Noorul-islam.NET :: ދިވެއްސާއި އިސްލާމް މަޖުބޫރުކުރަން ކަރިކިއުލަމް ސްޓިއަރިން ކޮމެޓީން ނިންމައިފި

ދިވެއްސާއި އިސްލާމް މަޖުބޫރުކުރަން ކަރިކިއުލަމް ސްޓިއަރިން ކޮމެޓީން ނިންމައިފި
Category »  ޚަބަރު

ތާރީޚް: 18 އޭޕްރީލް 2011

ލިޔުއްވީ : އާމިނަތު ޝިފްލީން / ހަވީރު ނޫސް

ތައުލީމީ ގައުމީ މަންހަޖު އިސްލާހު ކުރުމަށް އެކުލަވާލާފައިވާ ކޮމެޓީގެ މެމްބަރު ޑރ. ނާޝިއާ މުހައްމަދު ވިދާޅުވީ ދިވެއްސާއި އިސްލާމް އިހްތިޔާރީ ދެ މާއްދާގެ ގޮތުގައި ބޭއްވުމާ މެދު އެ ކޮމެޓީން ގިނަ ދިރާސާތަކެއް ކޮށް، އެހެން ގައުމުތަކުގައި އެކަން އޮންނަ ގޮތް ބެލުމަށް ފަހު އެ ކޮމެޓީން މިދިޔަ ހަފުތާ ތެރޭގައި ނިންމާފައިވަނީ އެ ދެ މާއްދާ، މިހާރު ވެސް އޮންނަ ގޮތަށް މަޖުބޫރު މާއްދާތަކެއްގެ ގޮތުގައި ބޭއްވުމަށް ކަމަށެވެ.

"އަޅުގަނޑުމެން މިކަމާ ގުޅޭ ގޮތުން ވަރަށް ގިނަ ދިރާސާތަކެއް ހަދައި ގިނަ ގައުމުތަކުގައި މިކަން އޮންނަ ގޮތް ބެލިން. ގިނަ އިސްލާމީ ގައުމުތަކުގައި އިސްލާމް މާއްދާ ކިޔަވައިދެނީ މަޖުބޫރު މާއްދާއެއްގެ ގޮތުގައި. އެހެން ކަމުން އަޅުގަނޑުމެން ނިންމީ މިހާރު ވެސް އޮންނަ ގޮތަށް މި ދެ މާއްދާ މަޖުބޫރުކުރުމަށް،" ޑރ. ނާޝިއާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިވެއްސާއި އިސްލާމް މާއްދާ މަޖުބޫރު މާއްދާތަކެއްގެ ގޮތުގައި ބޭއްވުމަށް ނިންމީ ސްޓެއަރިން ކޮމެޓީގައި ހިމެނިވަޑައިގެންނަވާ ބޭފުޅުން ވޯޓު ދެއްވައިގެން ކަމަށެވެ. މި ކޮމެޓީގައި ތައުލީމީ ދާއިރާގެ ވަރަށް އިސް 16 ބޭފުޅަކު ތިއްބަވަ އެވެ.

ދިވެހި އިސްލާމް އިހްތިޔާރީ މާއްދާއަކަށް ހެދުމާ ބެހޭ ގޮތުން މިދިޔަ އަހަރުގެ ތެރޭގައި އޭރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ ވާހަކަ ދެއްކެވެމުން އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ގިނަ ބަޔަކު ވަނީ އެކިރޭރޭ މަތިން ޑރ. މުސްތަފާގެ ގެކައިރިއަށް އެއްވެ، އިސްތިއުފާއަށް ގޮވާފަ އެވެ. އަދި މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވުމަށް ޑރ. މުސްތަފާ ލުތުފީއަށް ރައްޔިތުން މަޖިލީހުން ރުހުން ނުދިނުމުގެ ސަބަބަކަށް ވެސް އެ މައްސަލަ ގިނަ މެމްބަރުން ވަނީ ނަންގަވާފަ އެވެ. އަދި ދިވެއްސާއި އިސްލާމް މަޖުބޫރު މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ޖެހޭނެ ކަމަށް ބުނާ ގަރާރެއް ވެސް ރައްޔިތުންގެ މަޖިލީހަށް ވެސް ވަނީ ހުށަހަޅުއްވައިފަ އެވެ.



 

 
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ހެނދުނާއި ހަވީރުގެ ޛިކުރުތައް
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
މަންމަން ފަޞާޙާތްތެރިޔާ
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
ވަގުތު ފާއިތުވުމުގެ ކުރިން...
ފާޅުގައި ފާފަ ކުރުމުގެ ނުބައިކަން
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި