Noorul-islam.NET :: ފަގުޑި އެޅުމަކީ ސުއްނަތެއްތޯ ނުވަތަ އާދަކާދައެއްތޯ؟

ފަގުޑި އެޅުމަކީ ސުއްނަތެއްތޯ ނުވަތަ އާދަކާދައެއްތޯ؟
Category »  ދީނީ ލިޔުން

ތާރީޚް: 3 ޖެނުއަރީ 2011

ލިޔުއްވީ : އައިމަން ޞާލިޙް (ނޫރުލްއިސްލާމްގެ އެޑިޓޯރިއަލްބޯޑުގެ މެންބަރު)

މިހާރަކަށް އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނައިން ދެކެވޭ ވާހަކައެކެވެ. ފަގުޑި އެޅުމަކީ ސުންނަތެއްތޯ ނުވަތަ އެއީ އާދަކާދައިގެ ތެރެއިންވާ ކަމެއްތޯއެވެ.

ޚާއްޞަކޮށް މިވާހަކަ ދެކެވެނީ އަޅުގަނޑުމެންގެ ތެރެއިން ދީނަށް ލޯބިކުރާމީހުންގެ ތެރޭގައެވެ. އެހެންކަމުން މިމައްސަލައިގައި އަޅުގަނޑުމެން ދީނީގޮތުން މިކަން އޮންނަނީ ކިހިނެއްތޯ ބަލާލަންޖެހެއެވެ. އަދި ދީނުގެ ބޮޑެތި ޢިލްމުވެރިން މިކަމާއި ދޭތެރޭ ވިދާޅުވަނީ ކީކޭތޯ ބަލާލަންޖެހެއެވެ. އޭރުން އަޅުގަނޑުމެންނަށް މިކަމުގެ ޙަޤީޤަތާއި ހަމައަށް ވާޞިލްވެވޭ ހުއްޓެވެ.

ﷲ ތަޢާލާ ވަނީ އަޅުގަނޑުމެންނަށް ދީނުގެ ކަމެއް ނޭނގިއްޖެނަމަ ޢިލްމުވެރިންނަށް ރުޖޫޢަވުމަށް އަމުރުކުރައްވާފައެވެ.{ فَاسْأَلُوا أَهْلَ الذِّكْرِ إِنْ كُنْتُمْ لا تَعْلَمُونَ }.{ النحل 43}.މާނައީ: "ފަހެ ތިޔަބައިމީހުން ނުދަންނަށް ކަމުގައި ވާނަމަ، ތިޔަބައިމީހުން ޢިލްމުގެ އަހުލުވެރިންނާއި ސުވާލުކުރާހުށިކަމެވެ". އޭރުން އަޅުގަނޑުމެންނަށް ދުނިޔެއާއި އާޚިރަތުގައި ފަލާޙާއި ކާމިޔާބު ލިބޭނެތެވެ.   

ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ އަރިހުން އެކަލޭގެފާނު ޢިމާމާ (ފަގުޑި ފަދަ ބޮލުގެ ވަށައިގެން ބަނދެވޭ ކޮންމެވެސް އެއްޗެއް) އެޅުއްވިކަން ޘާބިތުވެގެންވެއެވެ. އެއީ އެކަލޭގެފާނު މުންޑު، ރިދާ، ތާކިހާ އަދި ޤަމީޞް ފަދަ ތަކެތި ތުރުކުރެއްވި ފަދައިންނެވެ. އެކަލޭގެފާނު ތުރުކުރެއްވި މިހުރިހާ ތަކެއްޗަކީ އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންވެސް އަޅައި އުޅުނު ފޭރާމުގެ ތެރޭގައި ހިމެނޭ ތަކެއްޗެވެ.

