Noorul-islam.NET :: ނަމާދު ޤާއިމުކުރުމާމެދު ސުންނަތުގައި އައިސްފައިވާ ތަރްޣީބުގެ ބަސްފުޅުތަކުގެ ތެރެއިން

ނަމާދު ޤާއިމުކުރުމާމެދު ސުންނަތުގައި އައިސްފައިވާ ތަރްޣީބުގެ ބަސްފުޅުތަކުގެ ތެރެއިން
Category »  ދީނީ ލިޔުން

ތާރީޚް: 29 ޑިސެމްބަރު 2010

ލިޔުއްވީ : ފަޟީލަތުއްޝައިޚް ޙުސައިން ރަޝީދު އަޙްމަދު

1- މާތް ﷲ ރުއްސުންލެއްވި ޙަޟުރަތު އަބޫހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަން ކަލޭގެފާނު، رَسُولُ اللَّهِ صلى الله عليه وسلم ޙަދީޘް ކުރަށްވީތީ އަޑު އެއްސެވީމެވެ. އެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ. أَرَأَيْتُمْ لَوْ أَنَّ نَهْرًا بِبَابِ أَحَدِكُمْ يَغْتَسِلُ مِنْهُ كُلَّ يَوْمٍ خَمْسَ مَرَّاتٍ هَلْ يَبْقَى مِنْ دَرَنِهِ شَيْءٌ قَالُوا لاَ يَبْقَى مِنْ دَرَنِهِ شَيْءٌ قَالَ فَذَلِكَ مَثَلُ الصَّلَوَاتِ الْخَمْسِ يَمْحُو اللَّهُ بِهِنَّ الْخَطَايَا [1]  މާނައީ: މިކަމާމެދު ތިޔަބައިމީހުން ދެކެނީ ކިހިނަކުންހެއްޔެވެ؟ ތިޔައިން މީހެއްގެ ގޭގެ ދޮރުމަތީގައި އޮތް ކޯރެކެވެ. އެކޯރުން އެމީހާ ކޮންމެ ދުވަހަކު ފަސް ފަހަރު ފެންވަރާހަދައެވެ. އޭނާގެ ގައިގައި މިލަކޮޅެއް ހުންނާނެ ހެއްޔެވެ؟ އަޞްޙާބުބޭކަލުން ދެންނެވިއެވެ. އޭނާގެ ގައިގައި އެއްވެސް މިލައެއް ނުހުންނާނެއެވެ. އެހިނދު އިތުރު އެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ. ފަރުޟު ފަސްނަމާދުގެ މިސާލަކީ އެއީއެވެ. އެނަމާދުގެ ޒަރިއްޔާއިން ﷲ، އެބައިމީހުންގެ ފާފަ ފުއްސަވައެވެ. މިއެވެ.

 

2- މާތް ﷲ ރުއްސުންލެއްވި ޙަޟްރަތު ޢުޘްމާނު ބުނު ޢައްފާނުގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رَسُولُ اللَّهِ صلى الله عليه وسلم ޙަދީޘްކުރަށްވީތީ ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. އެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ. مَا مِنْ امْرِئٍ مُسْلِمٍ تَحْضُرُهُ صَلاَةٌ مَكْتُوبَةٌ فَيُحْسِنُ وُضُوءَهَا وَخُشُوعَهَا وَرُكُوعَهَا إِلاَّ كَانَتْ كَفَّارَةً لِمَا قَبْلَهَا مِنَ الذُّنُوبِ مَا لَمْ يُؤْتِ كَبِيرَةً وَذَلِكَ الدَّهْرَ كُلَّهُ [2] މާނައީ: މުސްލިމެއްގެ ފަރްޟު ނަމާދުގެ ވަގުތު އައިސްޖެހުމުން އެނަމާދަށްޓަކައި ރަނގަޅަށް، ފުރިހަމަޔަށް ވުޟޫކޮށް، ދެން ބިރުވެރިކަމާއި ޚުޝޫޢުވެރިކަމާއެކު ނަމާދުގެ ރުކުންތައް އަދާކޮށްފިކަމުގައި ވާނަމަ، ކުރިން އޭނާ ކޮށްފައިވާ ފާފަތަކުގެ ކައްފާރާއަކަށް އެނަމާދު ވެގެންދާނެއެވެ. އެއީ ބޮޑު ފާފައަކަށް އަރައިނުގަންނަހާހިނދަކުއެވެ. އަދި މިއީ އޭނާ ދިރިހުރިހާ ހިނދަކުއެވެ. މިއެވެ.

 [1] ރިވާކުރެއްވީ އަޙްމަދެވެ. އަދި އަބޫދާއޫދާއި އިބްނުމާޖާ ފިޔަވައި ހަތަރުއިމާމުންނެވެ.

[2] ރިވާކުރެއްވީ އަޙްމަދާއި މުސްލިމާއި ނަސާއީ އެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި