ފްރާންސްގެ ވެރިރަށް ޕެރިހުގެ މިސްކިތަކަށް ކުޑަކުޑަ ކުއްޖަކު ދިޔައެވެ. އަދި މިސްކިތުގެ އިމާމާ މުޚާޠަބު ކޮށް ބުންޏެވެ. އަހަރެން މިތަނަށް ފޮނުވީ އަހަރެންގެ މަންމައެވެ. އެއީ ތިޔަބައިމީހުންގެ މި މަޢުހަދުގައި ކިޔެވުމަށްޓަކައެވެ.
އިމާމް ވިދާޅުވިއެވެ. ކޮއްކޮގެ މަންމަ ކޮބައިހެއްޔެވެ؟ މަންމަގެ ފަރާތުން ބައެއް މަޢުލޫމާތު ސާފުކުރަން ބޭނުމެވެ.
އެކުއްޖާ ޖަވާބު ދިނެވެ. މަންމަ ހުރީ މިސްކިތުން ބޭރުގައި މަގުމަތީގައެވެ. މަންމަ އަށް މިތަނަކަށް ނުވަދެވޭނެއެވެ. ..... އެހެނީ މަންމައަކީ މުސްލިމެއް ނޫނެވެ.
އަވަސް އަވަހަށް އިމާމް މިސްކިތުން ނިކުމެވަޑައިގެން އެމަންމަގެ ގާތަށް ވަޑައިގެންނެވިއެވެ.
އެމަންމަ، އިމާމަށް ދެންނެވިއެވެ.
އަހަރެމެންގެ އަވަށްޓެރި އަންހެނަކު އުޅެއެވެ. އޭނާގެ ދަރިން ސްކޫލަށް ފޮނުވާ އިރު އެދަރިން އޭނާގެ އަތަށް ބޮސް ދެއެވެ. އަބަދުވެސް އެއާޢިލާގައި އުފާވެރިކަން ދެމި އޮވެއެވެ.
އޭ އިމާމެވެ. މިއޮތް ބޮޑު ފްރާންސުގައި، އޭނާގެ މަންމައާއި ބައްޕަ، މުސްކުޅިން ބަލަހައްޓާ މަރުކަޒަކަށް ދޫކޮށްލި އެއްމެ މުސްލިމަކުވެސް އަހަރެން ނުދެކެމެވެ. އޭ އިމާމެވެ. އަހަރެންގެ މި ދަރިފުޅު ގެންދާށެވެ. އަދި އޭނާއަށް އުނގަންނައި ދޭށެވެ. ތިޔަ މުސްލިމުން މައިންބަފައިންނާމެދު ކަންތައްތައް ކުރާ އޯގާތެރި ގޮތަށް އޭނާ އަހަރެންނާމެދުވެސް ކަންތައް ކުރޭތޯ، އެކަމުގެ އެދުމުގައެވެ.
ލޮބުވެތި މުސްލިމު އަޚުންނާއި އުޚްތުންނޭވެ. އިސްލާމްދީނަކީ ރިވެތި އަޚްލާޤުގެ ދީނެވެ. ދީނުގެ ތަޢުލީމުތަކަށް އަޅުގަނޑުމެން ޢަމަލު ކުރާނަމަ، މިފަދައިން އަޅުގަނޑުމެންގެ ޢަމަލު ފެނި، އިސްލާމްދީނަށް މީސްތަކުންގެ ހިތް ލެނބިގެން ދާނެއެވެ.
|