ޢިލްމުވެރިންގެ މެދުގައި ޢިމާމާ އެޅުމީ މުބާޙުކަމެއްތޯ (އެބަހީ އާދަކާދައިގެ ތެރެއިންވާ ހުއްދަ ކަމެއްތޯ) ނުވަތަ އެއީ ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ  ސުންނަތުގެ ތެރެއިންވާ ކަމެއްތޯ ވަނީ އިޚްތިލާފުވެފައެވެ. އެންމެ ފާޅުކަންބޮޑީ މިއީ މުބާޙު ނުވަތަ އާދަކާދައިގެ ތެރެއިންވާ ހުއްދަކަމެއް ކަމެވެ. މިފަދަ ކަންތައްތަކުގައި އަޞްލަކީ ޙަރާމްކަމަކަށް ނުވާއެއްޗެއް އެބައެއްގެ ތެރޭގައި އަޅާނަމަ ނުވަތަ ލާނަމަ އެފަދަ އެއްޗެއް އެޅުމެވެ.

ސަޢުދީ އަރަބިޔާގެ ފަތަވާޔާއި ބެހޭ ކޮމިޓީގެ ޢިލްމުވެރިންނާއި ސުވާލުކުރެވުނެވެ.

ﷲ ތަޢާލާގެ ރަޙްމަތްފުޅުން އަހަރެން ރަސޫލާ ޞައްލަ ﷲ ޢަލައިހިވަސައްލަމްއަށް ތަބާވުމުގެ ގޮތުން ތުނބުޅި ދިގުކޮށް ޖުއްބާ ކުރުކޮށް އަދި ޢަމާމާ އަޅައިފީމުއެވެ. އެހެންނަމަވެސް ކަންތައް ދިޔައީ މުޅިން އާދަޔާ ޚިލާފަށެވެ. ވަރަށް ގިނަމީހުން އަހަރެންނަށް މަލާމަތްކޮށް ފުރައްސާރަކޮށް މިޢަމަލަށް އިންކާރު ކުރިއެވެ. އަހަރެން ޢަމާމާ އަޅައި ޣުތުރާ އާއި ޢިޤާލް (އެބަހީ ބޮލުގާ އަޅާ ފޮތިގަނޑު އަދި އޭގެމަތީ އަޅާފައި އޮންނަ އުޅާ) ނައަޅާ ދޫކޮށްލީމާ އެކަމަށްވެސް މަލާމާތް ކުޅައެވެ. އަދި މީސްތަކުން އަހަންނަށް ބަލާއުޅުނީ މަލާމަތުގެ އަދި އިންކާރުގެ ނަޒަރަކުންނެވެ.

ފަހެ ، ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް ޢަމާމާ ތުރުކުރެއްވިތޯ ނުވަތަ އެއީ ގަދަވެގެންވާ ސުންނަތެއްތޯއެވެ؟. ނުވަތަ މިޒާމަނުގައި ޢަމާމާ އެޅުންއެއީ އެކަށީގެންވާ ކަމެއްތޯ؟.

ޢިލްމުވެރިންގެ ކޮމިޓީން ޖަވާބުދެއްވިއެވެ.

ﷲ ތަޢާލާ ތިބާއަށް އެއިލާހުގެ ނަބިއްޔާއަށް ސުންނަތަށް ތަބާވުމަށް ތައުފީޤު ދެއްވީތީ އެއިލާހަށް ޙަމްދު ހުއްޓެވެ. ތިބާގެ ސުވާލުގައި ބަޔާންކުރިފަދައިން ތުނބުޅިއަށް މާފުކުރުން، (ތުބުޅި ދިގުކުރުން) އެއީ ވާޖިބެކެވެ. އެއީ ނަބީބޭކަލުންގެ ސުންނަތުގެ ތެރެއިންވާކަމެކެވެ. އަދި ފިޠުރަތުގެ ތެރެއިންވާ ކަމެކެވެ. ﷲގެ ނަބިއްޔާވަނީ ތުނބުޅި ބޭލުން މަނާކުރައްވާފައެވެ. ތުނބުޅިބޭލުމަކީ ކާފަރުންނާއި އެތްގޮތްކަމަކަށް ވާތީއެވެ. އަދި ތަނބިކަށްޓަށްވުރެ މަތީ ގައި ޖުއްބާހުރުން ވާޖިބުވެގެންވެއެވެ. ތަނބިކަށްޓަށްވުރެ ތިރީގައި ހުރުމީ ޙަރާމްވެގެންވާ ބޮޑު ފާފައެކެވެ. ޢަމާމާ އެޅުމީ ސުންނަތެއް ނޫނެވެ. އެކަމަކު އެއީ މުބާޙުކަމެކެވެ. ތިބާއަށް އައުލާވެގެންވަނީ ތިބާގެ ރަށުމީހުން އަޅާ ޣުތުރާ އަދި ޢިޤާލް އެޅުމެވެ.

(ޝައިޚް އިބުނު ބާޒު، ޝައިޚް އަބްދުލް ޢަޒީޒު އާލް ޝައިޚް، ޝައިޚް އަބްދު ﷲ ޢުދެއްޔާން، ޝައިޚް ޞާލިޙުލް ފައުޒާން އަދި ޝައިޚް ބަކުރު އަބޫ ޒައިދު.)"فتاوى اللجنة الدائمة" (24/42)

އަދި  ފަޟީލަތުއްޝައިޚުލް ޢައްލާމާ މުޙައްމަދު ބުނު ޞާލިޙު އަލްޢުޘެއިމީން -ރަޙިމަހުﷲ- އާއި ސުވާލިކުރެވުނެވެ.

ޢަމާމާ އެޅުން އެއީ ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމްގެ އަރިހުން ޘާބިތުވެގެންވާ ސުންނަތެއްތޯ؟

ޖަވާބުގައި ވިދާޅުވިއެވެ.

"ނޫނެކެވެ. ޢަމާމާ އެޅުން އެއީ ސުންނަތެއް ނޫނުވެ. އެހެނެއްކަމަކު އެއީ އާދާކާދައެކެވެ. ސުންނަތަކީ ޙަރާމްކަމަކަށް ނުވާ އެއްޗެއް އެބައެއްގެ ތެރޭގައި  އަޅާނަމަ އެބަޔަކު އަޅާއެއްޗެއް އެޅުމެވެ. އަހަރެން މިހެން މިދެންނެވީ އެބައެއްގެ ތަރޭގައި އަޅާއެއްޗައްކާއި ޚިލާފުވެއްޖެއްނަމަ އޭރުންވާހުށީ ޝުހުރަތަކަށެވެ.

ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް ވަނީ ޝުހުރަތުގެ ހެދުން އެޅުން މަނާކުރައްވާފައެވެ. އަހަރެމެން ޢަމާމާ އަޅާ ޤައުމެއްގައި ވާނަމަނަ ޢަމާމާ އަޅާނަމެވެ. އަދި ޢަމާމާ ނާޅާ ޤައުމެއްގައިވާނަމަ ޢަމާމާ ނާޅާ ނަމެވެ. އަހަރެމެންނަށް އެނގިފައިވާގޮތުގައި މިކަމުގައި އިސްލާމީ ޤައުމުތައް ތަފާތެވެ. ވަރަށް ގިނަ ޤައުމުތަކުގައި ޢަމާމާ އަޅައެވެ. ނަމަވެސް އެހެން ޤައުމުތަކުގައި އެއާއި ޚިލާފެވެ. ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް ތުރުކުރެއްވީ ޢަމާމާ އެކެވެ. އެއީ އޭރު އެކަލޭގެފާނުގެ ދުވަސްވަރުގެ އާދަކާދައިގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ. އެކަލޭގެފާނު ޢަމާމާ އެޅުމަކަށް އަމުރެއް ނުކުރައްވައެވެ. އެހެނެއްކަމަކު އެކަލޭގެފާނުވަނީ ޝުހުރަތުގެ ހެދުން އެޅުން މަނާކުރައްވާފައެވެ. އެހެންކަމުން ސުންނަތަކީ އެބައެއްގެ ތެރޭގައި ހަރާމް އެއްޗެއް ނައަޅާހާ ހިނދަކު އެބަޔަކު އާދަވެގެން އަޅާއެއްޗެއް އެޅުމެވެ."

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި