މުޖުތަމަޢު

» ލޮބުވެތި ބެލެނިވެރިންނޭވެ! ދަރިންނަށް އިސްލާމީ ރިވެތި ތަރުބިއްޔަތެއް ދެއްވާށެވެ!
Tuesday, July 21, 2009

މާތް ވެގެންވާ އިސްލާމްދީނުގައި ކުޑަކުދިންގެ ތަރުބިއްޔަތަށް ދެއްވާފައިވާ އަހައްމިއްޔަތަކީ ދުނިޔޭގެ އެހެން އެއްވެސް ދީނެއްގައި ދީފައިނުވާ ފަދަ ބޮޑު އަހައްމިއްޔަތެކެވެ. އެހެނީ އެއީ އުއްމަތުގެ ކުރިމަގެވެ. މުޖުތަމަޢުގެ އުޖާލާކަމެވެ. މައިންބަފައިންގެ ހިތުގެ ފިނިކަމެވެ. ލޮލުގެ އަރާމެވެ.

» ތައުބާވެ ފާފަތަކުން ޠާހިރުވެގެންވާ ޙާލު ރަމަޟާންމަހާ ކުރިމަތިލާށެވެ!
Monday, July 13, 2009

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. ތައުބާ ވުމުން ﷲ ތަޢާލާ އެމީހަކު ދެކެ ލޯބިވެވޮޑިގަންނަވައި އެމީހެއްގެ ފާފަތައް ހެޔޮ ކަންތައްތަކަށް ބަދަލު ކުރައްވައެވެ. އޭނާގެ ނުބައި ޢަމަލުތައް ހެޔޮ ޢަމަލުތަކަށް ބަދަލުކޮށްދެއްވައި އޭނާއަށް ތެދުމަގަށް މަގު ދައްކަވައެވެ. އަދި ހަނދާންނައްތާނުލާށެވެ. ރަމަޟާންމަހުގެ މެދު ދިހައަކީ ފާފަފުއްސެވުމުގެ ދިހައެކެވެ. އަދި ފަހު ދިހައަކީ ނަރަކައިން މުއްތިކުރެއްވުމުގެ ދިހައެކެވެ. ވީމާ އެދުވަސްތަކާ ކުރިމަތިލުމުގެ ކުރިން މިހާރުއްސުރެ ކުރެވިފައިވާ ފާފަތަކުން ޠާހިރުވެ ތެދުވެރި ތައުބާއަކުން ތައުބާވާށެވެ.

» ބަންގި: އަޖައިބުކުރުވަނިވި ޤުދުރަތީ ޙަޤީޤަތެއް
Saturday, June 13, 2009

އަޑުއިވޭގޮތުން އަޖައިބުކުރުވަނިވިއެވެ. ނަމަވެސް، ދުނިޔޭގެ މުސްލިމުންނަށް ނަސީބަކުން އެއީ މާކުރިން ޤާއިމްވެފައިވާ ޙަޤީޤަތެކެވެ. ދުނިޔޭގެ ޗާރޓަށް ބަލައިލާށެވެ. އިންޑޮނީޝިޔާ ދުނިޔޭގެ އެންމެ އިރުމަތީފަރާތުގައި ވާތަން ތިބާއަށް ފެންނާނެއެވެ. އިންޑޮނީޝިޔާގެ އެންމެ ބޮޑެތި ސިޓީތަކަކީ، ޖާވާ، ސުމާޓްރާ، ބޯރނިއޯ އަދި ސައިބިލް އެވެ. އެޤައުމުގެ ގަޑިން ގާތްގަނޑަކަށް ފަތިހު 5:30 ހާއިރު ސައިބިލްއަށް ފަތިސްވާއިރު ފަތިސްނަމާދުގެ ބަންގި ދޭން ފެށެއެވެ. އިންޑޮނީޝިޔާގެ އެތައް ހާސް މުދިމުންނެއް ބަންގިދޭންފަށައެވެ.

» އިސްލާމީ ޝަރީޢަތުގެ ތަޢުރީފު
Thursday, June 04, 2009

އިސްލާމީ ޝަރީޢަތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ، އެކަލާނގެ އަޅުތަކުން އެކަލާނގެ އަށް ފުރިހަމަގޮތުގައި އަޅުވެތިވުމަށްޓަކައި ތަބަޢަވުމަށް، ރުހިވޮޑިގެން ކަނޑަ އަޅުއްވާފައިވާ މަންހަޖެވެ. އެއީ މާތްވެގެންވާ އިސްލާމްދީނެވެ. އެދީނުގެ އުޞޫލުތަކެވެ. އެއީ ދިރިއުޅުމުގެ މަގެވެ. ދީނުގެ ޙުކުމްތަކާއި، ދައުލަތް ހިންގުމުގެ ނިޒާމު އެޝަރީއަތުގައި ފުރިހަމައަށް ލައްވާފައިވެއެވެ.

» ބަސްފުޅަށް ވިސްނައި ފިކުރުކޮށްލައްވާށެވެ. ވެރިއަކަށްޓަކައި ކިހާ ރަނގަޅު ނަޞީޙަތެއް ހެއްޔެވެ؟
Tuesday, May 19, 2009

ލޮބުވެތި ރަސޫލޫ ﷲ ޙުދައިބިއްޔާގެ ޞުލްޙައަށް ފަހު ވަރަށް ގިނަ ޤައުމު ތަކަށް ޚާއްޞަ ސިޓީފުޅު ފޮނުއްވިއެވެ. އޭގެ އިތުރުން އެރަށް ތަކުގެ އަހްލުވެރިން އިސްލާމް ދީން ޤަބޫލުކޮށް މުސްލިމް ވެރިއެއްގެ ބޭނުން ޖެހިއްޖެ ޙާލަތެއްގައި އެތަންތަނަށް ވެރިން ލައްވަތެވެ. މިގޮތުން ޔަމަނު ކަރައިގެ ގިނަ މީހުން އިސްލާމް ވުމުން އެތަނަށް ގަވަރުނަރެއްގެ ގޮތުގައި މުޢާޛު އިބުނު ޖަބަލް ކަނޑައެޅުއްވިއެވެ

» ކޮންމެ ވެރިއަކަށް
Sunday, May 17, 2009

ސައްޙަ ޢަޤީދާގެ މަތީގައި ސީދާވެގެންނާށެވެ. ވެރިކަމަކީ ބޮޑުވެގެންވާ ނިޢުމަތެކެވެ. އެކަމަށް އެކަމުގެ ފުރިހަމަ ޤަދަރު ދޭށެވެ. ތިޔަ ނިޢުމަތް ދެއްވި ފަރާތަކީ ﷲ ތަޢާލާއެވެ. އަމިއްލަ ނަފުސާއި މީސްތަކުންގެ ކުރިމަތީގައި މި ކަމަށް އިޢުތިރާފުވާންވާނެއެވެ. ތަވާޟުޢުވެރިކަމުގެ ފޭރާންލުން ވަރަށް ވެސް އެދެވިގެންވެއެވެ. އޯގާތެރިވުމަކީ ވެރިކަމުގެ އަސާސެއް ކަން ދެނެހުރީމުހެއްޔެވެ؟

» ޢިލްމުވެރިންނަށް ވުރެ ފަންނާނުންނަށް މުޖުތަމަޢު ތަރުޙީބުދެނީ ކީއްވެ؟
Wednesday, May 13, 2009

ޢިލްމުވެރިން ދޫކޮށް ކުޅިވަރާއި މިއުޒިކް ގެ ވަބާގެ އަހުލުންނަށް އަޅުގަނޑުމެން ގެ މުޖުތަމަޢު ވަކި ހިއްޕާފައިވަނީ ވަރަށް ނުރައްކާތެރި އަދި އެހާމެ ގެއްލުންހުރި މިންވަރަކަށެވެ. މި މައްސަލައަކީ އަޅާނުލާ ފަރުޖެއްސޭ ވަރުގެ ކުޑަ މައްސަލައެއް ނޫނެވެ. ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން ކުޅިވަރާއި މުނި ފޫހި ފިލުވުމަކީ ޙައްޤު ބަސް ކުރިއެރުވުމުގެ މަޤްޞަދުގައި ކުރެވޭ ކަމެއްނޫނެވެ.

» ދަރިޔަކުލިބޭމީހާއަށް ކިޔަންޖެހޭ ތަހުނިޔާ އަދި ތަހުނިޔާކީމީހާއަށް އޭނާ ދޭންޖެހޭ ޖަވާބު.
Saturday, May 09, 2009

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މިއީ އަޅުގަނޑުމެން އެކަކު އަނެކަކަށް، ދަރިއަކު ލިބުމުގެ އުފަލުގައި ތަހުނިޔާގައި ކުރަންޖެހޭ ދުޢާއާއި އެއިގެ ޖަވާބުގައި ތަހުނިޔާ ލިބެވޭ ފަރާތުން ދޭންޖެހޭ ޖވާބެވެ. އަޅުގަނޑުމެންގެ ލޮބުވެތި އިސްލާމް ދީނުގައިވަނީ މިފަދަ ހުރިހާ ކަމަކަށް ފުރިހަމައަށް މަގުދައްކަވައި އިރުޝާދު ދެއްވާފައެވެ. ނަމަވެސް އަޅުގަނޑުމެން އެކަންތައްތައް ހޯދައި ބަލަނީ ވަރަށްވެސް މަދުންނެވެ.

» "މިލިޔުން ނުކިޔާތި! ސަބަބަކީ މިލިޔުމަކީ ވައްހާބީއަކު ލިޔެފައިވާ ލިޔުމެއް. އެމީހުންނަކީ މީގެ 1400 އަހަރުގެ ކުރީގެ ވިސްނުން ގެންގުޅޭބައެއް!"
Monday, May 04, 2009

މިހާރު ވެސް ތިބާއަށް އަހަރެން މިބުނާ އެއްޗެއްގެ މާނަ ޝައިޠާނާ އޮޅުވާލަފާނެއެވެ. މާ ހަރުކަށި ލިޔުމެކޭވެސް ހިތަށް އަރުވަފާނެއެވެ. ތިބާ މިހެން ބުނެފާނެއެވެ. "އަހަރެން ލާ ހެދުމަކީ ނުވަތަ ދުލުން ބޭރުކުރާ ބަހަކީ ކިހާ ކުޑަ ކަމެއްހެއްޔެވެ؟ ﷲ އީ އެންމެ އޯގާވަންތަ އިލާހެވެ." އާ އެކެވެ. ﷲ އީ އެންމެ އޯގާވަންތަ އިލާހެވެ. އެކަމަކު އެއިލާހަށް އުރެދޭ އަޅުންނަށް އެއިލާހުގެ ޢަޛާބު ގަދަފަދައެވެ.

» އަވަހަށް ފިލާވަޅު ދަސްވާނީ ...
Tuesday, April 28, 2009

ކޮންމެމީހަކު ކޮންމެއެއްޗެއް އުފެއްދިކަމުގައިވިޔަސް އެ އުފެއްދި އެއްޗެއް ބޭނުންކުރާނެ ގޮތުގެ ފުރިހަމަތަފްޞީލް (ޔޫޒަރގައިޑް) އެއާއެކު އޮންނަންޖެހޭނެއެވެ. އެހެނީ އެ އެއްޗެއް ބޭނުންކުރަންޖެހޭނީ އެ ޔޫޒަރގައިޑް ގައިވާގޮތަށް، އެކަމަށްފުރިހަ ސަމާލުކަން ދީގެންކަމަށްވާތީއެވެ. އެހެންނޫނީ އެ ބޭނުން ކުރުމުގައި ދަތިތަކާ ކުރިމަތިވެ އަދި އޭގެ އުމުރުކުރުވާގޮތް ދިމާވާނެއެވެ. އަދި އެއަށް މައްސަލައެއް ދިމާވެއްޖެނަމަ މަރާމާތުކޮށް އިސްލާހުކުރަން ގެންދަންވާނީ، އެކަން ރަނގަޅަށް ދަންނަ މޭސްތިރީއެއްގެ ކައިރިއަށެވެ.

ޞަފްޙާ ނަންބަރު:  <<  < 10 11 12 13 14  15 16 17 18 19 20 >  >> 
 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި