ނޫރުލްއިސްލާމް

www.noorul-islam.net


އަންހެނުންގެ އިސްތަށިގަނޑު ކޮށުން

Category »  އުޚްތުން
Wednesday, January 06, 2010
ލިޔުއްވީ : ޢަބްދުލް ހާދީ

     بــســــــــم اللّـه. الحمد للّـه وحده والصلاة والسلام على من لا نبي بعده.

    އަންހެނާގެ ބޮލުގެ އިސްތަށިގަނޑު ކޮށުމަކީ ހުއްދަކަމެކެވެ. އެހެންނަމަވެސް ބޯކޮށުމުގައި ޝަރުތުތަކެއްވެއެވެ.

     އެއީ:

1.    ބޯ ނުބޭލުން: ބޯބޭލުން ހުއްދަވަނީ ޙާޖަތަކަށްޓަކައެވެ. މިސާލަކަށް ބައްޔެއްގެސަބަބުން.

2.ފިރިހެނެއްގެ ސިފަ ޖެހޭގޮތަށް ނުކޮށުން: ފިރިހެނުންނާއި ތަޝައްބުހު (އެއްގޮތް) ވުމަކީ އިސްލާމްދީނުގައި ހުއްދަކަމެއްނޫނެވެ. رَسُولُ اللهِ صلَّى الله عليه وسلم ހަދީޘްކުރައްވަނީ: " لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْمُتَشَبِّهِينَ مِنْ الرِّجَالِ بِالنِّسَاءِ وَالْمُتَشَبِّهَاتِ مِنْ النِّسَاءِ بِالرِّجَالِ. " رواه البخاري. މާނައީ: " އަންހެނުންނާއި ވައްތަރުވާން އުޅޭ ފިރިހެނުންނަށާއި ފިރިހެނުންނާއި ވައްތަރުވާން އުޅޭ އަންހެނުންނަށް رَسُولُ اللهِ صلَّى الله عليه وسلم ލަޢުނަތްލެއްވިއެވެ." މިގޮތުން ކަންފަތުގެ ފޫޅަށްވުރެ ކުރުކުރުން ހުއްދަ ވެގެންނުވެއެވެ. އެއަށްވުރެ ކުރުކޮށްފިނަމަ ފިރިހެނަކާ އެއްގޮތްވުން ކައިރިކަންބޮޑެވެ.

3.      ކާފަރު އަންހެނެއްގެ ސިފަ ޖެހޭ ގޮތަށް ނުކޮށުން: އެބައިމީހުންނަށް ތަޝައްބުހު (އެއްގޮތް) ވުމަކީ އިސްމާލްދީނުގައި ހުއްދަކަމެއްނޫނެވެ. މިގޮތުން ވަކިމީހެއްގެ ސްޓައިލަށް ކޮށުން ހުއްދަނުވާނެއެވެ. رَسُولُ اللهِ صلَّى الله عليه وسلم ހަދީޘްކުރައްވަނީ : ( من تشبه بقوم فهو منهم ) . މާނައީ: "ބަޔަކާއި އެއްގޮތްވެއްޖެނަމަ އޭނާ ވަނީ އެބައިމިހުންގެ ތެރެއިންނެވެ."

4.     ބޯ ކޮށަން ހުންނަނީ އަންހެނެއްކަމުގައި ވުން.

5.     މީހަކާ އިނދެގެން އުޅޭނަމަ ފިރިމީހާގެ ހުއްދަހޯދުން.

6.      މިޒަމާނުގެ ސެލޫންތަކަށް ދާނަމަ އެތަންތަނަކީ ރައްކާތެރި ތަންތަނަށް ވާންޖެހޭނެއެވެ. އެގޮތުން ބޯކޮށަން ތިބޭ މީހުންނަކީ އަންހެނުންނަށް ވެފައި އަދި ތިމާގެ ބޯ ކޮށާ ވަގުތު ހިލޭ ފިރިހެނުންނަށް ވަދެވޭ ތަނަކަށް ވެގެންނުވާނެއެވެ. އަދި އެތަންތާ ބޯކޮށަން ތިބޭ އަންހެނުންނަކީ ނިވާކަން ކުޑަ ހެދުން ލައިގެން ބޯކޮށަން ތިބޭ ބައެއްކަމުގައި ވެގެން ނުވާނެއެވެ. އެއީ އެކަމުގައި އެމީހުންނަށް އެހީ ފޯރުވައިދެވޭތީއެވެ. ﷲއަށް އުރެދުމެއްގައި އެކަކު އަނެކަކަށް އެހީތެރިވުމެއް ނޯވއެވެ. މާތްﷲ ވަހީކުރައްވަނީ: { وتعاونوا على البر والتقوى ولا تعاونوا على الإثم والعدوان }. މާނައީ: "ހެޔޮކަންތައްތަކާއި ތަޤުވާވެރިވުމަށް އެކަކު އަނެކަކަށް އެހީތެރިވެ ވާގިވެރިވާށެވެ. އަދި ނުބައިކަންތައްތަކާއި ޢަދާވާތްތެރިވުމުގެ މައްޗަށް އެކަކު އަނެކަކަށް އެހީތެރިވެ ވާގިވެރި ނުވާށެވެ." 

 ނޫރުލްއިސްލާމް

www.noorul-islam.net