޭނެ މީހެކެވެ. ފަހެ ތިޔަބައިމީހުން އަހުރެންގެ އަރިހުން ރޯދިދެއްވުމަށް އެދި ދަންނަވާށެވެ! އަހުރެން އެމީހަކަށް ރޯދި ދެއްވާހުށީމެވެ.

އޭ އަހުރެންގެ އަޅުތަކުންނޭވެ! ތިޔައިން ކޮންމެ މީހަކީ، އެމީހަކަށް ތިމަން ﷲ އުނުފޭރާން ނުދެއްވާހައި ހިނދަކު އުނުއަންނައުނު ނުކުރެވޭނެ މީހެކެވެ. ފަހެ ތިޔަބައިމީހުން އަހުރެންގެ އަރިހުން އުނުފޭރާމާށް އެދި ދަންނަވާށެވެ. އަހުރެން އެމީހަކަށް އުނުފޭރާން ދެއްވާހުށީމެވެ.

އޭ އަހުރެންގެ އަޅުތަކުންނޭވެ! ތިޔަބއިމީހުން ރެއާއި ދުވާލު ކުށްތަކަށް އަރައިގަނެ ފާފަތައް އެބަ ކުރަމުއެވެ. އަހުރެންގެ ސިފަފުޅަކީ އަޅުންގެ އެންމެހައި ފާފަތަކެއް ފުއްސަވައި ދެއްވުމެވެ. ފަހެ ތިޔަބައިމީހުން ތިމާމެންގެ ފާފަ ފުއްސަވައިދެއްވުން އެދި އަހަންނަށް ދަންނަވާބަލާށެވެ! އެމީހެއްގެ ފާފަ އަހުރެން ފުއްސަވައި ދެއްވާހުށީމެވެ.

އޭ އަހުރެންގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ވެވޭ އުރެދުމަކުން އަހުރެންގެ ޒާތުފުޅަށް ކުޑަވެސް ގެއްލުމެއް ނުފޯރާނެއެވެ. އަދި ތިޔަބައިމީހުން ކުރާ ހެއުކަމަކުންވިއަސް އަހުރެންގެ ޒާތުފުޅަށް ކުޑަވެސް މަންފާއެއް ނުކުރާނެމެއެވެ.

އޭ އަހުރެންގެ އަޅުތަކުންނޭވެ! ތިޔައިގެ ތެރެއިން އެންމެ ތަޤްވާވެރި ޞާލިޙު މީހާގެ ގޮތުގައި، ދުނިޔޭގައި ވާހައި އިންސާނުންނާއި ޖިއްނީން ވީކަމުގައި ވިއަސް އަހުރެންގެ ރަސްކަންފުޅަކަށް ޒައްރާއެއްގެ މިންވަރުވެސް އިތުރުވެގެނެއް ނުދާނެއެވެ.

އޭ އަހުރެންގެ އަޅުތަކުންނޭވެ! ތިޔައިގެ ތެރެއިން އެންމެ ނުބައި ނުލަފާ މީހާގެ ގޮތުގައި،  ދުނިޔޭގައި ވާހައި އިންސާނުންނާއި ޖިއްނީން ވީކަމުގައި ވިއަސް އަހުރެންގެ ރަސްކަންފުޅަށް ކުޑަވެސް އުނިކަމެއް ނުލިބޭނެއެވެ.

އޭ އަހުރެންގެ އަޅުތަކުންނޭވެ! ދުނިޔޭގައި ވާހައި އިންސާނުންނާއި ޖިއްނީން އެއްތަނަކަށް ޖަމާވެ، ކޮންމެ މީހަކުވެސް އެމީހެއްގެ އެންމެހައި މުރާދުތަކެއް ފުރިހަމަކޮށް ދެއްވުމަށް އަހުރެންގެ އަރިހުން އެދުނު ކަމުގައި ވިއަސް، އެއެންމެންގެ މުރާދު ފުރިހަމަކޮށް ދެއްވުމަށްފަހުވެސް، މާކަނޑަށް ތިނޯހެއްލާފައި ނެގުމުން، އެކަނޑުން އުނިވެގެންދާނެ މިންވަރުވެސް އަހުރެންގެ ރަސްކަންފުޅުން އުނިވެގެނެއް ނުދާނެއެވެ.

އޭ އަހުރެންގެ އަޅުތަކުންނޭވެ! މިއީ ތިޔަބައިމީހުންގެ ޢަމަލުތަކެވެ. އެޢަމަލުތައް އަހުރެން ފުރިހަމަށް ބަލަހައްޓަވާހުށީމެވެ. އަދި އެއްވެސް އުނިވުމެއްނެތި ފުރިހަމައަށް ތިޔައިން ކޮންމެ މީހަކާ އެމީހާގެ ޢަމަލުތައް ޤިޔާމަތްދުވަހުން ޙަވާލުކުރަށްވައި، އެޢަމަލުތަކުގެ ފުރިހަމަ ޖަޒާ އެމީހަކަށް ލިބިދެއްވާހުށީމެވެ. ފަހެ އެމީހަކަށް ހެއުފަތް ލިބިއްޖެ މީހާ ދަންނާށެވެ! އޭނާއަށް އޮތީ ﷲ އަށް ޙަމްދުކޮށް ޝުކުރު ދެންނެވުމެވެ. އަދި އެމީހަކަށް ނުބައި ޢަމަލުގެފަތް ލިބިއްޖެ މީހާ ދަންނާށެވެ! އެމީހަކަށް އޮތީ ހަމައެކަނި ތިމާގެ އަމިއްލަ ނަފްސަށް ފުރައްސާރު ކޮށްހެދުމެވެ.  



 [1] މިއީ އިމާމު މުސްލިމު އެކަހިރިކޮށް ރިވާކުރަށްވާފައިވާ ޙަދީޘެކެވެ. ޢިލްމުވެރިން ވިދާޅުވަނީ މިއީ ޞަޙީޙު ޣަރީބު ޙަދީޘެއް ކަމަށެވެ. މިޙަދީޘު ރިވާވެގެންވަނީ މުސްލިމުގެ "އަލްބިއްރު ވައްޞިލަތު ވަލްއާދާބު" މިކިތާބުގެ "ޙުރްމަތުއްޒުލްމި" މިބާބުގައެވެ. މިއީ މުސްލިމުގެ 4674 ވަނަ ޙަދީޘެވެ. މިއީ އިމާމު މުސްލިމުގެ އެކަހިރި ރިވާޔަތެއް ކަމުގައި ވިއަސް މިޙަދީޘުގެ މާނަ ބަޔާންކޮށްދޭ ރިވާޔަތެއް އިމާމު އަޙްމަދާއި ތިރްމިޛީއާއި އިބްނު މާޖާ ރިވާކުރަށްވާފައި ވެއެވެ.

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި