މުޖުތަމަޢު

» ފާފަތަކަކީ އެއީ ކުޑަކަންތައްތަކެއް ކަމުގައި ބެލުމުގެ ނުރައްކާތެރިކަން
Saturday, November 07, 2009

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! އަހަރެންނާއި ތިޔަބައިމީހުންނަށް ﷲ ރަޙްމަތް ލައްވާށިއެވެ! ދަންނާށެވެ! ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ އެއިލާހުގެ އަޅުތަކުން އެއިލާހަށް އިޚްލާޞްތެރި ތައުބާއަކުން ތައުބާ ވުމަށް އަމުރު ކުރައްވާފައެވެ. އެއިލާހު ވަޙީ ކުރައްވާފައި ވެއެވެ. (( يَا أَيُّهَا الَّذِينَ آمَنُوا تُوبُوا إِلَى اللَّهِ تَوْبَةً نَّصُوحًا )) (التحريم /8) މާނައީ؛ "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ތެދުވެރި ތައުބާއަކުން ﷲ އަށް ތައުބާ ވާށެވެ!" ﷲ ސުބްޙާނަހޫ ވަތަޢާލާވަނީ އަހަރުމެންގެ ޢަމަލުތައް ލިޔުއްވާ މަލާއިކަތުން އެ ޢަމަލުތައް ލިޔުއްވުމުގެ ކުރިން އަހަރެމެންނަށް ތައުބާ ވުމަށް ފުރުޞަތު ދެއްވާފައެވެ.

» ދިވެހިންގެ ދީން 5 - ތާއަބަދަށް އިސްލާމްދީން
Saturday, November 07, 2009

ރާއްޖެ އިސްލާމްވީ މީލާދީގޮތުން 1155ވަނަ އަހަރުއެވެ. މިއަދަށް އޭގެ ފަހުން 8 ޤަރުނުވެއްޖެއެވެ. އެއީ 800 އަހަރެވެ. 292000 ދުވަހެވެ. 7008000 ގަޑިއިރެވެ. 420480000 މިނެޓެވެ. 25228800000 ސިކުންތެވެ. މިހާޒަމާން ވަންދެން އަޅުގަނޑުމެން އިސްލާމްދީންމަތީ ހޭދަކޮށްފީމެވެ. ބައެއްމީހުންނަށް ހިސާބުކޮށްލަން ފަސޭހަ މި ޢަދަދުތައް ބޮޑުވެގެންގޮސް ތާއަބަދޭ ހީވާފަދައެވެ. ރާއްޖެއަށް އިސްލާމްދީން ތަޢާރަފުވެފައިވަނީ ޢަރަބި ދަތުރުވެރިންގެ ފަރާތުންނެވެ. ދިވެހިން އިސްލާމްވީ އެމީހުންގެ ރަސްގެފާނުގެ އަމުރަށެވެ. ރަސްގެފާނުގެ އަމުރު އެމީހުންނަށް ހަމަފޯރުމާއެކު ބުދުތައް ސުންނާފަތިކޮށް ފައްޅިތައް ފަސްއަޅާ ފޮރުވާލިއެވެ

» ދިވެހިންގެ ދީން - 4 ވިދާހާ އެއްޗަކީ ރަނެއް ނޫނެވެ.
Tuesday, November 03, 2009

މިއީ، އެހެން ދޭތެރެ ދޭތެރެއިން "އެއީ ވައްހާބީއެކޭ! ހުރިހާ މުސްލިމުންގެ ފާޑަކީ އެއީއޭ... މިއަދުން މިއަދަށް މާތްކަލާނގެ --- މާތް ހިޔަލުގެ ދަށަށް ވަންނަމާހޭ!" ހޯއްގޮވަމުން ދުވާ މިޝަނަރީ މީހުންނަށް ހުރި މެސެޖުތަކެއް ކަމަށް ބައްލަވާށެވެ. މި ލިޔުންކޮޅުގެ މަޤްޞަދަކީ އެއްވެސް ޙާލެއްގައި ބަޔަކު އިސްލާމްދީނުގެ ނަމުގައި ހިންގާ ޖަރިމާތަކަށް ހިތްވަރު ދިނުމެއްނޫނެވެ. މިލިޔުންކޮޅުގެ ބޭނުމަކީ ހެޔޮވަރުވަރެއްގެ ތުނބުޅިއެއް ލާފައި، ކިރިޔާ ތަނބިކައްޓަށް ފޯރާ ނުފޯރާ ފަށުގައި ފައިކުރި ބަހައްޓާފައި، ޙިޖާބުންނިވާގެންވާ ޙަޔާތުގެ ބައިވެރިއެއްވާ ކޮންމެ މީހަކީ އިރްހާބީއެއް ނޫންކަން ސާބިތު ކޮށްދިނުމެވެ.

» ދިވެހިންގެ ދީން 3 - އިސްލާމްދީން ޞަލީބަށް އަރުވަނީ!
Sunday, November 01, 2009

ދުނިޔޭގެ އެންމެ މަޝްހޫރު އެއްދީނަކީ ނަޞާރާދީނެވެ. މިކަމަކަށް އިންކާރެއް ނުކުރެވޭނެއެވެ. ނަޞާރާދީންވަނީ ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ޤައުމުތަކުގައި ފެތުރިފައެވެ. ނަމަވެސް މިމަޝްހޫރުކަމާއެކުގައިވެސް އެއީ ނަފްސާނީގޮތުން އެހީތެރިކަމެއް ކޮންމެހެންވެސް ދޭންޖެހިފައި ތިބިބަޔެކޭ ދަންނަވާހިއްވެއެވެ. އެހެނީ ދާދިފަހުން އަޅުގަނޑު ކީލިޔުމެއްގެ ނަޞްރާނީ ލިޔުންތެރިޔަކު ވަނީ މުސްލިމުން ތާރީޚުގެ ނަމުގައި ނަޞާރާ ސްކޫލްތަކުގެ ތަޢުލީމީ ނިޡާމުގެ ތެރެއަށް ދެމިގަންނަން އެޅޭކަމަށް ތުހުމަތުކޮށްފައެވެ. އަދި އޭގެ އިތުރުން ނަޞާރާއިން ބުނާގޮތުގައި މުސްލިމުންނަކީ ލެޔަށް ފެންބޮވައިގެންފައިވާ ޓެރަރިސްޓުންތަކެކެވެ. އެމީހުންގެ ގިނަގުނަ ހަތިޔާރުތަކާއި ވަޞީލަތްތަކާއެކުގައިވެސް މުސްލިމުންނަށް އެފަދަ ތުހުމަތުތައް ކުރަނީ ބިރުންހެން ހީވާކަހަލައެވެ.

» ހިއުމަން ރައިޓްސް.....އެނިމަލް ރައިޓްސް....
Friday, October 30, 2009

އިންސާނުން ހެއްދެވި ފަރާތުން އެއިންސާނުންނަށް ނުދެއްވާ ޙައްޤެއް އިންސާނުންނަކަށް ބޭނުމެއްނުވާނެއެވެ. އިންސާނިއްޔަތަށް ދިމާވާ ހުރިހާ މައްސަލަތަކާއި ކާރިސާތަކުން އެމީހުން ސަލާމަތް ކުރުމަށް، އެމީހުން ހައްދަވައި ގެންގުޅުއްވާ ފަރާތުން އެމީހުން އުޅެންޖެހޭ ގޮތާއި އުޅެން ނުޖެހޭގޮތާއި އެމީހުންނަށް ދިމާވާ މައްސަލަ ޙައްލުކުރާނެ ގޮތުގެ ވާހަކަ ޝާމިލް ވެފައިވާ ކީރިތި ޤުރުއާނާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތަށް ރުޖޫޢަވުން ކީއްތޯއެވެ! މިއާ ޚިލާފަށް ހެޔޮ މަގެއް ހޯދަން މައިކްރޮސްކޯޕެއް ބޭނުން ކުރެއްވި ކަމުގައް ވިޔަސް އެކަމެއް ނުވާނެކަން ދަންނާށެވެ.

» ދިވެހިންގެ ދީން 2 -
Friday, October 30, 2009

އަޅުގަނޑު ކުރީލިޔުމުގައި އިޝާރާތްކުރި ބޮލޮގްތަކުގެ ތެރެއިން ބޮލޮގެއްގައި ވަރަށް ބޮޑު ތުހުމަތެއް ކޮށްފައިވެއެވެ. އޭގައިވާގޮތުންނަމަ އިސްލާމްދީންވަނީ އަޅުގަނޑުމެންގެ ޘަޤާފާތް ފުނޑުފުނޑުކޮށްލާފައެވެ. އަދި އިސްލާމްދީން ފެތުރޭ ކޮންމެތާކު މިފަދައިން ކަންހިންގައެވެ. ހަމަޔަޤީނުންވެސް މިއީ ދިވެހި ތާރީޚާއި އިސްލާމީ ތާރީޚާއި ޢަރަބިންގެ ތާރީޚް، އަދި ކިއެއްތޯ ދުނިޔޭގެ ތާރީޚު ދިރާސާކުރުމެއްނެތި ބުނެލާފައިވާ ތޯތޯ ވާހަކައެއްކަން ކަށަވަރެވެ. އަޅުގަނޑުމެން ސުމަކުން ފައްޓަމާތޯއެވެ. އަޅުގަނޑުމެންގެ މިވާހަކަ ފައްޓާނީ އަބުލްއަންބިޔާއުގެ ނަމުން ލަޤަބުލިބިގެންވާ އިބްރާހީމްގެފާނުންނެވެ.

» ދިވެހިންގެ ދީން 1 ހިތި
Thursday, October 29, 2009

ދިވެހިން ފާހަގަކުރެވެނީ އަބަދުވެސް އެމީހުންގެ ދީނާމެދު ޣީރަތްތެރި ބަޔެއްގެ ގޮތުގައެވެ. އެހެންވީމަވެސް ތޯއްޗެކެވެ. އެންމެ ގިނައިން މައްސަލަ ހުށަހެޅޭ އަދި އެވުޒާރާއަކާ ބެހޭގޮތުން ވާހަކަ ދެކެވޭ އެއްވުޒާރާއެކީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއެވެ. އެގޮތުން މިވުޒާރާގެ އެންމެ ފަހުގެ ޚަބަރުތައް ހޯދާލުމުގެ ނިޔަތުގައި ވުޒާރާ ގޫގުލްކޮށްލީމެވެ. ނޭނގި ނަމަވެސް މިފެށުނީ ވަރުގަދަ ދަތުރެއްކަން ލިޔުން ނިމެންދެން ކިޔާލެއްވުމުން އެނގިވަޑައިގަންނަވާނެއެވެ. ކޮންމެއަކަސް، ލިބުނު ނަތީޖާއިން އަޅުގަނޑަށް ދެވުނީ ތައްޔާރުކޮށްފައިވާ ބޮލޮގަކަށެވެ.

» އިޙްތިރާމާއި ކޮޅަށް ތެދުވުން....
Wednesday, October 28, 2009

އެކަކު އަނެކަކަށް އިޙްތިރާމް ކުރުމަކީ ވަރަށްމާތް އަދި އެހާމެ ރީތި ސިފައެކެވެ. އެހެންނަމަވެސް އެންމެ ފުރިހަމަ އުޞޫލު ކަނޑައެޅިގެންވާ މިދީނުގައި އިޙްތިރާމް ކުރުމަށްވެސް ވަނީ މަތިވެރި އުޞޫލުތަކެއް ކަނޑައެޅިފައެވެ. އެކަކުއަނެކަކަށް އިޙްތިރާމް ކުރުމުގެގޮތުން ކޮޅަށް ތެދުވުމަކީ ވަރަށް ގިނަފަހަރު އެކި މުޖުތަމަޢުތަކުގެ ތަފާތު ދާއިރާ ތަކުން ފެންނަ އާދައެކެވެ. މިޢަމަލަކީ އިސްލާމީ ނަޒަރަކުން ކޮންކަހަލަ ކަމެއްތޯ ބަލައިލަމާ ހިނގާށެވެ.

» އެއްޖިންސު ގުޅުމުގެ ވަބާ
Tuesday, October 27, 2009

އިންސާނާ ކިބައިން މާތް ﷲ ފިޠުރަތު ކުރައްވާފައިވާ ހިދާޔަތުގެ ނޫރު ގެއްލިއްޖެ ކަމުގައި ވާނަމަ އޭނާގެ ސިކުނޑިންނާއި ހިތުން ފިޠުރީ ހެއު ގޮތްތަކާއި ފިޠުރަތާ ޚިލާފު ނުބައިގޮތްތަކުގެ މެދުގައި ވަކިކޮށް ދެނެގަތުމުގެ ލިޔާޤަތްތެރިކަން ގެއްލި ފޮހެވިގެން ހިނގައި ދެއެވެ. އޭނާއަށް ކަންކަމުގެ ހެވާއި ނުބައި އޮޅުން ފިލުވަން ދަތިވެދެއެވެ. ގިނަ ފަހަރަށް ފިޠުރަތާ ޚިލާފުގޮތްތަށް ރަނގަޅު ގޮތްކަމުގައި ބެލެވެން ފެށެއެވެ. އެހެން ކަމުން ފިޠުރަތާ ޚިލާފު ޝާޛު މީހުން ދެކޭގޮތުގައި ނަޖިސް ކަންތައްތަކަކީ ޠާހިރުކަންތައްތަކެވެ. އަދި ޠާހިރު ކަންތައްތަކަކީ އެމީހުންގެ ގާތުގައި ނަޖިސް، ހަޑިމުޑުދާރު ކަންތައްތަކެވެ.

» ޢިބްރަތުގެ ދަރުސުތައް
Sunday, October 25, 2009

[ ދުނިޔެއިން ފެނި ގެއްލިދާ ޢިބްރަތްތަކަށް ވިސްނާލުމުން * އުނިކަމެއްގެ ތެރޭގަ ވާކަން ބޭބެއަށް އިޙްސާސް ވަނީ ] [ އިސްވެ ގޮސްފައިވާ ޒަމާނާ އަދި މިހާރުގެ ޙާލަތުން * ފިސްވެ މޭ ފަޅިވާ ވަރުގެ ޢިބްރަތްތަކޭ ޙާޞިލް ވަނީ ] [ ދިން އެވަސްވާސް އާދަމަށް އިބްލީސު ލަޢުނަތް ލެއްވުމުން * އިންތިޒާރެއްގައި ބިމަށް ފޮނުއްވުނު ގޮތޭ އަދު ވިސްނެނީ ]

ޞަފްޙާ ނަންބަރު:  <<  < 10 11 12  13 14 15 16 17 18 19 20 >  >> 
 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި