މުޖުތަމަޢު

» ގެސްޓުން ރާއްޖެ އަންނަނީ ރާބޯން ހެއްޔެވެ!
Friday, October 23, 2009

ރާ ދޯ!!! ރަލަކީ ކަނޑައެޅިގެން އިސްލާމީ ޝަރީޢަތުގެ ފުރަތަމަ މަސްދަރު، އާދެ ކީރިތި ޤުރުއާނުގެ ނައްޞުން ޙަރާމް ކުރައްވާފައިވާ އެއްޗެކެވެ. ފަހެ މިފަދަ އެއްޗެއް ހުއްދަކޮށް އެފަދަ އެއްޗެއްގެ ވިޔަފާރި ހުއްދަކުރަން އުޅޭ ބައެއްގެ އިސްލާމްކަން ހުންނާނީ ކިހާ ހިސާބެއްގައި ތޯއެވެ! ދުނިޔޭގެ ޓުއަރިޒަމް އިންޑަސްޓްރީއާއީ ބަނގުރަލާ ހުރީ ކޮން ގުޅުމެއް ހެއްޔެވެ. ވަކީން ޚާއްސަކޮށް ދިވެހި ފަތުރުވެރިކަމާއި ބަނގުރަލާ އެއްވެސް ގުޅުމެއް ނެތެވެ.

» ލޯބިވާ ބޭބޭ އެވެ! ނަމާދަށް ރައްކާތެރިވާށެވެ!
Monday, October 19, 2009

ޚާލިޤްވަންތަ ﷲ ތަބާރަކަ ވަތަޢާލާ ބޭބެއަށާއި އެންމެހާ މުސްލިމުންނަށް އަމުރު ކުރައްވާފައިވަނީ ނަމާދަށް ރައްކާތެރިވުމަށެވެ. އެއިލާހު ވަޙީކުރައްވަނީ " ތިޔަބައިމީހުން ނަމާދުތަކަށާއި މެދުނަމާދުގެ މައްޗަށް ރައްކާތެރިވާށެވެ! އަދި ތިޔަބައިމީހުން ﷲއަށް ކިޔަމަންތެރިވެ މަޑުމައިތިރިކަމާއެކު (ނަމާދުގައި) ޤާއިމްވެ ތިބޭށެވެ." ވީއިރު ބޭބެ ނަމާދަށް ރައްކާތެރި ނުވާތީ ކަންބޮޑުވަމެވެ.

» ދިވެހިރާއްޖޭގެ އާޤާނޫނު ޢުޤޫބާތުގެ ބިލަކީ އިސްލާމްދީނަށާއި ދިވެހި ޤައުމަށް ހުރި ވަރަށް ބޮޑު ބިރެއް
Saturday, October 17, 2009

ބައެއް މީހުންނަކީ، ޤާނޫނުތަކުގައި ބުނަނީ ކީކޭތޯ ބަލައިގެން އެބައިމީހުންގެ ދޭދޭދިރިއުޅުމުގެ މަސައްކަތްތައް ބައްޓަންކުރަމުންދާ ބައެއްނޫނޭ ބުނުމަކީ މުޅިންގޯހެއް ކަމުގައި ވާނެކަމަކަށް ނުފެނެއެވެ. ރުޅިއަރައިގެން ތެދުވެ ހަށިފޮޅާލާފައި ބުނާއެއްޗެއް ބުނެލާނީ ޤާނޫނަކުން ނުވަތަ ޤަވާޢިދަކުން ވިޔަސް އެމީހުން ކުރަން އުޅޭކަމަކަށް ހުރަހެއް އެޅޭވަގުތުއެވެ

» މައްޔިތެއްގެ ފަރާތުން . . . . .
Tuesday, October 13, 2009

ކަލޭމެން ތިއުޅޭ ދުނިޔެއާ އަހަރެން ވަކިވި ދުވަހު، ކަލޭމެންގެ ކޮނޑުމަތީގައި އުފުލައިގެން ގެނެސް އަހަރެން މިހަނި ހަނި ވަޅުގަނޑަށް ލީމުއެވެ. ކަލޭމެންގެ އަތުން އަހަރެންގެ ގަޔަށް ވެލިއަޅައި ފޮރުވީމުއެވެ. އަދި ކަލޭމެން އަހަރެންގެ މައްޗަށް ހިތާމަކޮށް ވަރަށް ބޮޑަށް ރުއީމުއެވެ. އަދި އަހަންނަށްޓަކައި ހެޔޮ ދުޢާ ކުރީމުއެވެ. އެދުވަހު އަހަރެން އެފަރާތަކާ ބައްދަލު ކުރަންޖެހޭ ފަރާތުގެ ކީރިތިވަންތަ ކަމަށްޓަކައި އަހަރެން ބިރުވެތިވީމެވެ. އަހަންނަށް އޮތީ ނަރަކަކަމެއް ސުވަރުގެ ކަމެއް ނޭނގޭތީއެވެ.

» އަމާޒު
Thursday, October 08, 2009

މަހުޖަރުގެ މަޝްހޫރު ޢަރަބި ޅެންވެރިއެއްކަމުގައިވާ އީލިޔާ އަބީ މާޟީ ވިދާޅުވެފައިވެއެވެ. "އަހަރެން އަތުވެއްޖައިމެއެވެ. އެކަމަކު އަހަރެންއައީ ކޮންތާކުންކަމެއް އަހަރެންނަކަށް ނޭނގެއެވެ. އެކަމަކު އަހަރެން މިހިރީ އައިހެވެ. އަހަރެންނަށް ކުރިމަތިން މަގެއްފެނުމުން އެމަގުން ހިނގައިގަތީމެވެ. އަހަރެން ރުހުނަސް ނުރުހުނަސް އެމަގުން ހިނގުންނޫން އެހެން ގޮތެއް އަހަންނަކަށް ނެތެވެ. އަހަރެން އައީ ކިހިނެއް، ކީއްކުރަން ހެއްޔެވެ؟ މިސުވާލުގެ ޖަވާބެއް އަހަންނަކަށްވެސް ނޭނގެއެވެ." މިއީ މިދުނިޔެއަށް އަހަރުމެން ފޮނުއްވި ސަބަބު ނުދަންނަ ބަޔަކު މިދުނިޔޭގެ ދިރިއުޅުމާ މެދު ގެންގުޅެދާނެ ފަލްސަފާއެކެވެ. އެކަމަކު މިފިކުރަކީ އިސްލާމީ އުޞޫލުތަކަށް ބޯލަބާ، އިސްލާމްދީން ޤަބޫލުކުރާ ބަޔަކު ޤަބޫލުކުރުން ހުއްދަވާނެ ފިކުރެއްނޫނެވެ.

» މިދެމީހުންގެ ތަފާތަކީ ކޮބައިބާވައެވެ؟؟؟
Thursday, October 01, 2009

ރަސްމީ އޮފީހެއްގައި މަސައްކަތް ކުރާ މުއައްޒަފެކެވެ. އޮފީހުގެ ގަޑިއަކަށް ޙާޟިރެއް ނުވެއެވެ. އަދި ގިނަ ދުވަހު އޮފީހަށް ނާދެއެވެ. އޮފީހަށް އަންނަނީ ހަފްތާއަކު އެއްދުވަހުއެވެ. ނުވަތަ އަހަރަކު އެންމެ މަހަކުއެވެ. އެއީވެސް ކަންނެތްކަމާއި ފަރުވާކުޑަ ކަމާއެކުގައެވެ. އޮފީހުގެ އިސްވެރިޔާ މި މުއައްޒަފު ޙާޟިރުކޮށް، އެހެނިހެން މުއައްޒަފުން ވަޒީފާ އަދާކުރާގޮތަށް ފަރުވާތެރިކަމާއެކު ވަޒީފާ އަދާކުރުމަށް އެންގެވިއެވެ. އެހިނދު .

» ކުއްލިއަކަށް ރަމަޟާން މަސް އައުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ.
Friday, August 21, 2009

އަހަރެން ވިސްނާލީމެވެ. ބަރަކާތްތެރި ރަމަޟާންމަހާ މުޢާމަލާތް ކުރުމުގައި އަހަރެންގެ ޙާލާމެދުގައެވެ. އެ މަސް އަހަރެންނާ ވަކިވެގެން ދިޔައިރު އަހަރެން ވަނީ އެމަހާމެދު ވަރަށް ބޮޑަށް ފަރުވާ ކުޑަކޮށްފައެވެ. ހެޔޮކަންތައް ކުރުމުގައި ކަންނެތް ވީމެވެ. އަހަރެން ފިޔަވައި އެހެން މީހުން އެތަކެއް ފަހަރު ޤުރުއާން ޚަތިމް ކޮށް ކިޔަވައިފިއެވެ. އަހަރެންނަށް ކިޔެވުނީ އެންމެ ވިއްސަކަށް ޞަފްޙާއެވެ. އެހެން މީހުން އެތަކެއް ރޯދަވެރިންނަށް ރޯދަވީއްލުން ދީފިއެވެ. އެކަމަކު އެ ބަރަކާތްތެރި މަޝްރޫޢުގެ މަތިން އަހަރެންވީ ހަނދާން ނައްތާލާފައެވެ.

» މިއީ އެންމެ ފަހުގެ ރޯދަމަހަށް ވެދާނެއެވެ...؟؟؟
Friday, August 07, 2009

މުސްލިމުން ރޯދަމަހަށް އިސްތިޤްބާލު ކުރުމުގެ މަގުމަތީގައި ވާއިރު، އެބައިމީހުންގެ ޙާލާއިމެދު ބަލާލި ކޮންމެ މީހެއްގެ ލޮލުން އަންނާނީ ލޭގެ ކަރުނައެވެ. އެބައިމީހުންނާ ބައްދަލު ކުރުމަށް އަހަރަކު އެއްފަހަރު އަންނަ ރަޙުމަތާއި ބަރަކާތުން ފުރިގެންވާ މައްސަރާއި ބައްދަލު ކުރުމުގެ އެއްވެސް ޖޯޝެއް އެބައިމީހުންގެ ކިބަޔަކު ނެތެވެ. ނޫނެކެވެ. ޖޯޝު އެބަހުއްޓެވެ. ނަމަވެސް އެއީ އެމަހުގައި ކޮއްތު އެއްކުރުމުގެ ޖޯޝެވެ. ގެދޮރު ރީތި ކުރުމުގެ ޖޯޝެވެ. ގެއަށް އާ ވެލި ލުމުގެ ޖޯޝެވެ. ނަމަވެސް...

» ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
Sunday, July 26, 2009

ދިވެހިން ދިވެހިންނަށްވީތީ އެންމެ ބޮޑަށް އަދި އެންމެ ފުރަތަމަ ފަޚްރުވެރިވާންވި ސަބަބަކީ ދިވެހިން މުސްލިމުންނަށްވީކަމެވެ. މާތް ﷲގެ ޙަޟްރަތުގައި ހަމައެކަނި ޤަބޫލުކުރެއްވިގެންވާ ދީންކަމުގައިވި އިސްލާމްދީނަށް އުޅޭ ބަޔަކަށްވާކަމެވެ. އެދީން ފިޔަވައި އެހެން ހުރިހާ ދީންތަކެއް މަންސޫޚުކުރެއްވިގެންވާ، ޙައްޤު ދީނަށް ދިވެހިން ތަބަޢަވާކަމެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. { إن الدين عند الله الإسلام } މާނައީ: "ހަމަކަށަވަރުން، ﷲގެ ޙަޟްރަތުގައި، ދީނަކީ، އިސްލާމްދީނެވެ."

» ދިވެހިންނަށްވީތީ ފަޚުރުވެރިވަމާ
Saturday, July 25, 2009

ދިވެހިން ދިވެހިންނަށްވީތީ އެންމެ ބޮޑަށް އަދި އެންމެ ފުރަތަމަ ފަޚްރުވެރިވާންވި ސަބަބަކީ ދިވެހިން މުސްލިމުންނަށްވީކަމެވެ. މާތް ﷲގެ ޙަޟްރަތުގައި ހަމައެކަނި ޤަބޫލުކުރެއްވިގެންވާ ދީންކަމުގައިވި އިސްލާމްދީނަށް އުޅޭ ބަޔަކަށްވާކަމެވެ. އެދީން ފިޔަވައި އެހެން ހުރިހާ ދީންތަކެއް މަންސޫޚުކުރެއްވިގެންވާ، ޙައްޤު ދީނަށް ދިވެހިން ތަބަޢަވާކަމެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. { إن الدين عند الله الإسلام } މާނައީ: "ހަމަކަށަވަރުން، ﷲގެ ޙަޟްރަތުގައި، ދީނަކީ، އިސްލާމްދީނެވެ."

ޞަފްޙާ ނަންބަރު:  <<  < 10 11 12 13  14 15 16 17 18 19 20 >  >> 
 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި