މުޖުތަމަޢު

» ބައެއްގެ ވާހަކަ
Monday, February 02, 2009

އެމީހުން އެންމެން ވަނީ ވަރަށް ބޮޑު ކަމެއްގެ މައްޗަށް އިއްތިފާޤުވެފައެވެ. އެއީ ދުވަހަކު ވެސް އެއްބަޔަކު އަނެއް ބަޔަކަށް އިއްތިފާޤު ނުވުމުގެ މައްޗަށެވެ. އެމީހުންގެ ބަހަކީ އަބަދުވެސް އެއް ބަހެކެވެ.

» އެކުވެރިޔާގެ ގަމީހުގައި ރިހާކުރު ހޭކިފައިހުއްޓާ ފެނުމުން
Saturday, January 31, 2009

އެކުވެރިޔާ ހުރީ ފެންވަރާ ނަލަހެދިގެންނެވެ. އަޅާފައި ހުރި ޓައީ ރީއްޗެވެ. ކޮށްފައި ހުރި ބެގީ އެންމެ ފުރިހަމައެވެ. އެކުވެރިޔާގެ ބޫޓުން އޮފު އަރައަރާ ހުއްޓެވެ. ލައިފައި ހުރި ގަމީސް ހުދުވެފައި ސާފެވެ. ހީވާ ގޮތުން އެދަނީ އޮފީހަށެވެ. އަހަރެންނާ ދިމާވީ މަގުމަތީންނެވެ.

» ދަރިން ތަރުބިއްޔަތު ކުރުމުގައި އަހައްމިއްޔަތުކަން ދިނުން އެދެވިގެންވާ ބައެއް ނުކުތާތައް
Monday, January 26, 2009

[ ހަނދުމަ ކުރައްވާށެވެ! މިއީ ރަނުގެ ފުރުޟަތެކެވެ. ތިބާގެ ދަރިއަށް ޛިކުރު ކުރުމަށް ދަސްކޮށްދީ އެކަމުގެ މަތީގައި ހޭނިއްޖެ ނަމަ، އޭނާ ޛިކުރުކުރާހާ ހިނދަކު އޭނާއަށް ލިބޭމިންވަރަށް، އެއިން އެއްވެސް އެއްޗެއް އުނި ނުވެ، ތިބާއަށް ސަވާބާއި ދަރުމަ ލިބޭނެއެވެ. އެހެން ކަމުން މިއީ ކުޑަ ކަމެއް ކަމުގައި ނުބައްލަވާށެވެ! ]

» އިޒްރޭލުގެ ލާއިންސާނީ ޢުދުވާން ޓެރަރިޒަމްގެ ޢަމަލަކަށް ނުވޭބާ؟؟؟
Sunday, January 25, 2009

ޔަހޫދީން ދުވަހަކުވެސް މުސްލިމުންދެކެ ނުރުހޭނެއެވެ. މިކަން ﷲ ސުބުޙަނަހޫވަތަޢާލާ ކީރިތި ޤުރުއާނުގައި އަންގަވާފައި ވެއެވެ. "ޔަހޫދީންވެސް ނަޞާރާއިންވެސް އެބައިމީހުންގެ މިއްލަތަށް (ދީނަށް) ކަލޭފާނު ތަބާވެވަޑައިގެންފުމަށް ދާންދެން، ކަލޭގެފާނާއިމެދު ނުރުހޭނެތެވެ." [[ސޫރަތުލް ބަޤަރާގެ 120 ވަނަ އާޔަތުގެ ކުރީކޮޅުގެ މާނަ]]

» ބަލައި އައުމުން..!
Sunday, January 25, 2009

އަހަރެން ބަލައި އައީއެވެ. ދާންޖެހުނީއެވެ. އަހަރެންނާއި ކުރާނޭ ސުވާލުތައް އަހަރެންނަށް އެނގެއެވެ. ނަމަވެސް ބިރުގަންނަނީއެވެ. މި ގަންނަ ބިރުގެ ސަބަބުން އެ ސުވާލުތަކުގެ ޖަވާބު ހަނދާން ނެތިދާނޭތީ އަދި މާ ބިރުގަނެއެވެ. ޖެހިލުންވެއެވެ. ފަސްޖެހެއެވެ. މިހެންވާނަމަ ސުވާލުތައް ކިތަންމެ ފަސޭހަޔަސް ސާބިތުކަމާއެކު ޖަވާބު ނުދެވޭނެކަން އަހަރެންނަށް ޔަޤީނެވެ.

» އިންޓަވަލް ގަޑީގެ ސައިލެންސް ވަގުތުކޮޅު ދީނީ ބަސްކޮޅެއް އިއްވާލުން
Friday, January 23, 2009

ގާތްގަޑަކަށް 15 ވަރަކަށް މިނިޓުގެ ފަހުގައި ދަރިވަރުން ހިމޭނުން ތިބުމަށް މިނެޓެއްހާ ވަގުތު ކޮޅެއް ދެވެއެވެ. އެއީ ކުލާހަށް ވަނުމުގެ ކުރީގައެވެ. މި އެއްމިނިޓުގެ ތެރޭގައި ދީނީ ބަސްކޮޅެއް އިއްވާލުމަކީ ދަރިވަރުންނަށް ވަރަށް ފައިދާ ކުރަނިވި ކަމެކެވެ.

» ފަލަސްޠީނުގެ ޙާލުގެ ދުލުން
Thursday, January 22, 2009

އަހަރެންގެ ލޯބިވާ މުސްލިމް އަޚުންނާއި އުޚުތުންނެވެ. އަހަރެން ކާފިރުންގެ އަތްދަށުން ސަލާމަތް ކޮއްދެއްވާތޯ ދުޢާ ކޮށްދޭށެވެ. އަހަރެންގެ ހަށިގަނޑުގެ މަތީގައި ޙާލުގައި ޖެހިފައިވާ ތިޔަބައިމީހުންގެ އަޚުންނާއި އުޚުތުންނަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލަދޭށެވެ. އަހަރެންނަކީ ތިޔަ އަޚުންނާއި އުޚުތުން ލޯބިވާ ތިޔަބައިމީހުން ގެ އެހީ އަށް ނިހާޔަތަށް ބޭނުން ޖެހިފައިވާ ފަލަސްތީނެވެ.

» ޝަކުވާއަކީ ފަރުވާއެއް ނޫނެވެ.
Tuesday, January 20, 2009

ގިނަ މޫނުތަކުން ފެންނަނީ މާޔޫސްކަމެވެ. އިވެނީ އަބަދުވެސް ޝަކުވާކުރާ އަޑެވެ. ޝަކުވާގެ ގަހުގައި އަޅާ މަލަކީ މާޔޫސްކަމެވެ. ބައެއް މީހުންނަށް ދުވަހެއްގައި ވެސް އެމީހުން އެދޭ ގޮތަކަށް ކަންތައް ދިމައެއް ނުވެއެވެ. އަބަދުވެސް އެހެންވި ނަމައޭ މިހެންވި ނަމައޭ ހިތަށް އަރައަރާ ތިބެއެވެ. ނަސޭހަތެއް ދެންހެއްޔެވެ؟ ނަމަވުމެއްގެ ފަހަތުގައި އުފަލެއް ނުވެއެވެ.

» ނާދިރު ވިސްނުން (3)
Monday, January 19, 2009

އަބޫ ޔަޒީދުލްބިސްޠާމީ ރޭގަނޑުގެ ހާރުދަން ވަގުތު ވީ ހިނދު ދަމު ނަމާދުކުރުމަށްޓަކައި ތެދުވިއެވެ. އެތަންވަޅު އޭނާގެ ތުއްތު ދަރިފުޅަށް ހޭލެވުމާއެކު ބައްޕައާއިއެކު ތެދުވިއެވެ. ދަރިފުޅުގެ ޅަ ކަމާއި ރޭގަނޑުގެ ފިނިކަމާއި އެކު އަބޫ ޔަޒީދު ގެ ހިތުގައި އޯގާތެރިކަމުގެ ޝުޢޫރު އުފެދުނެވެ. އަދި ދަރިފުޅަށް ބުންޏެވެ. ދަރިފުޅާއެވެ!

» ކިރުތަށްޓަކަށް ޕެޓްރޯލް ތިއްކެއް ޖެހުމުން..!
Saturday, January 17, 2009

ތަށްޓެއްގެ މެދާ ހަމައަށް ކިރު އަޅާފައި ބާކީ ބަޔަށް ފެން އެޅިޔަސް ގަދަވާނީ ކިރު ގެ އަސަރެވެ. ނަމަވެސް ފުރާ ހުރި ކިރުތަށްޓަކަށް ޕެޓްރޯލު ތިއްކެއް އެޅޭހިނދު މުޅި ކިރުތަށީގެ ދުވަސް އެހިސާބުން ނިމިދިޔައީއެވެ. ބޭނުން ކެނޑުނީއެވެ.

ޞަފްޙާ ނަންބަރު:  <<  <  20 21 22 23 24 25 26 27 28 > 
 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި