ނޫރުލްއިސްލާމް

www.noorul-islam.net


އިމާމް މީހާ ހުރެ އެހެން މީހަކާ ނަމާދު ކުރަން ހަވާލުކުރުން

Category »  ސުވާލާއި ޖަވާބު
Wednesday, June 23, 2010
އަޞްލު : އެމްވީ އިސްލާމް ކިޔުއޭ www.mvislamqa.com

ކެޓަގަރީ: ނަމާދު

 ސުވާލު ނަންބަރު : 655

ސުވާލު:މިސްކިތުގެ މުދިމު ޢާއްމު ގޮތެއްގައި މިސްކިތަށް އަރާ އާދައިގެ މީހަކާ އޭނަ ޤަމަތް ދިނުމަށްފަހު ނަމާދު ކުރަން އެބަ ހަވާލުކުރޭ، މިއީ ކިހާވަރެއްގެ ކަމެއްތޯ؟ އެމީހަކީ މިސްކިތަށް އަރާ އެހެންމީހުންނެކޭ އެއްފަދައިން ޢިލްމުވެރިއެއް ނޫނެވެ.

ޖަވާބު:

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

އިމާމުވެ ނަމާދު ކުރުމުގައި އައުލާކަން ބޮޑުވެގެންވަނީ ކަނޑައެޅިފައިވާ އިމާމެވެ. ނަމަވެސް އޭނާއަށްވުރެ ޢިލްމުވެރި ތަޤުވާވެރި މީހެއް ހުރި ނަމަ އެމީހަކު އިސްކުރުން ރަނގަޅެވެ. އަދި އެއާއި ޚިލާފަށް އިމާމާއި އެއްވަރު މީހަކު ނުވަތަ އޭނާއަށްވުރެ އިލްމާއި ތަގުވާގައި މަދު ކަމުގައި ބެލެވޭ މީހަކު ލައްވައި ނަމާދު ކުރުވުމަކީ ޚިލާފުލް އައުލާ ކަމުގައި ވީ ނަމަވެސް އެއީ ޖާއިޒު ކަމެކެވެ. އިމާމާއި މައުމޫމުންނާއި އެއްމެންގެ ނަމާދަކަށް އެއްވެސް އުނިކަމެއް ނާންނާނެއެވެ. والله أعلم

 

ޖަވާބު ދެއްވީ: ފަޟީލަތުއްޝައިޚް އާދަމް ޝަމީމް އިބްރާހީމް

 ނޫރުލްއިސްލާމް

www.noorul-islam.net